މެމްބަރު ލަތީފް. އޭނާ ޕީޕީއެމް/އެމްޑީއޭ ވައިބާ ގްރޫޕުން ބޭރު ކުރަން ދެ މެމްބަރަކު ގޮވާލެއްވި. - ފޮޓޯ: މިހާރު
30 ޖޫން 2017 - 22:47
ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ވައިބާ ގްރޫޕްގައި މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެ، ހއ. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އެ ގްރޫޕުން ބޭރު ކުރަން ބައެއް މެމްބަރުން މިރޭ ގޮވާލައްވައިފި އެވެ.
ޕީޕީއެމް ވައިބާ ގްރޫޕްގައި ފޯރިގަދަވީ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި ޕީޕީއެމް ޕީޖީ ގްރޫޕްގެ މެމްބަރުން ސޮއިކުރެއްވުމަކީ އެމަނިކުފާނަށް އުނދަގޫފުޅު ވާނެ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ. އެ ވާހަކަފުޅާ ގުޅިގެން ބައެއް މެމްބަރުން ސީދާ މެމްބަރު ލަތީފަށް ނިސްބަތް ކުރައްވާ ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަވަން ފެއްޓެވި އެވެ.
ލަތީފް ވަނީ ވައިބާ ގްރޫޕްގައި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އަށް އަމާޒު ކުރައްވައި ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވައިފަ އެވެ.
އެގޮތުން މަޖިލިހަކީ މިހާރު އެހާ މުހިންމު ތަނެއް ކަމަށް ސަލީމަށް ގަބޫލު ކުރެއްވޭތޯ އެއްސެވި އެވެ. އަދި އޭނާގެ ވާހަކައިގައި މިސާލު ނެންގެވީ ރާވެރިކަމުގެ ފޯރި ކެނޑިގެން ދިޔަ ގޮތާ ގުޅޭ ގޮތުންނެވެ.
"ރައްޔިތުންނަށްޓަކައި ކިތަންމެ ގާނޫނުތަކެއް ހެދިޔަސް ފަހު ބަސް ބުނަން މިއޮތީ އެހެން ދިމާލެއްގައި ނޫންތޯ އެވެ؟ ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އައި ރާވެރިކަމުގައި ފޯރި ކެނޑިގެން ދިޔަ ގޮތަކީ މި ކަމެކޭ ވަކި ތަފާތެއް ނެތެއް ނޫންތޯ އެވެ؟" ލަތީފް ސުވާލު ކުރެއްވި އެވެ.
"ބުނާތީ އަހަމެވެ. ރާ ބާލާ ރުށް ދޮށަށް އަންހެންވެރިން އަރުވާ ޖަހާފައި ދިއުން ހުއްޓުނީ ސީ ސޯޓެއް ރާއްޖެއަށް ތައާރަފްވެގެން މުންޑުގެ ބަދަލުގައި ސީ ސޯޓު ލައިގެން ފިރިހެން ވެރިން ރުކަށް އަރަން ފެށުމުންނެވެ. މަޖިލިސް ވެސް މިހާރު ވެފައި މިވަނީ އެކަހަލަ ތަނަކަށް ނޫންތޯ އެވެ؟"
ބެލެވޭ ގޮތުގައި ލަތީފް އެ އިޝާރާތް ކުރެއްވީ މަޖިލިހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ ވޯޓަކަށް ވާންޖެހޭނެ ކަމަށާއި އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ބުނެ އެ ކޯޓުން ކުރި ހުކުމަށެވެ.
ލަތީފް ވަނީ ބާރުތައް އެއް ދިމާލަކަށް ޖަމާކުރަން ވެގެން ކަންކަމަށް ގެންނަމުންދާ ބަދަލުތައް ސަލީމްއަށް ނުވިސްނެވޭތޯ ސުވާލު ކުރައްވައިފަ އެވެ. އަދި މަޖިލިހުގައި މިގޮތަށް ތިއްބެވުމަށްވުރެ ރާވެރިކަން އާލާކޮށް "މުންޑު ލައިގެން ރުކަށް އަރަން ދިއުން" މާ ބުއްދިވެރި ކަމަށް އޭނާ ވިދާޅުވި އެވެ.
ލަތީފްގެ މި ވާހަކަތަކާ ގުޅިގެން އޭނާ ގްރޫޕުން ބޭރު ކުރަން ގޮވާލި މެމްބަރުންގެ ތެރޭގައި ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލާއި އިނގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ފަލާހު ހިމެނިވަޑައިގަންނަވަ އެވެ. އަދި ވައިބާ ގްރޫޕްގައި ކުރެވޭ ބަހުސަށް ބައެއް މެމްބަރުން ތާއީދު ކުރެއްވި އެވެ.
މެމްބަރު މުހައްމަދު ވިދާޅުވި ގޮތުގައި ލަތީފްގެ ނަސޭހަތް މީގެ ދޮޅު އަހަރު ކުރިން ވަނީ ފެނިފަ އެވެ. މެމްބަރު ލަތީފަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަޅިއަށް އަރައިވަޑައިގަތުމަށްފަހު، ފަހުން ރައީސް ޔާމީންގެ ފަޅިއަށް ބަދަލުވެވަޑައިގެންނެވި އެއް މެމްބަރެވެ.
"ލަތީފް މިހާރުން މިހާރަށް ޕީޖީ ވައިބާ ގްރޫޕުން ވަކިކޮށް ދެއްވުމަށް ޕީޖީ ލީޑަރަށް ގޮވާލަން. ހުރިހާ ފިތުނައަކާ ހުރިހާ ހަމަނުޖެހުމެއް އުފައްދަނީ ލަތީފް ކަމަށް ފެނޭ،" ފަލާހް ވިދާޅުވި އެވެ.
މަޖިލިހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް އަލުން ވެއްދުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތާ ގުޅިގެން، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާގައި ރައީސް ޔާމީނާއި މެމްބަރުންނާ ދެމެދު ކުރި މެސެޖުތަކެއް މިއަދު ދަނީ ފުލުފުލުގައި ލީކްވަމުންނެވެ. އެ މެސެޖުތައް ލީކްކުރާ މައްސަލާގައި ވެސް ބައެއް މެމްބަރުން ވަނީ އެ ގްރޫޕްގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮޅާބޯ
01 July 2017
ތީ ހާދަ ވަރަުގަދަ ވައިބަރ ގްރޫޕެކޭ ދޯ! ތިގުރޫޕުން ބޭރުކުރީމަ ކިހިނެއްތަ މިވަނީ ؟؟
މމދ
01 July 2017
އެކިވިޔަފާރިއަށް އަންނަނީ އެކިދުވަސްވަރެވެ! ޢީދުއަންނަނީއެވެ! ކުރެވިދާނެކަމުގެއަޑު އަރާފަވާ ޤުރުބާނެއްގެވަގުތު ޖެހެނީއެވެ! އިންތިޒާރު!
ޝަހާމް އިބްރާހިމް
01 July 2017
މިވައިބަރ ގްރޫޕް ބަންދު ކުރަން ވެއްޖެ ނޫންތޯ. ރައީސް ޔާމީންއަށް އިނގިވަޑައި ނުގަންނަވަނީތޯ މިއީ ކުދިން ކުޅޭ ކުޅޭ ކުޅެން ހަދާފައި ވާ ޓޫލްއެއްކަން. މިއީ ޕްރޮފެޝަނަލް މަސައްކަތްތަކުގައި އުޅޭމީހުން އެކި ކަންކަމުގައި ޑިސްކަސްކުރަން ހަދާފައިވާ ޓޫލެއް ނޫންކަން. އެހެނީ ވައިބާ އިން އޮފީސް ހިންގުމުގެ ބަދަލުގައި އެއަށްވުރެއް އެޑްވާސް ޓޫލަކަށް މިހާރު ދާންވެއްޖެ. މިހާރަށްވުރެއް ބޮޑަށް ސެކިއުރިޓީ ފީޗަރސްތައް ހުރި އެއްޗަކަށް ދާންވެއްޖެ ނޫންތޯ. ބައިވަރު ޓޫލްތައް އެބަހުރި އެއިން ޓޫލަކަށް ހިޖުރަ ކުރަން ވީނުންތޯ! ނޫނީ ކަސްޓަމައިޒްޑް ޓޫލަކަށް ބަދަލުވާން ވީނޫންތޯ.
ޓޫލޭ
01 July 2017
ތިޔަދައްކަނީ ކޮން ޓޫލެއްގެ ވާހަކަތޯ؟ ޓޫލަކީ ހަމަ ޓޫލެކެވެ. ޓޫލެއްގެ ބޭނުން ކުރާގޮތަކުން އެޓޫލަކީ ހަމަ އެއްމެ ރަނގަޅު ޓޫލަކައްވެސް ވެދާނެއެވެ. ޓޫލެއް ކޮންމެހެއް އެޓޫލެއް އެހެންމީހުން ބޭނުންކުރާގޮތައް ބޭނުން ނުކުރިޔަސް ހަމަ ޓޫލުގެ ބޭނުން ކުރެވިދާނެއެވެ.
ޒ
01 July 2017
ލާރި ލާރި މިތިބީވާބައެއް
އަޑީބް އެންޑް ބަދީއް
01 July 2017
ލަފީފު ބޭރުކޮށްފިއްޔާ މަސްރަހު ވަރަށް ގޯސްވާނެ.
އްއްލާ އައްޑޫ ހިތަދޫ ބަދަރުން
01 July 2017
ބޭރު ކުރަމުން ކުރަމުންގޮސް ހުސްވެދާނެ.. ދެންކޮން ބައެއްބާ ތިގްރޫޕްގައި ތިބޭނީ ؟ ދަރުބާރު ފެކުޝަމްގެ ފޫވަނީގޮސްފައި ކިތަންމެވަރަކަށް ލިޔަސް ނުހިފެހެއްޓި ދާނީ ބޭރުވަމުން.. ޔަމީނުއާއި ސަރުކާރުވަނީ ފެއިލްވެ އަރާނުގަނެވޭވަރުވެފައި..
މުއާޒު
01 July 2017
ލަތީފު އެބުނަނީ ކޮންމެ ވޯޓަކާ ގުޅިގެން ކުރިން ލިބޭހެން ވޯޓު ނުލިބޭވާހަކަ. އިދިކޮޅު މީހުން ޢަދަދު ހަމަކުރަނީ ލަތީފު ހިމަނައިގެން. ލަތީފަކީ އިތުރު އާމްދަނީ އެއް ބޭނުންވާ އެމްޕީ އެއް. މިބުނީ ވަރަށް ބޮޑު ވާހަކައެއް
ރައްނަމާރި
01 July 2017
އަހަރެންނަކީ މައުމޫނު ފެކްސަނުގެ މީހެކޭ ބުނި ހިނދުން ނަގޫފިތޭތީ އެއްކަމެއް ނޫނީ މިލިއަނެއް ޖަމާވެގެންތޯ ދަރުބާރު ފެކްސަނަށް ދިޔައީ! ބަލަ އޭރު އަދި މެންބަރުކަމުގެ ހުވާނުކުރަނީތޯ؟
ދުންޔާ
01 July 2017
ފުރޭމުކޮށްގެން ޖަލަށްލައި އޮބިއަޅައިގެން ވެރިކަމެއް އަބަދަކު ނުކުރެވޭނެ. މިއީ 18ވަނަ ޤަރުނެއް ނޫން
ނަކަސް
01 July 2017
މި ރައީސް ޔާމީނުގެ ސަރުކާރުމިހާރުނޭވާހޮޅިއައް މިއެޅެނީ ގުނަމުންމިދަނީ ފަހުސިކުންތުތައް2008 ގެ ކުރީގެރައީސްމައްމޫނައްދިމާވިގޮތައް އެންމެފަހުވަގުތު އުރިހާބޭކަލުން ރައީސްޔާމީނައްދޯކާދީފައި ބޮޑުފަޅީގައި އަހަރެމެން މިސަރުކާރުގެންނަކުރި ބުރަމަސައްކަތްވީބޭކާރު2018 މަވާސަލާމް