ޕީއެންއެފްގެ މެމްބަރުން ވަގަށް ޕީއެންސީއަށް ވައްދާ ކަމަށް ތުހުމަތުކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޝަކީލްގެ މައްސަލަ ޕީއެންއެފް އިން މިއަދު ފުލުހަށް ހުށަހަޅައިފި އެވެ.

ޕޮލިހަށް މައްސަލަ ހުށަހެޅުމުގެ ކުރިން، 'ޗެނަލް 13'އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީން ބޭނުންވާ ގޮތަކަށް، ޕީއެންއެފްގެ ދަފްތަރުން އުނިކޮށް އެކި ޕާޓީތަކަށް މީހުން ވައްދާ ކަމަށެވެ.

އެކަންތައް ކުރާކަމުގެ ސާބިތު ހެކި އެބަހުރި ކަމަށާއި އެއީ ގާނޫނުލް އުގޫބާތުގައި ވާ ގޮތުން އެކި ބާވަތުގެ ކުށްތަކަށް ފެތުރޭ ކަމެއް ކަމަށް، ކުރީގެ ނައިބު ރައީސް ޖަމީލް ވިދާޅުވި އެވެ.

ޝަކީލްގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި މަކަރާއި ހީލަތް ހެދުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ބަޔަކަށް ނާޖައިޒު މަންފާ ހޯދައި ދިނުން ހިމެނެ އެވެ. 

"އަޅުގަނޑު އުއްމީދުކުރަނީ މި މައްސަލަ ބަލަން ފެށޭނެ ކަމަށް، ބަލަން ޖެހޭނެ،" ޖަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ގާނޫނަށް ނުބަލާ މި ވަރަށް މަސައްކަތްކުރާ ތަނެއް ނެތް ކަމަށެވެ. އެހެންވެ، އީސީ ވެފައި ވަނީ އެއްވެސް ބަޔަކު އިތުބާރު ނުކުރާ، ޕީއެންސީގެ ތެރޭގައި ގެންގުޅޭ ގޮތްޕެއް ގޮތަށް ކަމަށް ވިދާޅުވި އެވެ.

އީސީގެ ދަފްތަރުގައިވާ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް ތިބީ 3،137 މެމްބަރުންނެވެ. އެ ޕާޓީގެ ދަފްތަރުން މެމްބަރުން ވަކިކޮށް ޕީއެންސީއަށް ވައްދާ ކަމަށް ތުހުމަތުކުރީ، ވެރިކަން ކުރާ ޕާޓީއަށް މި ފަހުން 70،000 މެމްބަރުން ހަމަވުން ފާހަގަކޮށްފައިވަނިކޮށެވެ.