ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ އަމާން ޓަވަރުތަކުގައި އުޅޭ ރައްޔިތުންނާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީން) އިން ބައްދަލުކުރަން ނިންމައިފި އެވެ.
އެ ބައްދަލުވުން އޮތީ މިއަދު ހަވީރު 4:00 އިން 6:00 އާ ހަމައަށް އަމާން އުދަރެސް 14 ގެ ޕާކިން އޭރިއާގަ އެވެ.
އެފްޑީސީން ވަނީ "އަމާން މުޖުތަމައުއަކަށް އެންމެންގެ ހިއްސާ" ގެ ނަމުގައި ބާއްވާ އެ ކޮމިއުނިޓީ ބައްދަލުވުމުގައި އެންމެން ވެސް ބައިވެރިވުމަށް އެދި ދައުވަތު ދީފަ އެވެ.
މިއީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށި ފަހުން އެފްޑީސީން މިގޮތަށް ބާއްވާ ފުރަތަމަ ކޮމިއުނިޓީ ބައްދަލުވުމެވެ.