ގަތުލްއާންމާއި ދައުލަތަށް ޣައްދާރުވުމަކީ ކުށެއް ކަމަށް ބަޔާންކޮށް ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލް މިއަދުގެ ޖަލްސާގެ އެޖެންޑާއިން އުނިކޮށްފި އެވެ. 

ރައްޔިތުންގެ މަޖިލީހުން ރޭ އާންމުކުރި މިއަދުގެ ޖަލްސާގެ އެޖެންޑާގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ސްޕޮންސާކޮށްފައިވާ ބިލުގެ ފުރަތަމަ ކިޔުން ތާވަލުކޮށް، އެ ބިލު ވެސް ވެބްސައިޓްގައި އާންމުކޮށްފައިވެ އެވެ. 

ނަމަވެސް، ފަހުން އެ އެޖެންޑާ އުނިކޮށް އާ އެޖެންޑާއެއް ނެރުނެވެ. އެ އެޖެންޑާގައި ގާނޫނުލްއުގޫބާތުގެ އިސްލާހުގެ ބިލެއް ނެތެވެ. އެކަމަކު، މަޖިލީހުގެ ވެބްސައިޓުން ބިލު ފެންނަން އަދިވެސް އެބަ އޮތެވެ. 

ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ ވާހަކަ ރޭ މީޑިއާތަކުން ރިޕޯޓްކުރުމުން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ބިލުގައި އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކުރަމުންދަނީ، ގަތުލްއާންމުގެ ކުށާއި އެކަމަށް ގޮވާލާ ކުށް މި ދަނޑިވަޅާ ދިމާކޮށް ގެންނަން އުޅޭތީ އެވެ. އެކަމާ ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިނގަން އުޅޭ މަޝްރޫއުއާ ދަނީ ގުޅުވަމުންނެވެ.  

ގަތުލްއާންމު ކުށަކަށް ހަދަނީ 42 އަހަރު ކުރިން ބައިވެރިވި މުއާހަދާގައި ލާޒިމްކޮށްފައިވާތީ: އޭޖީ
Mihaaru
ގަތުލްއާންމު ކުށަކަށް ހަދަނީ 42 އަހަރު ކުރިން ބައިވެރިވި މުއާހަދާގައި ލާޒިމްކޮށްފައިވާތީ: އޭޖީ
ޖެނޮސައިޑްގެ ކުށްތައް ހިންގާ ގައުމުތައް ޖަވާބުދާރީ ކުރުވައި، ހަރުކަށި ފިޔަވަޅު އެޅުމަށް ރާއްޖޭން ވަކާލާތުކޮށް އެހެން ގައުމުތަކުން ޖެނޮސައިޑް ކޮންވެންޝަނަށް ކަމޭހިތުމަށް ރާއްޖެއިން ގޮވާލާއިރު، ރާއްޖެއިން އެ މުއާހަދާގެ ދަށުން ކުރުން ލާޒިމްކޮށްފައި އޮތް ކަމެއް ކޮށްފައި ނެތުމަކީ، އެކަމުގެ ސަބަބުން ރާއްޖ

އެ ކަންބޮޑުވުންތަކާ ގުޅިގެން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ގާނޫނުލްއުގޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަކީ، ޖެނޮސައިޑް ކޮންވެންޝަނާ އެއްގޮތްވާ ގޮތުގެމަތިން ގަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެ ކުށުގެ އަދަބު ބަޔާންކުރުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

ޖެނޮސައިޑްގެ ކުށްތައް ހިންގާ ގައުމުތައް ޖަވާބުދާރީ ކުރުވައި، ހަރުކަށި ފިޔަވަޅު އެޅުމަށް ރާއްޖޭން ވަކާލާތުކޮށް އެހެން ގައުމުތަކުން ޖެނޮސައިޑް ކޮންވެންޝަނަށް ކަމޭހިތުމަށް ރާއްޖެއިން ގޮވާލާއިރު، ރާއްޖެއިން އެ މުއާހަދާގެ ދަށުން ކުރުން ލާޒިމްކޮށްފައި އޮތް ކަމެއް ކޮށްފައި ނެތުމަކީ، އެކަމުގެ ސަބަބުން ރާއްޖެއިން ހުށަހަޅާފައިވާ ގާނޫނީ ނުކުތާތަކަށް އަސަރުކުރާ ކަމެއް ކަމަށް އުޝާމް ވިދާޅުވި އެވެ. 

ގަތުލްއާންމާއި އެކަމަށް ގޮވާލުމާއި ދައުލަތަށް ހިޔާނަތްތެރިވުން އަދި އިގުތިސޯދަށް ގެއްލުން ދިނުމަކީ ޖިނާއީ ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގައި ބުނެފައިވަނީ ވަކި ގައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ވަކި ކަންތައްތަކެއް ހިންގުމަކީ ކުށެކެވެ.

އެ އަމަލުތައް ކުރުމުގެ އިތުރުން އެ ކަންކަން ކުރުމަށް ސީދާ ގޮތުގައި އަދި ފާޅުގައި ގޮވާލުމަކީ ވެސް ކުށެކެވެ. މި ކުށްކުރީ ރައީސުލްޖުމްހޫރިއްޔާކަމުގެ ނުވަތަ ވަޒީރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ނުވަތަ ފަނޑިޔާރުކަމުގެ ނުވަތަ ސަލާމަތީ ހިދުމަތެއްގެ އަމުރުވެރިކަމުގެ މަގާމެއްގައި ހުރި މީހަކު ނަމަ، އެއީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެ ނޫން ހާލަތުގައި އެއީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ.