ދައުަލަތުގެ މުއައްސަސާތަަކަށް މުވައްޒަފުން އިތުރުކުމުގެ ބަދަލުގައި ޓެކްނޮލޮޖީގެ ބޭނުންކުރާ ވަރު އިތުރުކޮށް، މަސައްކަތްތައް "އޮޓޮމޭޓް" ކުރަންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ވަޒީފާތައް އިތުރުުުކުރަން މުއައްްސަސާތަކުން އަބަދުވެސް އެދޭ ކަމަށާއި އެކަމަކު އެ ތަންތަން އޮޓޮމޭޓްކޮށް، ގާބިލުކަން އިތުރުކޮށްފި ނަމަ މިހާރު ތިބި މުވައްޒަފުންނާ އެކުގައި ވެސް މަސައްކަތް ކުރެވޭނެ ކަމަށެވެ. މުވައްޒަފުން އިތުރުކުރަން އެދޭ ބައެއް ތަންތަނުން ކުރަންޖެހޭ މަސައްކަތްތައް މުވައްޒަފުން އިތުރުނުކޮށް ވެސް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކޮންމެ އަހަރަކު މުވައްޒަފުން އިތުރުކުރަން ރިކްއެސްޓް އާދޭ، އެކަމަކު މިހާރު މި ކުރިއަރާފައިވާ ދުނިޔޭގައި އެފިޝަަންސީ ގެންނަނީ މީހުން އިތުރު ކޮށްގެނެއް ނޫން. އޭގެ ބަދަލުގައި އޮޓޮމޭޝަންގެ ތެރެއިން، ރަނގަޅު ސިސްޓަމްތައް ގެނެސްގެން ކަންކަން އެފިޝަންޓް ކުރެވެނީ،" ޒަރީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި  ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަޝްރޫއު "މޯލްޑިވްސް 2.0 "ގެ ތެރެއިން ވެސް މަސައްކަތް ކުރަމުން އަންނަނީ ހުރިހާ މުއައްސަސާތައް އޮޓޮމޭަޝަންގެ ތެެރެއަށް ގެންނާށެވެ. 

އޮޓޮމޭޓްކޮށްގެން ގާބިލުކަން އިތުރުކުރުމުގެ މިސާލެއްގެ ގޮތުގައި މިނިސްޓަރު ދެއްކެވީ އޭނާ ކުރިން އިސްކޮށް މަސައްކަތް ކުރެއްވި ދައުލަތުގެ ޓެކްސް އިދާރާ މީރާ އެވެ. 

"އެހެންވީމާ މިނިވަން މުއައްސަސާތައް ވެސް، ދައުލަތުގެ މުއައްސަސާތައް ވެސް މިހާރު ވިސްނަަވަންވީއަކީ މީހުން އިތުރު ކުރާކަށް ނޫނޭ، ޕްރޮސެސް އޮޓޮމޭޓްކޮށްގެން، ޕްރޮސެސް އެފިޝަންޓްކޮށްގެން ހިންގުމޭ،" ޒަރީރު ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތަކުގެ މަސައްކަތެއް ނުހުއްޓޭނެ، ކޮންމެހެން ބޭނުންވާ ފައިސާ ހަމަޖައްސާނަން: ޒަރީރު
Mihaaru
މިނިވަން މުއައްސަސާތަކުގެ މަސައްކަތެއް ނުހުއްޓޭނެ، ކޮންމެހެން ބޭނުންވާ ފައިސާ ހަމަޖައްސާނަން: ޒަރީރު
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި މިނިވަން މުއައްސަސާތަަކަށް ކަނޑައަޅާފައި އޮތް ބަޖެޓް މަދު ކަމަށް ބައެއް މުއައްސަސާތަކުން ބުނި ނަމަވެސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ނުހުއްޓޭނެ ފަދަ ބަޖެޓެއް ހަމަޖައްސައިދެއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.

އެއީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށް ވިޔަސް މީހުން ކޮންމެހެން ނަގަން ޖެހޭ ތަންތަނަށް މީހުން ނެގުމުގެ ހުއްދަ މިހާރު ވެސް ދެމުން އަންނަ ކަމަށާއި ކުރިމަގުގައި އެ ހުއްދަ ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒަރީރު މި މޭރުމުން ވާހަަކަ ދެއްކެވީ އަންނަ އަހަރަށް ފާސްކުރަން އެކުލަވައިލި ބަޖެޓްގައި ބައެއް މިނިވަން މުއައްސަސާތކަށް ފައިސާ ކަނޑައަޅާފައިވާ އަދަދު މަދުކަމަށް ބުނެ ބަޖެޓް ކޮމިޓީއަށް ހުށަހެޅި ޝަކުވާތަކާ ގުޅުވައި މެންބަރުން ސުވާލުތައް ކުރެއްވުމުންނެވެ.

ބަޖެޓަށް ހިޔާލު ހޯދަން ބަޖެޓް ކޮމިޓީއަށް ހާޒިރުކުރުމުން، ފައިސާ މަދުކަމުގެ ކަންބޮޑުވުން ފާޅުކުރީ އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުންނެވެ.