މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ސާހިލް އަލީގެ ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ނިންމާލައި، ހުކުމް އިއްވަން ތައްޔާރުވެއްޖެ އެވެ.
ޏ. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއުގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީ، އޭނާ މަރާލާފައި އޮއްވާ އޮގަސްޓް، 2022 ގައި ފެނުނު މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ.
އޭގެ ތެރެއިން ދެ ދައުވާއެއް ކުރިން ސާބިތުވެ، އޭނާ ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާއިރު، ބާކީ އޮތް ތިން ދައުވާގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ނިންމާލާފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަށަވަރުކޮށް ދިނެވެ.
އެހެންވެ، އެ މައްސަލަތަކުގެ ހުކުމް އެއް މަސް ތެރޭގައި އިއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އެ މައްސަލާގެ އަޑުއެހުންތައް ނިންމާލިއިރު، އެ މައްސަލާގައި ސާހިލްގެ މައްޗަށް ކުރާ ދައުވާތަކާއި އެ މައްސަލާގެ ޝަރީއަތް ވެސް ކުރިއަށް ގެންދަނީ ދައުލަތުން އެދިގެން ސިއްރުކޮށްގެންނެވެ.