ގއ. އަތޮޅުގައި އޮންނަ ފަޅު ރަށަކަށް ދިޔަ މީހަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ އެ އަތޮޅު ކޮލަމާފުށީ، އުދަރެސް، އަހުމަދު މިސްހާގު، 45، އެވެ.

ފުލުހުން ބުނީ ކޮލަމާފުށި ކައިރީގައި އޮންނަ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވެގެން މިއަދު މެންދުރުފަހު 2:30 ހާއިރު އެ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެފައިވާ ކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގި ގޮތާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.