މާލޭގެ ބޮޑުތަކުރުފާނު މަގުގައި މިއަދު އެކްސިޑެންޓު ހިނގީ ލޮރީއަކާއި ސައިކަލެއް ޖެހިގެން ނޫން ކަމަށާއި އެ ހާދިސާގައި އެ މީހާ މަރުވީ ލޮރީގެ ދަށުވެގެން ކަމަށް ފުލުހުން ބުނެފި އެވެ.

ދަރުބާރުގެ ކައިރިން ބޭރު މަގުގައި ހަވީރު 4:00 ހާއިރު ހިނގި އެކްސިޑެންޓުގައި އުމުރުން 39 އަހަރުގެ ދިވެއްސަކު ވަނީ މަރުވެފަ އެވެ. އެއީ ހމ. ގޯތި ނަންބަރު 20054 (ގްރީންޕީކް) މާލެ، އިބްރާހީމް ނާސިހު އެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ނާސިހު މަރުވީ ޓްރެއިލާ ލޮރީ ދަށުވެގެން ކަން އެނގިފައިވާ ކަމަށެވެ. އަދި ލޮރީގެ ދަށުވާން މެދުވެރިވީ އެ އުޅަނދުގައި ޖެހި، އެކްސިޑެންޓުވެގެން ކަމަށް ނުބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގުކުރާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.