މާލޭގައި ދެ ސައިކަލް ޖެހި މިދިޔަ އާދިއްތަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރޭގައި ހިމެނޭ އަންހެން މީހާއަށް ފަރުވާދެމުން އަންނަނިކޮށް މިއަދު ނިޔާވެއްޖެ އެވެ. 

އާއިލާއާ ހަވާލާދީ، ފުލުހުން ދެންމެ ބުނި ގޮތުގައި ސޯސަންމަގުގައި އާދިއްތަ ދުވަހުގެ ރޭ ހިނގި މި އެކްސިޑެންޓްގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް، މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއްވެ، ނިޔާވީ މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފެއް ކަމަށްވާ އާއިޝަތު މާހިދާ އެވެ. އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރުގެ މަގާމު ފުރަމުން އައި މާހިދާގެ މޫނުގެ ކަށިތަކަށް އެކްސިޑެންޓުގައި ބޮޑެތި ގެއްލުންތަކެއް ވެފައި ވެ އެވެ. އެ ހާދިސާއާ ގުޅިގެން ބޮލުގެ އޮޕަރޭޝަނެއް ވެސް އޭޑީކޭ ހޮސްޕިޓަލްގައި ކުރި އެވެ. 

އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި އެ އެކްސިޑެންޓުގައި މާހިދާ ވެއްޓި އޭނާގެ ބޮލުން ވަރަށް ގަދަޔަށް ލޭ ފައިބާފައި އޮތެވެ. މާހިދާ ވެއްޓިފައި އޮތްއިރު އެއްވެސް ހަރަކާތެއް ވެސް ނެތެވެ. އަނެއް ދެ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައްވެ، ވެއްޓިފައި އޮއްވާ ފެނެ އެވެ. 

ހާދިސާގައި ދެން އަނިޔާވީ އުމުރުން 21 އަހަރުގެ ފިރިހެނަކަށާއި 22 އަހަރުގެ ފިރިހެނަކަށެވެ. އޭގެ ތެރެއިން 21 އަހަރުގެ މީހާއަކީ ނުރައްކާކޮށް ސައިކަލް ދުއްވި ތ. ދިޔަމިގިލީ، އައްސޭރި، މާހު ހަސަން އެވެ.

ސޯސަންމަގު އެކްސިޑެންޓް: ނުރައްކާކޮށް ދުއްވީ ލައިސަންސް ނެތިގެން ހަތަރު ފަހަރު ޖޫރިމަނާކޮށްފައިވާ މީހެއް
Mihaaru
ސޯސަންމަގު އެކްސިޑެންޓް: ނުރައްކާކޮށް ދުއްވީ ލައިސަންސް ނެތިގެން ހަތަރު ފަހަރު ޖޫރިމަނާކޮށްފައިވާ މީހެއް
މިދިޔަ އާދީއްތަދުވަހުގެ ރޭ ދަންވަރު ސޯސަންމަގުގައި ދެ ސައިކަލް ޖެހި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު އެކްސިޑެންޓްގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވި މީހާ އަކީ ލައިސަންސް ނެތި ދުއްވައިގެން މި އަހަރު ވެސް ހަތަރު ފަހަރަށް ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ މީހެއް ކަމަށް ފުލުހުން ކޯޓުގައި ބުނެފި

އެކްސިޑެންޓާ ގުޅިގެން އޭނާ ހައްޔަރުކޮށް 15 ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ. 

މާހު 15 ދުވަހަށް ބަންދުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުން އެނގޭ ގޮތުގައި، އެކްސިޑެންޓުވީ ބާރު ސްޕީޑްގައި، ޒިގްޒެގްކޮށް ނުރައްކާތެރިކޮށް ދުއްވަނިކޮށް އަނެއް ސައިކަލްގައި ޖެހިގެންނެވެ. އެ ސައިކަލްގައި ތިބި ދެ މީހުންގެ ސިކުނޑިއަށް ވެސް ގެއްލުންވެ، ހާލަތު ނާޒުކު ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާކަން ވެސް އަމުރުން އެނގެ އެވެ.