މާލެތެރޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިތުރު ފުލުހުން މިރޭ ނެރެފި އެވެ.

ފުލުހުން ދެންމެ ކުރި ޓްވީޓެއްގައި ބުނީ މާލެތެރެ ބެލެހެއްޓުމުގައި އިތުރު ފުލުހުން މިރެއިން ފެށިގެން ހަރަކާތްތެރިވަމުން ދާނެ ކަމަށެވެ.

"މި އޮޕަރޭޝަންގައި މީހުންނާ ސުވާލު ކުރުމާއި ބަލައި ފާސްކޮށް ސާމްޕަލް ކަލެކްޓް ކުރެވޭނެ،" ފުލުހުން ބުންޏެވެ.

މާލެތެރޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހަކު މިރޭ މަގުމަތީގައި ހަރަކާތްތެރިވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މާލެތެރޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހަކު މިރޭ މަގުމަތީގައި ހަރަކާތްތެރިވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެތެރޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިތުރު ފުލުހުން ނެރުނުއިރު، ސޯޝަލް މީޑިއާ އެކްޓިވްސްޓް އަދި ބްލޮގާ ޔާމީން ރަޝީދު ވަނީ ރަހުމް ކުޑަގޮތަކަށް މިދިޔަ ހޮނިހިރުދުވަހުގެ ރޭ މަރާލައިފަ އެވެ. މިހާތަނަށް މި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރެ އެވެ. ނަމަވެސް ޔާމީން މަރާލި މައްސަލަ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ބުނެފަ އެވެ.