ވިލިމާލޭގެ މަސްޖިދުއް ސަލާމް ހުރި ބިމުގައި އާ މިސްކިތެއް އިމާރާތް ކުރަން ނިންމާފައިވާތީ، އެ މިސްކިތް މިއަދުން ފެށިގެން ބަންދުކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ މިސްކިތް ބަންދުކުރީ ރޭގެ ފަތިސް ނަމާދުން ފެށިގެން ކަމަށެވެ.
އެ މިސްކިތް ހުރި ތަނުގައި އާ އިމާރާތެއް އަޅަން އިސްލާމިކް މިނިސްޓްރީން ވަނީ ނޮވެމްބަރު 23، 2025 ބަޔަކާ ހަވާލުކޮށްފަ އެވެ.
އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ފިޔަ ފައުންޑޭޝަނާ އެކު ސޮއިކުރީ 850 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ދެ ބުރީގެ މިސްކިތެއް އެޅުމަށެވެ.
އޭގެ އިތުރުން ކްލާސްރޫމާއި އޮފީސް ބައެއް އެޅުން ވެސް އެ މަސައްކަތުގައި ހިމެނެ އެވެ.
ކައުންސިލުން ބުނީ އާ މިސްކިތް ނިމުމުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ނަމާދުކުރަން އިތުރު ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.