ރާއްޖޭގައި ދަންޖައްސައިގެން މަރުގެ އަދަބު ދިނުމާއި އެ އަދަބު ތަންފީޒުކުރުމުގައި ދައުލަތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ތަފްސީލުކޮށް ބަޔާންކުރާ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ. 

މިއަދު މެންދުރުފަހު އޮންނަ މަޖިލީހުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވަން ހަމަޖެހިފައިވާ ބިލުގައިވާ ގޮތުން ބިލުގެ މަގުސަދަކީ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމާއި އަދަބު ކަނޑައެޅުމުގެ ކުރިން ގާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ހުރިހާ ޝަރުތުތަކެއް ބަޔާންކުރުމެވެ.

މި ބިލުގެ ދަށުން، މަރުގެ އަދަބު ކަނޑައަޅަންވާނީ ގާނޫނުގައި ބަޔާންކުރާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. ޖިނާއީ ބޮޑެތި މައްސަލަތަކުގައި މަތީ މަރުހަލާގެ ކޯޓުތަކުން މައްސަލަ ބަލައި ނިހާއީ ހުކުމަކަށް ވާސިލުވެގެން މެނުވީ މަރުގެ އަދަބު ކަނޑަނޭޅޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ތަހުގީގާއި ޝަރީއަތުގެ ހުރިހާ މަރުހަލާއެއްގައި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ހައްގު ކުށްވެރިޔާއަށް ފުރިހަމައަށް ލިބިދީފައިވޭތޯ ކޯޓުން ކަށަވަރު ކުރަން ވާނެ ކަމާއި އެ ހައްގު އެންމެ ފުރިހަމައަށް ލިބިދީފައި ނުވާ ކަމަށް ކޯޓަށް ގަބޫލުކުރެވޭ ނަމަ، އެ މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅައިގެން ނުވާނެ ކަމަށް ބިލުގައިވެ އެވެ.

މަރުގެ އަދަބު ތަންފީޒުކުރުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ޕެނަލެއް އުފައްދަންޖެހެ އެވެ۔ މި ޕެނަލުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕްރޮސިކިއުޓަރުންގެ ތެރެއިން ޕީޖީ އައްޔަންކުރާ ބޭފުޅަކާއި ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅާ ފަރާތެއްގެ އިތުރުން ކަމާގުޅޭ މުއައްސަސާތަކުގެ މަންދޫބުން ހިމެނެ އެވެ. މި ޕެނަލުގެ ބައްދަލުވުންތަކުގެ ކޯރަމަކީ ހަތަރު މެންބަރުންނެވެ.

ޕެނަލުން އަދަބު ތަންފީޒުކުރުމުގެ އަމުރު ނެރުމާއި ތާރީހުތައް މުރާޖައާ ކުރުމުގެ ބާރު ލިބިގެންވާ ކަމަށް ބިލުގައި ބަޔާންކޮށްފައި ވެ އެވެ.

މި ބިލުގައި ބަޔާންކުރާ ގޮތުގައި މަރުގެ އަދަބު ތަންފީޒުކުރާނީ ކުށްވެރިޔާގެ ފުރާނަ ނެތިކޮށްލުމަށްޓަކައި އޭނާގެ ކަރުގައި މަޅިއެއް އަޅުވައި ބާރުކުރުމަށް ފަހު، އެ މަޅީގައި އޭނާ އެލޭނެ ގޮތަށެވެ. ކުށްވެރިޔާ ދަންޖެއްސުމުގެ ކަންކަން އަމަލީ ގޮތުން ކުރަން ޖެހެނީ ކަރެކްޝަނަލް ސާވިސްއިންނެވެ. އެކަމަށް ބޭނުންކުރާ ވަސީލަތްތަކުގެ ފަންނީ މިންގަނޑުތައް ގަވާއިދުގައި ކަނޑައަޅަންވާނެ ކަމަށް ބިލުގައިވެ އެވެ. 

މަރުގެ އަދަބު ދިނުމުގެ ކުރިން ކުށްވެރިޔާގެ އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ދޭން ޖެހެ އެވެ. އަދި އަދަބު ތަންފީޒު ކުރުމުގެ ކުރިން އެންމެ ފަހުގެ ވަސިއްޔަތްތައް ކުރުމުގެ ފުރުސަތު ވެސް ދޭންޖެހެ އެވެ. 

މަރުގެ އަދަބު ތަންފީޒުކުރާ ތަނަށް ހާޒިރުވާންޖެހޭ ފަރާތްތަކުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއް އަދި ކަމާބެހޭ އިދާރާތަކުގެ އިސް ވެރިން ހިމެނެ އެވެ۔ މީގެ އިތުރުން، މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރާ މަންޒަރު ނުވަތަ އަޑު އެއްވެސް ސިފައެއްގައި އާންމުކޮށް ބްރޯޑްކާސްޓްކުރުމާއި ދެއްކުން މަނާކުރެ އެވެ.

މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދޭން ގާނޫނުގައި ހިމަނަނީ!
Mihaaru
މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދޭން ގާނޫނުގައި ހިމަނަނީ!
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތަކެއް ކަނޑައަޅަން ބޭނުންފުޅުވާތީ، ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާ ކުރަން

މަރާލެވުނު މީހާގެ ވާރިސުންގެ ތެރެއިން މަރަށް މަރު ހިފުމަށް ބޭނުންވާ މިންވަރާއި މައާފު ދިނުމާ ގުޅޭގޮތުން ނިންމާ ނިންމުންތަކުގައި ޝަރުއީ މިންގަނޑުތަކަށް ރިއާޔަތް ކުރަންޖެހޭނެ ކަމަށް ބިލުގައިވެ އެވެ. އަދި މިފަދަ މައްސަލައެއްގައި ވާރިސުންގެ ފަރާތުން ކޯޓަށް އެއްވެސް މައްސަލައެއް ހުށަހަޅައިފިނަމަ، ކޯޓުން ވަކި ގޮތެއް ނިންމަންދެން އަދަބު ތަންފީޒުކުރުން ފަސްކުރަންޖެހެ އެވެ.

މަރުގެ އަދަބު ތަންފީޒުކުރުމަށް ފަހުގައި، މައްޔިތާގެ ހަށިގަނޑު އޭނާގެ އާއިލާއާ ހަވާލުކުރަންޖެހެ އެވެ. އަދި މައްޔިތާގެ އާއިލާގެ ފަރާތުން ހަށިގަނޑާ ހަވާލުވާން ބޭނުންނުވާ ހާލަތުގައި، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަށުކަމާކެމީގެ ކަންކަން ހަމަޖައްސަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައި ވެ އެވެ.

އަދަބު ތަންފީޒުކުރަން ފެށުމަށް ފަހު، އެއްވެސް ސަބަބަކާ ހުރެ އެ އަދަބު ފުރިހަމައަށް ތަންފީޒު ނުކުރެވިއްޖެ ނަމަ، އަދަބު ތަންފީޒުކުރުން ވަގުތުން ހުއްޓާލައި، އެކަން ޕެނަލަށް އަންގަންވާނެ ކަމަށް ބިލުގައިވެ އެވެ. 

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ވެއްދިއިރު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް ވަނީ ބަދަލު ގެނެސްފަ އެވެ. 

ގަސްދު މަރުގެ އެކި މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ މަރުހަލާ ނިމި، މަރުގެ އަދަބު އިއްވާފައިވާ ތިބި މީހުން ޖަލުގައި އެބަތިއްބެވެ.