ރާއްޖޭގެ ފަރާތުން ފައިސާގެ އެހީ ދެއްވުމަށް މިނިސްޓަރު އާސިމް ލަންކާ އަށް

ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖޭގެ ފަރާތުން ފައިސާގެ އެހީއެއް ދެއްވުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން ޚާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރުު ޑރ. މުހައްމަދު އާސިމް މިއަދު ލަންކާ އަށް ވަޑައިގެންފި އެވެ.


ނަމަވެސް އެހީގެ ގޮތުގައި ރާއްޖެ އިން ލަންކާ އަށް ދެނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ރައީސް އޮފީހަކުން ނުބުނެ އެވެ.

މިދިޔަ 14 އަހަރުގެ ތެރޭގައި ލަންކާ އަށް ކުރާ އެންމެ ވަރުގަދަ ވިއްސާރައިގައި 169 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެެވެ. އަދި ބައި މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފަ އެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ