ލ. ގަމުން 22 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަނީ އެރަށު ތުނޑީ އަވަށު ކުރިބޯށިގެ، އަމްޖާޒު އަލީ އެވެ.

ފުލުހުން ބުނީ އަމްޖާޒު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ މިއަދު ހެނދުނު 11:45 ހާއިރު ކަމަށެވެ.

އޭނާގެ އާއިލާއާ ހަވާލީ އެ ރަށުގެ ކައުންސިލުން ބުނީ އަމްޖާޒުގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭ މެންދަމު 12:00 ހާއިރު ކަމަށެވެ.

ފުލުހުންނާއި އެ ރަށު ރައްޔިތުން ގުޅިގެން އަމްޖާޒު ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، އާއިލާގެ ނަމްބަރު 9502503 އަށް ގުޅައި މައުލޫމާތު ހިއްސާކޮށް ދިނުމަށް އާއިލާއިން އެދިފައިވެ އެވެ.