ލ. ގަމުން ގެއްލިގެން ހޯދަމުންދިޔަ 22 އަހަރުގެ ޒުވާން ފިރިހެން މީހާ މިއަދު ހަވީރު ފެނިއްޖެ އެވެ. 

ގަމު ކައުންސިލްގެ ރައީސް އަފްސަލް ޖައުފަރު "މިހާރު"އަށް ވިދާޅުވީ ގެއްލިގެން ހޯދަމުން އައި އެ ރަށު ތުނޑީ އަވަށު ކުރިބޯށިގެ، އަމްޖާޒު އަލީ މިހާރު ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. 

އޭނާ ފެނުނީ އެ ރަށު ރިވަރީސް ބީޗު ސަރަހައްދުގައި ހުރި ޖޯއްޔެއްގައި އޮއްވާ ކަމަށް އަފްސަލް ވިދާޅުވި އެވެ. 

އަމްޖާޒު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އޭނާގެ އާއިލާއާ ހަވާލީ ގަމު ކައުންސިލުން ކުރިން ބުނީ އަމްޖާޒުގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭ މެންދަމު 12:00 ހާއިރު ކަމަށެވެ.