ކ. ހުރާގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ގެސްޓް ހައުސްތައް އިމާރާތް ކުރަން 17 ބިމެއް ކުއްޔަށް ދޫކުރަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.
ބީލަމަށް ހުޅުވާލައި، ހުރާ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އަލަށް ހިއްކާފައިވާ ބިމުގައި ހުރާގައި ޓޫރިޒަމް ތަރައްގީ ކުރަން ގެސްޓް ހައުސް އެޅުމަށް 17 ބިން 50 އަހަރަށް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.
ބިޑު ފޯމުގެ އަގަކީ 25،000ރ. އެވެ. ބިޑް ގަތުމަށް އެދޭ ފޯމުތައް ބަލައިގަތުމާއި ބިޑު ފޯމުތައް ދޫކުރުން އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:30 ގެ ނިޔަލަށެވެ.
ގެސްޓް ހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ހުރާ ކައުންސިލުން ބުނީ، ބީލަމާ ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:15 ގައި އެ ރަށު ކައުންސިލު އިދާރާގައި ކަމަށެވެ.
އެހެންވެ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ 1:00 އަށް ކައުންސިލުގެ އިދާރާ އަށް އަންދާސީ ހިސާބު ހުށަހެޅުމަށް އިއުލާނުގައި ބުންޏެވެ.
ކައުންސިލުން ބުނީ އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބީލަން ހުށަހަޅާ ފޯމު ފުރިހަމަކޮށް، ހުށަހަޅަންޖެހޭ ލިޔުންތަކާ އެކު ހުރާ ކައުންސިލް އިދާރާ އަށް ކަމަށެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ ރަށު ކައުންސިލުގެ [email protected] އަށް މެއިލް ކުރުމަށް އިއުލާނުގައި އެދިފައި ވެ އެވެ.