ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ ޓޫރިސްޓަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ ރިސޯޓުގެ ވޯޓާވިލާއަކުން މޫދަށް ފޭބީ ޗައިނާގެ އަންހެނަކާއި ފިރިހެން ޓޫރިސްޓެއް ކަމަށެވެ.

އެމީހުން މޫދުގައި ޚަބަރު ހުސްވެފައި އޮއްވައި ފެނިގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގެ އިތުރު ދެ ސަރަހައްދެއްގައި މިއަދު ވަނީ މަރުގެ ހާދިސާތަކެއް ހިނގައިފަ އެވެ.

ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ދިވެއްސަކު ވަނީ ކުއްލި ގޮތަކަށް ނިޔާވެފަ އެވެ. ނިޔާވެފައި ވަނީ ކޮލަމާފުށީ، އުދަރެސް، އަހުމަދު މިސްހާގު 45، އެވެ.

އޭގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން އުދަރެސް ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނު އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކު ވެސް ވަނީ މަރުވެފަ އެވެ.