ކ. މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި މާފުށީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ ހދ. ކުޅުދުއްފުށީ މީހެއް ކަމަށްވާ، އުމުރުން 23 އަހަރުގެ ނަބީހު އަބްދުއްރަޝީދެވެ.
ފުލުހުން ބުނީ އޭނާ މާފުށީގައި ދިރިއުޅެމުންދިޔަ ގެ ބަލައި ފާސްކުރިއިރު 42 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަށް ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ.
މާލެ ތެރެއަށް ގިނަ އަދަދަކަށް ބަނގުރާ ފޯރުކޮށްދޭ ތަނެއް ވެސް މީގެ ދުވަސްކޮޅެއް ކުރިން ރެއިޑްކޮށް ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.