ވަޒީރުންގެ ފެންވަރުގައި މުލީއާގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އިގްބާލް އާދަމް އެ މަގާމުން މިއަދު ވަކިކުރައްވައިފި އެވެ.

އިގްބާލް އެ މަގާމުން ވަކިކޮށްފައިވާކަން "މިހާރު" އަށް ވަނީ ޔަގީން ވެފައި އެވެ. ނަމަވެސް އޭނާ އެ މަގާމުން ވަކިކުރެއްވި ސަބަބެއް އަދި ނޭނގެ އެވެ.

އިގްބާލްގެ އިތުރުން ހިލާލީގޭ ޗީފް އޮފް ސްޓާފް މުހައްމަދު ވަހީދު ވެސް މަގާމުކަން ވަކިކުރައްވާފައިވާކަން ވަނީ އެނގިފަ އެވެ. އެއް އާއިލާއެއްގެ މި ބޭފުޅުން މަގާމުން ވަކިކުރެއްވި ސަބަބެއް ނޭނގެ އެވެ.

މުލިއާގޭގެ  ޗީފް އޮފް ސްޓާފްގެ މަގާމަށް އިގްބާލް އައްޔަންކުރެއްވީ ނޮވެމްބަރު 19، 2023ގަ އެވެ. އޭނާ ވަނީ އެމްޓީސީސީ އަދި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަން ވެސް ކުރައްވައިފަަ އެވެ.

އޭގެ އިތުރުން އޭނާ ވަނީ ހއ. އަތޮޅުވެރިކަމާއި، ހއ. ވަށަފަރުގެ ކަތީބުކަމުގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްބީސީ) ގެ ބޯޑު މެމްބަރުކަން ކުރައްވައިފަ އެވެ. އަދި ހުޅުމާލެ ހިއްކުމުގެ މަޝްރޫއުގެ ދުވަސްވަރު އެޗްޑީސީގެ އިސް މަގާމެއް ވެސް އަދާކުރެއްވި އެވެ.