ހެލްމެޓެއް ވަގަށް ނެގި މައްސަލައެއްގައި ދެ މީހެއްގެ ވީޑިއޯ އާންމުކޮށް، އެ މީހުން ދެނެގަތުމަށް ފުލުހުން އާންމުންގެ އެހީއަށް އެދެފި އެވެ.

އެ ވީޑިއޯގައި ފެންނަނީ ވިނަރެސް ފްލެޓެއްގެ ޕާކިން ސަރަހައްދުން، ސައިކަލެއްގައި ނުކުންނަމުން، އެހެން ސައިކަލެއްގައި އަޅުވާފައި އިން ހެލްމެޓެއް ނަގައިގެން ދާތަނެވެ.

ފުލުހުން ބުނީ އެ ދެ މީހުންނަކީ ހުޅުމާލެ 2 ގެ ޕޮލިހުން މިހާރު ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދާ ބައެއް ކަމަށެވެ.

ފުލުހުން އެ ވީޑިއޯ އާންމުކުރީ އެ ދެ މީހުން މިހާތަނަށް ދެނެގަނެވިފައި ނުވާތީ އާންމުންގެ އެހީތެރިކަމަށް އެދި އެވެ.

ވީޑިއޯއިން ފެންނަ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަން ނަމްބަރު 9393351 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.