ގދ. ފަރެސްމާތޮޑާގެ ގެއެއްގައި ކައްކަން ގެންގުޅޭ ދެ ތާސް ވަގަށް ނަގައިގެން ގޮސް އެ ތަކެތި ބޯޓަކަށް ވިއްކި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ. 

ގދ. އަތޮޅު ޕޮލިސް ސްޓޭޝަނުން ބުނީ އޮގަސްޓް 30 ވަނަ ދުވަހުގެ ހެނދުނު 8:30 ހާއިރު އެ ރަށު، ފަރެސް އަވަށު ޗަނބޭލީ ގެއިން ދެ ތާސް ވަގަށް ނަގައި، "ރޯޝަނީ" ބޯޓަށް ވިއްކާލި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. 

އެ މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަގަށް ނަގާފައިވާ ތަކެތި ހޯދައި އެ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެެވެ. އެހެންނަމަވެސް އޭނާގެ ވަނަވަރު އާންމެއް ނުކުރެ އެވެ. 

ގެއަކުން ދެ ތާސް ވަގަށް ނެގި މައްސަލައެއްގައި މީހަކު ބަންދުކުރިއިރު މިފަހަކަށް އައިސް ކަރަންޓު ޓްރާންސްފޯމަރުތަކުން ވައްކަންކޮށް އޭގައި ހުންނަ ލޮއި ނަގާ މައްސަލަ ވެސް ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.