ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކާ މެދު މާރާމާރީ ހިނގައި، ފޭރެން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ބިދޭސީ ފިރިހެނަކު ވަނީ ބިދޭސީ އަންހެނަކު މަގުމައްޗަށް ވައްޓާލައި، އޭނާގެ އަނގަ ބަންދުކޮށް ބިރު ދައްކައިފަ އެވެ.
އޭނާ ހުއްޓުވީ އެ ސަރަހައްދަށް ދިޔަ ދިވެއްސެކެވެ.
ރެސްޓޯރެންޓެއްގައި މަސައްކަތް ކުރާ އަންހެން މީހާގެ އަތުގައި ހުރި ފައިސާތައް މަގުމަތީގައި މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ.
ފުލުހުން މިރޭ ބުނި ގޮތުގައި އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް، މިހާތަނަށް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.