ކ. ހުރާގެ ގުދުރަތީ ރީތިކަން ދަމަހައްޓައި ތިމާވެއްޓާ ރައްޓެހި ޓޫރިޒަމާއި އިގްތިސާދީ ފުރުސަތުތައް ފަހިކުރުމަށް، އެ ރަށު ކުޅީގައި ނޭޗާ ޕާކެއް ތަރައްގީކުރުމަށް ބިޑަށް ހުޅުވާލައިފި އެވެ.
ހުރާ ކައުންސިލުން ކުރި އިއުލާނެއްގައި ބުނި ގޮތުގައި މިއީ އަމިއްލަ ތަކެތީގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
އެ ރަށު ކައުންސިލުން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ 12:20 ގެ ކުރިން ކައުންސިލަށް އަންދާސީ ހިސާބު ހުށަހަޅަންވާނެ ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ރަށު ކައުންސިލަށް މެއިލް މެދުވެރިކޮށް ނުވަތަ ގުޅައިގެން ލިބޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ބޮޑު ކުޅިއެއް އޮންނަ ހުރަ އަކީ މިހާރު ވެސް ޓޫރިސްޓުން ގިނަ އަދަދަކަށް ދާ ރަށެކެެވެ. ގިނަ އަދަދެއްގެ ގެސްޓްހައުސްތައް ހުންނަ މި ރަށަކީ ދިވެހިން ވެސް ހަފްތާ ބަންދުގައި ވަރަށް ގިނައިން ގޮސް އުޅޭ ރަށެކެވެ.