މަޖިލީހުގެ ޖަލްސާއެއްގައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ވާހަކަ ދައްކަވަނީ. ކުރީގެ ރައީސުންނަށް އިހްތިރާމް ކުރެއްވުމަށް އޭނާ ގޮވާލެއްވި. - ފޮޓޯ: މަޖިލިސް
17 އެޕްރީލް 2017 - 18:02
ރައީސް އަބްދުﷲ ޔާމީން އާއި ސަރުކާރުގެ އެކި ކަންކަމަށް ފާޑުވިދާޅުވާތީ ރައްޔިތުންގެ މަޖިލީހުގެ ވިލިގިނގީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ސައުދު ހުސެއިން އެ ޕާޓީން ވަކިކޮށްފި އެވެ.
ޕީޕީއެމްގެ ސްލޫކީ ކޮމެޓީގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމެއްގައި ސުއޫދު ޕާޓީގެ މެމްބަރު ކަމުން ވަކިކުރީ ވަރަށް ފާޅުގައި ސަރުކާރާ އިދިކޮޅު ހައްދަވައި، ބަސް ވިދާޅުވަމުން ދާތީ ކަމަށެވެ.
ސައުދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގައުމު އިސްލާހު ކުރައްވަން ފައްޓަވާފައިވާ މަސައްކަތްޕުޅާ ގުޅިވަޑައިގެން މި މަހުގެ ކުރީކޮޅު އެކަން ރަސްމީކޮށް އިއުލާނު ކުރައްވާފަ އެވެ.
"ތިބޭފުޅުންނަށް ވެސް ފެނިވަޑައިގަންނަވާނެ ފަހަކަށް އައިސް (ސައުދު) ވާހަކަ ދައްކަވަމުން ގެންދަވަނީ ޕީޕީއެމާއި ރައީސްގެ ނިންމުންތަކާ ވެސް ހިލާފަށް. އެގޮތަށް އަމަލު ކުރެއްވި އެހެން ބޭފުޅުންނެކޭ އެއްގޮތަށް އަޅުގަނޑުމެން ނިންމީ ސައުދު ވެސް ޕާޓީން ވަކި ކުރަން،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ އަސާސީ ގަވައިދުގައި ވެސް އޮންނަނީ ހުރިހާ މެމްބަރުން ވެސް އެ ޕާޓީގެ ފިކުރާ އެއްގޮތަށް މަސައްކަތް ކުރުމަށެވެ.
ޕާޓީގެ މެމްބަރު ކަމުން ވަކިކުރީ އެކަމަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަށް ފަހު އެކަމަށް އޭނާ އިޖާބަ ނުދެއްވުމުންނެވެ.
ޕީޕީއެމް ދެބައިވުމުން ސައުދު އެރުއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފަޅިއަށެވެ. އަދި އޭގެ ފަހުން ޕީޕީއެމްގެ އެކި ނިންމުންތަކަށް ރައްޔިތުންގެ މަޖިލީހުގައި ވެސް އަންނަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ސަރުކާރަށް ފާޑުވިދާޅުވެ ބަދުނާމުކުރުމާއި އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ބުނެ، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވެސް މިދިޔަ މަހު ފަހު ކޮޅު ވަނީ ޕީޕީއެމުން ވަކިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްލާދުވާތީ
17 April 2017
ކަފިހި ބޮލި ދެމީހުންޒުވާބުނުކުރޭ ކަފިބޮލިތިއީ އެކަށްޗެކޭ !
އަބްދުއްލާ އަލީ
17 April 2017
ސައުދު ޕީޕީއެމުން ވަކި ކުރުމަކީ ގަިނަ ބައެއްގެ ސަޕޯޓް އިތުރަށް ސަރުކާރަށް ގެއްކުން.
ކަރުބުޑު
17 April 2017
މަހީހުރިީ މީނަޔަކީ ތަރައްގީބޭނުނުން މީހެއްކަމަށް. ޢެހެނެއްނޫން ދޯ މިވީ
ޢަބްދުﷲނާފިޒު
17 April 2017
ތަރައްޤީ އޮތީ ތިޖޫރިގަ ދެއްތޮ، އަޅެ ފޯރިއެއް އެބަހުއްޓެއްނު، އެއަކާހެދި މިވެރިން ބޫތުކައިފަ ދެއްތޮ.
ދެން
18 April 2017
މަ މިހުރީ ތަރައްޤީ ކައިގެން އަރާ!
ޟުހާޓޯ
17 April 2017
ޒެޑްޕީޕީއެމްގެ ކޮޅުމަތި.
ސައްތާރު /މހއ
17 April 2017
ރައީސް ޔާމީނަކަށް ކެރިވަޑައިއެއް ނުގަންނަވާ ތިމަރަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރަށް ފިޔަވަޅެއް އަޅުއްވާކަށް. އެހެންކޮންމެ މެމްބަރަކުވެސް ކިރިޔާވެސް ޕާޓީގެ ރުހާއި ހިލާފު އެއްޖެއް ވިދާޅުވާއިރަށް ސްލޫކީ ކޮމެޓީއަށްވެސް ހާޟިރުކޮށް ބަޔާންނަގާހަދާ. ނަމަވެސް މުހައްމަދު މުސްތޮފާ އާއި ދޭތެރޭ މިފަދަ އެއްވެސް ކަމެއް ނުހިގާ. މިވާގޮތެއް އެއްގޮތަކަށްވެސް ނުވިސްނޭ.
ކަފިހި
17 April 2017
ސައުދޫ.... ޕާޓީން ކުރި ހަރަދު އަނބުރާ ދަެްކައްޗޭ.
ބޮލި
17 April 2017
ނުޖެހޭނެ ދޭކަށް ކަލޭ ދީ
ެައަހަރެން
17 April 2017
ޕާތޓީން ކޮން ހަރަދެއް ކޮށްފަ އޮތިއްޔާ އެއީ ދިވެހި ރައްޔިތުންގެ ފައިސާ އެއީ އެންމެންގެ ފައިސާ...