ލަންކާގެ މަގެއް: އެ ގައުމުގައި ތިބި ދިވެހިންނަށް އެހީ ފޮނުވަން އާދީއްތަދުވަހު ކާގޯ ފްލައިޓެއް ބާއްވާގޮތަށް ވަނީ ހަމަޖައްސާފައި.
31 މާޗް 2020 - 12:05
ސްރީ ލަންކާގައި ތިބި ދިވެހިންގެ ޒަރޫރީ ބޭނުންތަކަށް ރާއްޖެ އިން އެހީ ފޮނުވޭގޮތް ހަމަޖައްސައި ކޮންމެ އާދީއްތަ ދުވަހަކު މޯލްޑިވިއަންގެ ކާގޯ ފްލައިޓުން 15 ކިލޯ، ކޮންމެ އާއިލާއަކަށް ފޮނުވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ލަންކާގައި ވަނީ މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާން ކޮށްފަ އެވެ. މިކަމުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.
ފޮރިން މިނިސްޓްރީ މެދުވެރިވެ މި ކަމަށް ހައްލު ހޯދާފައިވާ އިރު، ކާގޯގެ ގޮތުގައި ފޮނުވެނީ ސްރީ ލަންކާ އިން ލިބެން ނެތް ބޭހެއް ނުވަތަ އެހެން ޒަރޫރީ ކަމެއްގައި ފޮނުވާ ތަކެއްޗެވެ. އެ މިނިސްޓްރީން މިހާރު ވަނީ، ލަންކާ އަށް ފޮނުވޭނެ ތަކެތީގެ ތަފްސީލް ލިސްޓަކާއި އަމަލުކުރަން ޖެހޭ ގޮތް ވެބްސައިޓުގައި އާއްމުކޮށްފަ އެވެ.
Minister of Foreign Affairs of the Republic of Maldives, @abdulla_shahid had a telephone conversation with his Saudi counterpart, His Royal Highness Prince @FaisalbinFarhan
— Ministry of Foreign Affairs 🇲🇻 (@MoFAmv) March 30, 2020
Press Release:https://t.co/17eN44SO4f@KSAmofaEN
- ލަންކާ އިން ލިބެން ނެތް ބޭސް (ޕްރިސްކްރިޕްޝަން ސިޓީ އޮންނަން ޖެހޭ.)
- މަސް ދަޅު ކޭސް
- ނޫޑުލްސް
- ރަނގަށް ބަންދުކޮށްފައި ހުންނަ ރިހާކުރު ފުޅި
- މަސް ޕެކެޓް، ފަތް ޕެކެޓް
ކާގޯ ފްލައިޓުގައި ފޮނުވުން މަނާތަކެތީގެ ތެރޭގައި ފައިސާ އާއި ރޯމަހާއި ކޭކާއި ހެދިކާ އާއި މޭވާ އަދި ތަރުކާރީ ފަދަ ބާވަތްތައް ހިމެނެ އެވެ.
ލަންކާ އަށް ފޮނުވާ ތަކެއްޗާ ދިވެހި އެމްބަސީން ހަވާލުވެ، އާއިލާތަކަށް އެ ތަކެތި ފޯރުކޮށްދޭނީ އެތަނުންނެވެ. އެހީގެ ތަކެތި ފޮނުވާއިރު ލިބެންވާ ފަރާތުގެ ވެސް މައުލޫމާތު ތަފްސީލްކޮށް ލިއުމަށް މިނިސްޓްރީން އެދެ އެވެ.
ކޮންމެ މަތިންދާބޯޓަކަށް ވެސް ކާގޯގެ ގޮތުގައި ގެންދެވެނީ ވަކި މިންވަރަކަށެވެ. އެހެންވެ މިނިސްޓްރީން ކަނޑައަޅާފައި ވަނީ ފޯމު ހުށަހަޅާ ތަރުތީބުން އިސްކަންދީގެން އެހީގެ ތަކެތި ފޮނުވުމަށެވެ. މި ތަކެތި ބަލައިގަންނާނީ ގްރޭޓާ މާލެ ބަސް ސްޓޭޝަންގައި ހުންނަ މޯލްޑިވިއަން ސިޓީ ޗެކިން އޮފީހުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.
ލަންކާގައި ތިބިި ދިވެހިންނަށް އެހީ ފޮނުވުމުގެ ފުރުސަތު އެ މީހުންގެ އާއިލާތަކަށް ހަމަޖައްސައިދޭން ނިންމިއިރު، ލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނެވޭނެ ގޮތެއްވޭތޯ ބަލަމުން އަންނަ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.
ކޮޮވިޑް-19 އާ ގުޅިގެން ލަންކާގެ އިތުރުން އިންޑިއާ އާއި ނޭޕާލް ވެސް ބަންދުކޮށް، ވައިގެ ދަތުރުތައް ހުއްޓާލާފައިވާތީ ބައެއް ދިވެހިން އެ ގައުމުތަކުގައި ވެސް ރާއްޖެ ނާދެވިފައި އެބަތިއްބެވެ. އެ މީހުންނަށް ވެސް ބޭނުންވާ އެހީ ފޯރުކޮށްދެމުންދާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ކޮވިޑަށް19 އަށް ރާއްޖެ އިން ޕޮޒިޓިވްވި އަދަދު މިހާރު ވަނީ 18 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތުން އައިސް ކަރަންޓީން ފެސިލިޓީގައި ހުއްޓާ ޕޮޒިޓިވްވި ތިން ދިވެހިން ވެސް ހިމެނެ އެވެ. އެންމެ ފަހުން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެޗްޕީއޭ އިން އިއުލާންކުރީ މިއަދެވެ. އަނެއް ދެ މީހުން ޕޮޒިޓިވްވި ކަން އެނގުނީ މިދިޔަ ހުކުރާއި އާދިއްޔަ ދުވަހު އެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ 13 މީހެކެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ތުރުކީގެ ޑޮކްޓަރާއި އެ ރިސޯޓުގެ އެހެން ބިދޭސީ މުވައްޒަފެކެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 18 މީހުންގެ ތެރެއިން ދެ ޓޫރިސްޓެއްގެ ނަތީޖާ ލިބުނުއިރު އެ ދެ މީހުން ވަނީ މިދިޔަ ހުކުރު ދުވަހު ފުރައިފަ އެވެ. އައިލެންޑް ސަފާރީ-1 އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ ޓޫރިސްޓުންނާ "ކްލޯޒްޑް ކޮންޓެކްޓް" އޮތް މި ދެ މީހުންގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެނުނަސް ޓެސްޓު ކުރީ އެޗްޕީއޭ އިން ކުރާ ދިރާސާ އަކަށް ކަމަށް އެ އިދާރާ އިން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮހޮޑާ
01 April 2020
ކޮމެންޓް ތައް ކިޔާލީމަ އިނގޭ ދިވެހިން އެއްވެސް އިހުލާސް ތެރިކަމެއް ނެއްކަން...އެތާ ވެސް އެތިބީ ދިވެހިން އެއްމެން ނުވެދާނެ ދިރި އުޅެން ދިޔަ މީހިން ނޫން ކަމަށްވެސް....ކަލޭމެންގެ މީހެއް ހުރިނަމަ ވިސްނޭނީ
ބޮޑުމީހާ
31 March 2020
ޗާޖުކުރަންވާނެ. މިހުރިހާ ދުވަހު ގައުމު ދޫކޮށް އެހެން ގައުމެއްގައި ވަޒަންވެރިވެ އުޅޭނީ މިތަން ކަމުނުދާތީ
ފަހުދު
31 March 2020
އަޅެމީހަކު އަންތަރީހެއް ނުވާނެތަ. ބަލަ މިތަން ކަޑަކަމަކުން ނޫންތަ މިތަންދޫކޮއް ދިޔައީކީ. މިދަނޑިވަޅުގަވެސް ގަރުދިޔަތެލި މިސްވެގެން
މަދު
31 March 2020
މިއީ ލަންކާގަ އުޅޭ އެމްޑީޕީގެ ބޮޑުންނާއި އެމީހުންގެ އާއިލީ މީހުންނަށް ރިހާކުރު ފޮނުވައި ދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ކުރާ ޚަރަދެއް. ފޯމު ހުށަހަޅާ މީހާއަށް ނަންބަރެއް ނުދޭ. ހުށަހެޅި ތަރުތީބެއްވެސް އެމީހާ އަކަށް ނޭގޭ. 10 ވަރަކަށް ފްލައިޓް ދާފަހުން ހެން ހީވޭ އިންތިޒާމް ހަމަޖައްސާފަ އޮތް ގޮތުން އާއްމު ރައްޔިތު މީހާއަށް ޖާގަ އެއް ލިބޭނީ.
ހާލުގަޖެހި
31 March 2020
ރަޢީސްއަށް ވެދުން ސަލާމް އަޅުގަނޑާއި ރައްޖޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުން މިދުވަސްކޮޅު އުޅެން ޖެހިފައިމިވަނީ ވަރަށް ހާލުގައެވެ. އެހެންކަމުން ކޮންމެ ގެއަކަށް އެގެއެއްގަ ދިރިއުޅޭ މިހުންނަށް ބޭނުންވާވަރަށް ނޫޑްލްސް މަސްދަޅު ރިހާކުރު މަސްމިރުސް މަސްފަތް އަދި ސަޓަނި ފަދަ ތަކެތި ފޮނުއްވައި ދެއްވުން އެދެން. ފްލައިޓެއް ޗާޓަރ ކޮއްގެން ނަމަވެސް މިތަކެތި ލިބެން ނެތް ރައްރަށައް ފޮނުވައިދެއްވިން އެމެވެ.
އަލިފުތާ
31 March 2020
ބޭރުގައުމުގައި ތިބި މީހުން އަތުގައި އެއްވެސް ލާރިއެއް ނެތްތާކު އާއިލާގެ އެންމެންގެ ވަޒީފާވެސް ގެއްލިފައިވާކަމަށް ކަށަވަރުވާނަމަ ދައުލަތުން ތިހާބޮޑު ހަރަދެއް ވަކިބަޔަކަށް ކުރުމަކީ މައްސަލައެއްނޫން... ތިހާވަރަށް ހަރަދު ކުރަންޖެހޭނީ ބޮޑު އެސެސްމަންޓެއް ހަދާފައި އެއީ ފަގީރުން ކަމުގައިވާނަމަ.. ލަންކާގައި ގިނައިން ދިރިއުޅެނީ ގެކުއްޔަދީފައި ބޮޑު ކުލިނަގަމުންދާ މާލޭމީހުންކަމަށް ބެލެވޭ...
އިންސާފު ކޮބާ
31 March 2020
އެއަރ ފްރެޓް ނަގަން ޖެހޭނެއެވެ. ބޭސް ސިޓީގެ ބޭސް އިސްތިސްނާއެވެ. އެހެން ނޫނީ މަގޭރަށަށް ވެސް ފްލައިޓްގައި މަސްކޭސް ގެންގޮސްސޭން ޖެހޭނެއެވެ.އަދި ނޫޑްލީސް ވެސް މެއެވެ.
ޙޯޙޯޙޯޙޯޙޯ
31 March 2020
ޔޫރަޕުގައި ތިބި މުއްސަނދިންނާއި އެމީހުންގެ ދަރިން މިހާރުމިވަނީ ރާއްޖެ އެތެރެވެފައެވެ. ދެން ލަންކާ އިންޑިޔާގަ ހާލުގަޖެހިގެންއުޅޭ މީހުންގެ ވާހަކަ އިވޭއިރަށް މީހުންތައް ތެޅިފޮޅި ހަޅޭއް މިލައްވަނީ ކޮންބިރަކުން ހެއްޔެވެ. އާދައިގެ ފަގީރުންގެ އިހުސާސްތަކުގެ އަގުވެސް ހަމަ ދެރަވަރުވަނީ ހެއްޔެވެ!
ބަރުބައް ޗޯރު
31 March 2020
ބޮންދުން ނަށް ބަންގާޅީ އިން ސަނާ މުގާ މޫރީ ގެންނާތީ ދިވެހިން މަލާމަތަ ކުރާނެއެވެ.ވަކި ސަހަލުތަ މިކަން..
ގަރުދަ
31 March 2020
ސަރުކާރަށް ޖެއްސި ކިހާ ބިޑު ތުރާލެއް މީ.
މަޑިސީމު
31 March 2020
ތިބޭ ޤައުމަކުން ލިބޭ ކާނާއެއް ކާބަލާ ށެވެ. ދިޗެހިންގެ ގޮތަކީ ހައްޖަށް ދިޔަސް " ދޮހަން ދަޅު" ( މަޑިސީލަ) ގެން ދަންޖެހެއެވެ. ރިހާކުރު ގެންދަން ޖެހެއެވެ.