ހުޅުމާލެ ސަހަރާގައި ފެންބޮޑުވެފައިވާތީ، އެ ތަނުގައި މީހުން ވަޅުލުން މެދުކަނޑާލައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ހުޅުމާލެ ސަހަރާގައި ވަޅުކޮނުމުން ކަށްވަޅުގައި އަށް އިންޗި އާއި ނުވަ އިންޗިއާ ދެމެދަށް ފެން ބޮޑުވެފައިވާ ކަމަށާއި އޭގެ ސަބަބުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަނީ މެދުކަނޑާލާފައި ކަމަށެވެ.
"މިހެން ކަމުން މައްޔިތުން ވަޅުލުން މިހާރު ވަނީ މާލެ އާސަހަރާއަށް ބަދަލު ކުރެވިފައި،" ސިޓީ ކައުންސިލުން ބުންޏެވެ.
މީގެ ކުރިން ވެސް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލަން ޖެހުނެވެ.
ރާއްޖޭގެ ސަރަހައްދުގައި މި ދުވަސްވަރު ހުޅަނގު މޫސުމުގެ ބާރުގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، މާލެއަށް ވިއްސާރަކޮށް ފެންބޮޑުވެފައިވެ އެވެ.