ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް އުޅުނު ދިވެއްސަކު ގެއްލިގެން ރޭ ފަތިހުން ފެށިގެން ހޯދަން ފަށައިފި އެވެ. 

ޓްރިވެންޑްރަމްގައި ފަތިހު 5:30 ގައި ގެއިން ބޭރަށް ދިޔަ ގޮތަށް ގެއްލިގެން ހޯދަމުން ދަނީ ރ. މީދޫ، އަތަމާގެ، އަލީ އިބްރާހިމެވެ. 

އޭނާގެ ދަރިފުޅު "މިހާރު"އަށް ބުނީ ބައްޕަ ގެއްލުނީ ކަސްރަތަށް ހިނގަން ފަތިހު ނުކުމެ އުޅެނިކޮށް ކަމަށެވެ.

ނަމަވެސް، ގެއަށް ނުގޮސް ލަސްވުމުން މިއަދު ހެނދުނު 9:00 އިން ފެށިގެން އާއިލާއިން ދަނީ އަލީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. 

އޭނާ ގެއްލުނުއިރު ލައިގެން ހުރީ ދަނބުކުލައިގެ ޓީޝާޓަކާއި މަޑޫ ނޫކުލައިގެ މުންޑެކެވެ. 

އަލީއާ ގުޅޭ މައުލޫމާތެއް ލިބިއްޖެނަމަ ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް 9129561 އަށް ގުޅަން އާއިލާއިން ވަނީ އެދިފަ އެވެ.