ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
24 އޮކްޓޯބަރ 2018 - 13:39
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަ ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް މެމްބަރުން ހިމެނިވަޑައިގެންފި އެވެ.
އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް މިއަދު ހުށަހެޅީ 51 މެމްބަރުންގެ ސޮޔާ އެކު އެވެ. އަދި ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވީ 49 މެމްބަރެކެވެ. މިއީ މަސީހް ވަކި ކުރަން މަޖިލީހަށް ހުށަހެޅި ތިން ވަނަ ފަހަރެވެ.
މަސީހް ވަކި ކުރަން މަޖިލީހަށް ހުށަހެޅި ގަރާރުގައި ޕީޕީއެމް/އެމްޑީއޭގެ 15 މެމްބަރުން އަދި ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ޕީޕީއެމް/އެމްޑީއޭގެ 13 މެމްބަރަކު ވަނީ ސޮއި ކުރައްވައިފަ އެވެ. އަދި ދެ ގަރާރުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އަމިއްލަ މެމްބަރުން ސޮއިކުރެއްވި އެވެ.
Maseeh ge ithubaaru neiy kamuge massala 51 memberunge soyaa eku miadhu mivanee majleehah vahdhaafa.
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) October 24, 2018
Maseeh adhives ithurah hadi vaan nuhure isthiufa dhevvun buhdhiveri. #MaseehOut pic.twitter.com/YEaK2mJy8z
މަސީހް ވަކި ކުރުމަށް މަޖިލިހަށް ހުށަހެޅުމަށް ސޮއިކުރެއްވި މެމްބަރުން.
ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއި ނުކުރައްވަނީ، މަސީހުގެ މައްސަލަގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ދާންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު އައްސަދާއި މަނަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އުމަރު ހުސެއިނެވެ. އަދި ބާކީ ތިއްބެވި ހުރިހާ މެމްބަރުން ވަނީ ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ވެސް ސޮއި ކުރައްވައިފަ އެވެ.
އެގޮތުން، މަސީހް ވަކި ކުރަން ފެންނަ ކަމަށް ސޮއި ކުރެއްވީ އައްސަދާއި އުމަރުގެ އިތުރުން ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ ހުސެއިން މުހައްމަދު ލަތީފާއި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމާއި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި މާވަށު ދާއިރާގެ މެމްބަރު އަޒްހާން ފަހުމީ އާއި ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު ހިމެނެ އެވެ.
މީގެ ތެރެއިން، އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދަކީ މަސީހް ވަކި ކުރަން ދެ ވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅި 45 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އެކަމަކު، އެ ނިންމުން ބަދަލު ކުރައްވައި އަހުމަދު ރަޝީދު ވަނީ މަސީހާ ދެކޮޅަށް ކުރެއްވި ސޮއި އަނބުރާ ގެންދަވައިފަ އެވެ.
Submitted resolution to Parliament, calling for the implementation of the UNWGAD and UN Human Rights Committee decisions calling for the release of President @MohamedNasheed. Submitted with cross- party support, with 49 signatures. pic.twitter.com/mTIErm8mGb
— Eva Abdulla 🎈❓ (@evattey) October 24, 2018
ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވި މެމްބަރުން.
ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ޕީޕީއެމުން ވަކި ކުރި މައްސަލަ އިތުރަށް ބަލަމުން އަންނާތީ އޭނާ މަޖިލީހުގެ މެމްބަރު ކަމުން ވަކިވި ކަމަށް ކަނޑައަޅައި، އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީ ބާތިލް ކުރުމާ ގުޅިގެން ފަޒާދަކީ މިހާރު ވެސް މެމްބަރެކެވެ.
މީގެތެރެއިން، އައްސަދާއި ހުސެއިން މުހައްމަދު ލަތީފާއި ރިޔާޒާއި އަހުމަދު ރަޝީދާއި ޝުޖާއުއަކީ ރައީސް ޔާމީންގެ އަރިސް މެމްބަރުންނެވެ. އަދި މުބީނާއި ޔާމީނާއި މުއާޒަކީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އަރިހުގައި ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި މެމްބަރުންނެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި އިސްލާހީ މަސައްކަތް ކުރުމުގައި އާއި މަޖިލީހުގެ މަސައްކަތްތައް ފަށަން ބޭނުންވާ މެމްބަރުން އެބަތިއްބެވި ކަމަށެވެ. އަދި ގަރާރުތަކުގައި ސޮއިކުރެއްވި މެމްބަރުންގެ އިތުރުން، ސޮއި ނުކުރައްވާ ޕީޕީއެމްގެ މެމްބަރުން ވެސް ތިއްބެވީ އިދިކޮޅު ފަރާތްތަކާ އެކީގައި މަސައްކަތް ކުރަން ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ، މަޖިލީހުގެ ތެރޭގައި މަސައްކަތް ކުރަމުން ދާއިރު، އަޅުގަނޑުމެންގެ މެމްބަރުންގެ އަދަދު 60 އަށްވުރެ މަތީގައި ތިބޭނެ،" ރިޔާޒް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަނގައާރިފޫ
24 October 2018
އޭރުވެސް މިހާރުވެސް އެ މެންބަރުންނަކީ އެމީހުން ގަބޫލްކުރާ ގޮތުގައި އަރިސް ބައެއް ނޫނެވެ އެކަން މިހާރު އެއޮތީ ޢަމަލުން ދައްކާފަ އެވެ
އަމީލް
24 October 2018
ތިކަން ކާމިޔާބު ނުވާނެ.
ހާމިދު ޝާހިދު
24 October 2018
ސޮއެ ކުރި ޕީޕީއެމް ގެ މެމްބަރުން ކުރެން އައްސަވަން ވީނޫންތޯ، ކީކޭ ހިތްޕުޅަށް އަރައިވަޑައިގަންނަވައިގެންތޯ ތިޔަކަން މިދަނޑިވަޅު ތިކުރައްވަނީ. ގަދަވާ ކޮޅަށް ދިއުމުގެ ބޭނުމުގައިތޯ. އެހެންކަމުގައި ވާނަމަ މިގަތުމުގައި ރަސްމީ ޕާޓީ ސިސްޓަމް އުވާލުމަށްފަހު އެބަޖެހޭ އެހެންކަހަލަ ސިސްޓަމެއް ތައާރަފް ކުރަން. އެމީހަކާ އެމީހެއް ޕާލިމެންޓުގައި ތެޅޭ ސިސްޓަމެއް ހަދަން.
ދޮން
24 October 2018
ޔާމީނު ގެންގުޅުއްވީ މެމްބަރުން ބޭކާރު ކުރުމުގެ ސިޔާސަތުގެ ނަތީޖާ މިއީ...ދެން ރޯނެ ކަމެއް ނެތެވެ
ޗާޕުޙާނާ
24 October 2018
ޕޕމއިންބުނެފަވަނީ މޑޕ އަށް އެއްބާރުލުން ދޭނަމޭ މަޖުލިހުގަ އެހެންވީމަ ގޯހެއްނެތް. ދެންއޮތީ ތިކަމަކުން ރޔާމީންއަށް ގެއްލޭއެއްޗެނެތް މަޖުލިސްނިމެނީ ބަޖެޓަށްފަހު ޗުއްޓީ ޗުއްޓީނިމޭއިރު ދައުރުނިމުނީ ވެރިކަން ބަދަލުވާން 20ކަދުވަހަށްވީ. ތިއެއްޗެގަ ސޮއިކުރިމީހުންނަކީ އަންނަމަޖުލިހަށް ނުކުންނަން ޓިކެޓުހޯދާމީހުން ވޯޓުދޭންތިބީ ރައްޔިތުން ޝަރީފަށްވެސް ވަކިބަޔަކަށް ވަކިކަހަލަ ވޯޓުކަރުދާހެއް ޗާޕުކުރަން ދަތިކަމެހުންނާނެކަމަށްމިބަލަނީ އެހެންވީމަ ތީގެންގިނަބަޔަކަ
ދެފުއްކެހެރީޒް
24 October 2018
އަދި އެއްފަހަރު ރަނގަޅަށް ބަލާބަލަ މަސީހު ތީގަ ސޮއިކޮށްފަ ނެތް ތޯ... މި ދާގޮތުން މަސީހު އަމިއްލަޔަށްވެސް އޮވެދާނެ މަސީހު ބޭރުކުރަން ސޮއި ކޮށްފަ...
ވަހީދު
24 October 2018
ތިކިޔަނީ . މިވާގޮތެއް މަގޭ ބޮލަކަށް ނުވިސްނޭ.
ޝާއިރާ
24 October 2018
ކޯޓަކުން ކޮށްފައިވާ ހުކުމެއް މަޖުލީހުން ބާތިލު ނުކުރެވޭނެ. އަދި އެފަދަ ބާރެއް ރައީސަށް ގާނޫނުއަސާސީން ދީފައި ނުވާނަމަ، ރައީސަކަށް ބާތީލު ނުކުރެވޭނެ.
ސޯޓޮ
24 October 2018
ކޯޓުން ކުރިއަސް ކޯޓައް އެއްގޭނެ ހުކުން ރިވިވް ކުރުމައް..ގަރާރުގަވާ އެތި ކިޔާފަ ކޮމެންޓު ކޮއްބަ؟ ވާނުވާގަ ހުރެގެން ނަފުސާނީ ވާނީ ތިމާ
ޝާއިރާ
25 October 2018
ފުރަތަމަ ރާއްޖޭގެ ގާނޫނު ދަނެގެން ވާހަކަ ދައްކަބަލަ، ކޯޓުން ކޮށްފައިވާ ހުކުމެއް ރިވިއު ކުރުމަށް މަޖުލީހުން އަންގަން ޖެހޭ ގޮތަށް އިޖުރާއަތެއް ނޯންނާނެ.
ޤައްދާރު
24 October 2018
ތަމެން ތިޔައީ ހުސް ޤައްދާރުންނޭ ބުނަންމަމެންނެތީމު! މިމީހުންގެ ބަހަށް ހެއްލި މަމެންގެ އަބަދުގެ ރައީސް ޔާމީނަށް ކެހި ލިބުނީތީ ދެރަވެ ހިތާމަކުރަން.. ޔޫ ގައިސް ރިމެމްބަރ!! ވީވިލް ބީބެކް!
މޯދީ
24 October 2018
މިހިރަ އަބްދުލާ ރިޔާޒެއްދޯ! ނޮވެމްބަރ 11 ގެ ފަހުން ރިޔާޒުމެން ބާކީވާނެ!
ބޭކާރު
24 October 2018
ހުރިތާގަ ހުއްޓަސް ބާކީވާނެ. ގާސިމުއާއި ގުޅުނީމަ އެކަމަކު ފަހަރެއްގަ އަނެއްކާވެސް ހޮވޭހާ ފައިސާ ހަރަދުކޮށްފާނެ.