ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލަން އުޅުނު މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ގދ. ފަރެސްމާތޮޑާ، ހަތި، ސާއިން އަބްދުލްގައްޔޫން، 23، އެވެ.

އެ އިދާރާއިން ބުނީ ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ކަންމަތީގައި ހަވީރު 5:30 ހާއިރު ޓްރެފިކް ބަލަހައްޓަން ޑިއުޓީގައި ހުރި ފުލުހެއްގައި ގައިގައި ސައިކަލަކުން ޖައްސައި ފިލަން އުޅުމުގެ ތެރޭގައި އެ ފުލުހަށް އަނިޔާވި ކަމަށެވެ. ނަމަވެސް ސީރިއަސް ޒަހަމްތަކެއް ނުލިބެ އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެ އެވެ. 

ފުލުހެއްގައި ގައިގައި ޖައްސައި ފިލަން އުޅުމުން ސާއިން ދުއްވި ސައިކަލު ވަނީ ޓޯކޮށްފަ އެވެ. އަދި އެ މައްސަލަ ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.