ހުޅުމާލޭގައި 2 ގައި ހުންނަ އަމާން އުދަރެސްގެ ޓަވަރަކުން އިއްޔެ ވެއްޓުނު ކުއްޖާގެ ހާލު ސްޓޭބަލް ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފި އެވެ.

އަމާން އުދަރެސް 2 ގެ ތިންވަނަ ފަންގިފިލާއިން އިއްޔެ ހެނދުނު ވެއްޓުނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. 

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ކުއްޖާއަށް ސީރިއަސް އެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށާއި ހާލު ސްޓޭބަލް ކަމަށެވެ. 

އެ ކުއްޖާއަށް އިތުރު ފަރުވާދިނުމަށް އައިޖީއެމްއެޗަށް އިއްޔެ ބަދަލުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. 

އެ ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.