ހުޅުމާލޭ 2 ގައި ހުންނަ ފިހާރައެއްގެ ޑިޖިޓަލް ސްކްރީނުގައި، ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް އާންމުކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް އަޅުވާފައި ހުރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 3:23 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ މި ރިޕޯޓް ލިބުމާ އެކު ފިހާރައިގެ ވެރިފަރާތް ހޯދައި އެލްއީޑީ ނިއްވާލި ކަމަށާއި އެފަދަ މަންޒަރެއް ޑިސްޕްލޭވުމަށް ދިމާވި ސަބަބު ބަލަމުން އަންނަ ކަމަށެވެ.
ވިނަރެސް ޓަވަރެއްގައި ހުރި އެ ފިހާރައިގެ ސްކްރީނުން އަންހެނެއްގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯ އެޅުވުމަށް ފަހު އެއާ އެކު އަރުވާފައިވާ ލިޔުމުގައި "ހެކްޑް ބައި ލީކާސް" އޭ ލިޔެފައި އޮތެވެ.