މަޖިލިހުގެ ކޮމެޓީ ބައްދަލުވުމެއްގައި މެމްބަރު އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ. އޭނާ ވަނީ މަސީހްއާ ދެކޮޅަށް ހުންނެވި ކަމަށް ވިދާޅުވެފައި. - ފޮޓޯ: މިހާރު
06 ޖުލައި 2017 - 11:38
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ރޭ ވިދާޅުވެއްޖެ އެވެ.
އަބްދުﷲ އަކީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމުގައި ވެރިކަން ކުރާ ޕީޕީއެމުން ސޮއި ކުރެއްވި 10 މެމްބަރުންގެ ތެރެއިން އެއް މެމްބަރެވެ. އިދިކޮޅު ފަރާތްތަކުން ގުޅިގެން ހުށަހެޅި ލިސްޓްގައި އަބްދުﷲ ސޮއި ކުރެއްވީ 44 ވަނަ އަށެވެ.
މެމްބަރު އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި މުޅި މަޖިލީހުގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކޮށްލާކަށް ޖާގައެއް ނުދެވޭނެ އެވެ. އަދި މަސީހުގެ އިތުބާރެއް ނެތް ކަމަށް ވިދާޅުވެ އެ މަގާމުން މަސީހު އިސްތިއުފާ ދެއްވުމަށް އަބްދުﷲ ގޮވާލެއްވި އެވެ.
Mulhi Majileehuge dhusthooree nizaam fudu fudu kollaakan jaaga eh nudheveyne.Majilis Raees ah ithubaareh neih.Maseeh isthiufaa dheyn jehey.
— Abdulla Ahmed (@AblhoMP) July 5, 2017
މެމްބަރު އަބްދުﷲ ކުރެއްވި ޓުވީޓު.
މަސީހުގެ އިތުބާރު ނެތް ކަމަށް އަބްދުﷲ މި ވިދާޅުވީ، މަސީހު ވަކި ކުރަން ހުށަހެޅި މައްސަލާގައި ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ސޮއި ސައްހަ ނޫން ކަަމަށް އެ ޕާޓީން ބުނަމުންދާ ދަނޑިވަޅެއްގަ އެވެ. މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅީ 45 މެމްބަރުންގެ ސޮޔާއެކުގަ އެވެ.
އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް (ގާރީ) ވަނީ އޭނާގެ ނަމުގައި އޮތީ ވަގު ސޮޔެއް ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެ މައްސަލަ ބެލުމަށް އޭނާ ފުލުސް އޮފީހަކަށް ހުށައެއްނާޅުއްވަ އެވެ. އެ މައްސަލަ ބަލައި ދިނުމަށް އޭނާ ހުށަހެޅުއްވީ ހަމައެކަނި މަޖިލީހަށެވެ.
ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ސައުދުﷲ ހިލްމީ ވަނީ މަސީހު މަގާމުން ވަކިކުރަން ފެނިވަޑައިގަންނަވާ ކަމަށާއި އެކަމަށްޓަކައި އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދި ލިސްޓުގައި ސޮއިކުރެއްވި ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިން ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުންނެވި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވަނީ ލިސްޓްގައި ސޮއިކުރެއްވި ކަމަށް ވިދާޅުވެފަ އެވެ. ސޮއިކުރެއްވި އެހެން މެމްބަރުން މީޑިއާގައި އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ސޮއި ނުކުރައްވާ މެމްބަރުން ވެސް މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ އެވެ. އެކަމަކު ޕީޕީއެމުން ބުނީ އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުގުމާން
06 July 2017
ޕީޕީ އެމްގެ 10 މެންބަރުން އިދިކޮޅު ފަރާތްތަކާއި ގުޅެންޖެހުނީ ޔާމީންގެ ވެރިކަން ނުބައިވެ ހައްދުން ނައްޓާ ހިސާބަށް ދިއުމުން ގައުމާއި ރައްޔިތުންނަށްޓަކައި ދީނާއި އިސްލާމީ ވަހުދަތަށްޓަކައި ވެވޭ މަތިވެރި ގުރުބާނީއެކެވެ. އެއްގޮތަކަށްވެސް ރިޝްވަތުގެ ފައިސާކޮޅަކަށް ޓަކައެއްނޫނެވެ. ގާސިމާއި އިދިކޮޅުފަރާތްތަކަކު ބަޔަކަށް ދޭނެ ފައިސާ އެއް ނުވެސް ނެތެވެ. ވީއިރު ކޯޗެއްތޯ ދޭނީވެސް. ޔާމީން ގައުމަށް ވެވުނު އެއްމެ ބޮޑު ގުރުބާނީ އަކީ މާލެއާއި އެއާޕޯޓް ގުޅުވައިދޭ ބުރިޖް އެޅުމާއި ހޮސްޕިޓަލް ބޮޑުކޮށް 25 ބުރިއާށް ނެގުމާއި އެއާޕޯޓް ބޮޑުކުރުމާއި ހުޅުމާލެ ދެވަނަފޭސް ހިއްކައި އެތަކެއްހާސް ފުލެޓް އަޅަން ފެށުމާއި އިންޑަސްޓްރިއަލް ޒޯން ހެދުމާއި އެތަކެއް ބަނދަރާއި މިސްކިއްތަކެއް އެޅުމެވެ. ވަރަށް ސަލާން
ފަޅުވެރިން
06 July 2017
އަބުޅޯ ނުބުނާތީއޭ މަސީޙް މަޑުކުރައްވައިގެން އެހުންނެވީ! ދެން ތިކަން ނިމިދާނެ، ދެން ކޮއިފުޅު އިތުރަށް ނުރޯތި!!
ދެލޮލުގެ ދުރުމި
06 July 2017
ޙަޤީޤަތުގައިވެސް މުޅިރާއްޖޭގައި އޮތީ ދެފިކުރު
އަބްދުއްލާ
06 July 2017
ތިނަދޫގަ އޮތީ ދެފިކުރު އެއީ މައުމޫނު، ނަސީދު ، ޔާމީންގެ ފިކުރެއް ތިނަދޫ އަކު ނެތް. ވީމާ އަދިވެސް ހޮވެން ބޭނުންނަމަ ޔާމީނާ ދުރަށް ދާން ޖެހޭ އެހެންވެ . ސައުދުﷲ އާ އަބްދުﷲ ވެސް މިހާރު އިދޮޅު ކޯލިސަނާ ގުޅުނީ އިދިކޮޅު ކޯލިސަން ވަނީ އެއް ފިކުރެއްގަ ޕާޓީ ހަދައިގެނ3000 ހަމަނުވެގެން ޕާޓީ އުވާލި މީހަކަށް ރާއްޖޭގަ އޮންނާނީ ކޮންފިކުރެއްބާ ؟
ކަލޯ
06 July 2017
ޔާމީނުގެ ފިކުރު އޮތީ ކޮން ރަށެއްގަ ؟ އެއީ ފިކުރެއްހެއްޔެވެ.
މަލީ
06 July 2017
ތީ ޖޭޕީގައި ހުރެފައި ސަރުކާރުން މަންފާތަކެއް ހޯދަން ޕީޕީއެމްއަށް ގުޅުނު މީހެކެވެ. ދެން ވެސް ހަމަ ވާނި ތިޔގޮތެވެ. މީ ކަލޭގެ ފަހުދަުރެވެ. ތިނަދޫ ރައްޔިތުން ކައުންސިލްގައި ވޯޓްދިން ގޮތަކަށް ރައީސްކަމުގެ ވޯޓުގައި ނުދޭނެވެ. ހަމަ މޤުބޫލުވާނީ އަހަރެމެންނަށް ޔާމީނެވެ. ތިނަދޫއަށް ތަރައްގީގެނެސްދިނީ ޔާމީނެވެ.
ރީނދޫ
06 July 2017
ޔާމޏިން މަޤުބޫލުވީލެއް ވަރުގަދަކަމުންތޯ މުޅި ތިނަދޫ ލޯކަލް ކައުންސިލްގައި ރީނދޫ ވޯޓުން ފުރާލީ؟ ފޭކު ހެދެން ނޫޅެބަލަ. ތީވެސް ޔާމީނުގެ މީހެއްނޫން.
މުހައްމަދު އަހްމަދު
06 July 2017
އަބުދު ﷲ އަކަށް ވެސް އަދި މަސީހު ވަކި ކުރަން ސޮއި ކުރި ޕީޕީއެމް އެކަކަށް ވެސް އެމީހެއްގެ ދާއިރާގެ ގޮނޑި ދެނެއް ނުލިބޭނެ.. މި ކޮމެންޓް ކިޔާފަ 2019 އަންނަންވާ އިރަށް ހަނދާން ބަހައްޓާ.. އަބުދުﷲ މެން ކަހަލަ ދެފުއްކެހެރިންނަކަށް އެމްޑީޕީ އަކުން ވެސް ވޯޓެއް ނުލިބޭނެ..
ކޮލަމާފުށި
06 July 2017
ސާބަހޭ އަބުޅޯ...ހައްގު ބަސް ބުނީތީ ވަރަށް އުފާވެއްޖެ...ސާބިތުވެ ހުންނާތި.
މަޖްލީސް
06 July 2017
މިފަހަރު ފިސާރިރަގަޅަސްބަލިކުރަންވާނެ
ހަނދުކޭތަ
06 July 2017
މަސީހު ކައްތައް ކުރަނީ ވަކި މީހަކު އޭނަ ކާރި އެކަމެއް ކުރަން ބިރު ދައްކާތީވެ. އެއީ އެއްގޮތަކަށް ވެސް މަސީހު އަމިއްލަޔަށް ކުރާ ކަމެއް ނޫން.
މަސީ
06 July 2017
އެހެން ނުބައިކޮށް ކަންތަކުރަން އަންގާމީހާއަކީ އެންމެބާރުހުރިފަރާތް ކަމުގައި މަސީހުޤަބޫލުކުރަނީއުތަ ތިކިޔަނީ؟ މިއީ ދާއިމީ ހަޔާތް ކަމުގައި މަސީހު ޤަބޫލުކުރަނީއުތަ ތިބުނަނީ..؟ އޯކޭ އެހެން ވެއްޖެއްޔާ.
ޕަޕެޓް
06 July 2017
އެހެންވީމަ މީހަކު ބުނާހާ ގޮތަކަށް އެމީހެއްގެ ޕަޕެޓަކަށްވެގެން މަޖިލީހުގެ ރައީސްކަން ކުރާމީހަކު ބޭނުމެއްނުވޭ ރައްޔިތުންގެ މަޖިލީހަކަށް. އެހެންނޫން ބަތްކައްކާ ކުޅޭ ތާކަށްނަމަ އޯކޭ.