ރާއްޖެ އަށް 50 ޓަނުގެ ކަދުރު ސައޫދީ އަރަބިއްޔާ އިން މިއަދު ހަދިޔާކޮށްފި އެވެ.
ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ފަރާތްޕުޅުން އެ ކަދުރު ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ސައޫދީ ސަފީރުގެ ނައިބު މެތުރިކް އަލް ދޮސާއީ އެވެ.
ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ވެސް ސައުދީން ރާއްޖެ އަށް ކަދުރު ހަދިޔާ ކުރެ އެވެ. މިދިޔަ އަހަރު ވެސް 50 ޓަނުގެ ކަދުރު ސައުދީން ރާއްޖެ އަށް ހަދިޔާ ކުރި އެވެ.