ޚަބަރު / އަހުމަދު ރިލުވާން

ފުލުހުން ކޯޓުގައި ވެސް ބުނަނީ ރިލްވާނަށް ވީގޮތް ނޭނގޭ ކަމަށް: އާއިލާ

ރިލްވާން: އޭނާ ވަގަށް ނެގީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން އޮގަސްޓް، 2014 ގައި

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް ވީގޮތެއް އަދިވެސް ނޭނގޭ ކަމަށް ފުލުހުން މިއަދު ކޯޓުގައި ބުނެފައިވާ ކަމަށް ރިލްވާންގެ އާއިލާއިން ބުނެފި އެވެ.

ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގުގެ މައުލޫމާތު ދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދޭން އެދި އޭނާގެ އާއިލާއިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި މިއަދު އެ ކޯޓުގައި ބޭއްވި އަޑުއެހުމާ ގުޅިގެން އާއިލާއިން ނެރުނު ބަޔާނުގައި ވަނީ ރިލްވާން ވަގަށް ނެގި ފަހުން އޭނާ އަށް ވީގޮތެއް ހޯދިފައި ނެތް ކަމަށް ފުލުހުންގެ ފަރާތުން މިއަދު ކޯޓުގައި ބުނި ކަމަށެވެ. އާއިލާއިން ބުނީ ތަހުގީގުކުރާތާ ތިން އަހަރުވެފައިވާ އެ މައްސަލާގައި ދިން މި ޖަވާބަކީ ގަބޫލުކުރަން ދަތި ޖަވާބެއް ކަމަށެވެ.

"ދައުލަތުގެ ކިބައިން މި އެދެނީ މި މައްސަލައާ ގުޅިގެން ފުލުހުން ހާމަކުރާ މައުލޫމާތު ސިއްރުކުރަން ޝަރުތުކޮށް ނަމަވެސް އެ ހާދިސާގެ ހަގީގަތް އާއިލާއާ ހިއްސާކޮށް، އެކަމުގެ ސަބަބުން އާއިލާއަށް ލިބިފައިވާ ހިތްދަތިތަކެއް ލުޔެއް ހޯދައި ދިނުމަށެވެ،" އެ ބަޔާނުގައިވެ އެވެ.

ރިލްވާން ގެއްލުމުން، އޭނާއަށް ވީގޮތެއް ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރި އަދި ދާދިފަހުން މަރާލި ޔާމީން ރަޝީދުގެ މަރާ ގުޅިގެން ޔާމީންގެ އާއިލާއިން ފުލުހުންނަށް ކުރާ ދައުވާގެ އަޑުއެހުން ވެސް މިއަދު ކޯޓުގައި ބޭއްވި އެވެ. އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ހުރިހާ ލިޔުންތައް ސިއްރު ކޮށްގެން ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާ ކަމަށާއި އެކަމަކު ޔާމީންގެ އާއިލާއިން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ޔާމީން މަރާލުމުގައި އަމަލީ ގޮތުން ތިން މީހަކު ބައިވެރިވި ކަމަށް ފުލުހުން ތުހުމަތު ކޮށްފައި ވިޔަސް އެ މީހުންނަށް އަދި ދައުވާ އުފުލާފައި ނެތް ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ރިލްވާން ގެއްލުނު މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ބަންދެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

"އަހުމަދު ރިލްވާން އަބްދުﷲ އާއި ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ލިބޭނީ މައްސަލާގައި ކަން ހިނގާ ދިޔަގޮތުގެ ހަގީގަތާއި އެކަން ހިނގަން މެދުވެރިވި ސަަބަބުތައް ހާމަވެގެން،" އެ ބަޔާނުގައިވެ އެވެ.

ރިލްވާން ގެއްލުނު މައްސަލާގައި ފުރަތަމަ ބަޔަކު ހައްޔަރު ކުރިޔަސް ފަހުން އެ އެންމެން ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ރާއްޖެއިން ބޭރަށް ވަނީ ފުރައިފަ އެވެ.

18 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 78%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓެޓްރާ

06 July 2017

އެބުނާހެން އެކުދީންނަށް އިނގޭނެ ކަންކަމާ ނޭނގޭ ކަންކަންވެސް ހުންނާނެދޯ!

The name is already taken The name is available. Register?

އަލްޖިބްރާ

06 July 2017

ތިޔަބުނަނީ މީހުން މެރިމީހުން ނޭގޭ ކަމަށެވެ. ކަލޭމެނަށް އެއްވެސް ކަމެއް އެގޭކަމަކަށް ނުވާނެއެވެ. އެންމެ ކުޑަމިނުން މާލޭގެ މަގުމަތީގައި އިންދާފާ ހުރި ފެންފޯށްރުއްތައް އެންމެންގެ ލޮލުގެ ކުރިމާތީގައި ކަޑާތިރިކުރިއިރު އެކަން ކުރިބަޔަކު ނުހޯދުނު ބަޔަކަށް ދެން ހޯދޭނެ ކަމެއް ބުނެދީބަލަ ؟

The name is already taken The name is available. Register?

އުމަރު

06 July 2017

އެހެންވެއްޖެއްޔާ ރިލުވާނު ހޯދަން ކުރި މަސައްކަތުގެ ތަފްސީލްދެއްވާ އަދި ބޭރުގެ އެހީ ހޯއްދަވާ

The name is already taken The name is available. Register?

ކުޅުދުއްފުށި އެއާޕޯޓު ޓަވަރުން ވިދާޅުވަނީ

06 July 2017

ފަހެ މީހަކުމަރާލުމައްފަހު އެކަކު އަނެކާގެ ބޮލުގަ އެކަންއަޅުވަމުން ދިޔަތަން މޫސާގެފާނައް ފެނިވަޑައިގަތް ގައުމުގެ މީހުން އެއްކުރުމައްފަހު ފާލުކަން ބޮޑުކަމާއެކު އެމީގައިގަ ކަތިލި ގެރީގެ ނަގުލުންޖެއްސެވި އެވެ ވީމާ މިކަމުން އިބުރަތްލިބި ހާންމަކަމާއެކު މިކަންކުރަންވީ މީ އިސްލާމީ އުންމަތައް ދަސްކޮއްދީފަވާ ގޮތަކީ ފިލާތިބެ ސިއްރު ސިއްރުން ކަންކަންކުރަނީ އެކަމުގެ އަޑީގަ ކޮންމެސް ބާރުހުރި ފަތާތެއްވާތީ ހޭދަކުރިބަޔަކު ފޮރުވުމައް

The name is already taken The name is available. Register?

ފުލުސް

06 July 2017

ރިޒްވާނުއަށް ވީގޮތް ފުލުހުންނަށް ނެއެނގޭނެކަން ނެއެނގޭ އެކަކުވެސް މި ފަސްގަނޑުގައި ހުރިހެން ހީނުވެއެވެ. އަދި ފުލުހުންގެ ތަހުގީގު ޓީމާއި އިސްވެރިން ފިޔަވައި އެކަން ނެއެނގޭ ހަމަ އެކަކުވެސް މިގައުމުގައި ނެތޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެނގުނަސް ނެއެނގުނަސް މަރުވާނެ. މަރުވުމުން އެންމެނާ ސުވާލުކުރެވޭނެ. ގަބޫލުކުރިއަސް ނުކުރިއަސް މިއީ ހަގީގަތެއް.

The name is already taken The name is available. Register?

ޒާ

06 July 2017

މަށަށްފެނޭ ތިޔަ ރިލްވާނަށް ވީގޮތް އެންމެ ރަނގަޅަށް އެނގޭނީ މަށަށޭކިޔާފައި އަދީބު ސްޕްރީމް ކޯޓަށް ސިޓީއެއް ފޮނުވަން. އެއީ މިހާރު އެހެން ހުރި މައްސަލަތަައް އެންމެ ރަނގަލަށް އެނގޭކަމަށް ބުނާ މީހާ. އޭނާބުނާކަމަށްވޭ ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގެ ކަންތައްވެސް އެނގޭނީ އޭނެއަށޭ. އެހެންކިޔާފަ ސްޕްރީމް ކޯޓަށް ސިޓީއެއްލީވާހަކަ އެހެން. އެހެންވީމާ މިކަމުގައިވެސް އަދީބު ސިޓީއެއް ފޮނުވައި ދިނުން އެދެން.

The name is already taken The name is available. Register?

ހައްގުބަސް

06 July 2017

ފުލުހުންގެ މުއައްސަސާ އަކަށް އިތުބާރެއް ނުކުރެޔޯ؟ ހިހިހީ އެއީ ފެއިލް ވެފައިވާ މުއައްސަސާ އެކޯ؟ ހަހަހާ އެ މުއައްސަސާއިން ކުރެވޭ ކަމެއް ކުރާ ކަމެއް ނެތޯ؟ ހުހުހޫ އެކަމަކު ދެމަފިރިއަކު ވަރި ވިޔަސް އެހީ ހޯދަނީ އެފަރާތުން. ކައްކާ ބަތްތެލީގައި ދުން ގަތަސް ގުޅަނީ އެ މުއައްސަސާއަށް. ގޭތެރޭގައި އަލިފާން ކަންޏެއް ފެންނަން ހުއްޓަސް ނިއްވައިދެން އަންނަނީ އެމީހުން. ކަމެއް ނުވާ ބައެއްނަމަ އިތުބާރެއް ނެތް ބައެއް ނަމަ އެހީއަށް އެދި ދަނީ ކީތްކުރަންބާ؟؟؟

The name is already taken The name is available. Register?

ބޭބެ

06 July 2017

ލަދުގަނޭތަ ތިގޮތަށް ކޮމެންޓް ކުރަން. ރަށްޔިތުންގެ ލާރިން މުސާރަ ނަގައިނގެން ރަށްޔިތުންނަށް ކޮއްދެވެނީ ކޮންކަމެއް. ލަދެއް ހުރީޔާ ވަޒީފާ ދޫކޮއްލާފަ ގޮސް ގޭގަ އޮވެބަލަ. އޭރަކުން ނުގުޅާނަން.

The name is already taken The name is available. Register?

ފުލުފުލުސް

06 July 2017

ފުލުހުންނަށް އިގޭބާ ފުލުހުންނަށް ވަމުންދާގޮތް. އިގޭބަޔަކު ނަމަ އަންތަރީސްވާނެ

The name is already taken The name is available. Register?

GAN Island

05 July 2017

ދިވެހި ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ސާފު ބޯފެނާއި ނަރުދަމާގެ ހިދުތަމުން މަހުރޫމް ކޮށްފައި ''ފުލުހުންނަށާއި ސިފައިންގެ މައްޗަށް ދައުލަތުގެ ހަޒާނާއިން ބޮޑު ބައެއް ހޭދަ ކުރުމަކީ ބޭކާރު ކަމެއް'' ކަމަށް ޤަބޫލު ކުރެވެނީ މިފަދަ ކަންކަން މިހެންވާތީ. . . . މި ޤައުމުގެ ރައްޔިތުން ''ތުތިމަހަށްކޮށާ އެއްލާލާ އިރު އެކަންކަން ފުލުހުންނަށް ނުހުއްޓުވޭނަމަ އަދި އެކަންކަން ކުރާ މީހުންނާއި އެކަންކަން ކުރުވާ މީޙުން ހޯދައި ނުގަނެވޭ ނަމަ'' ފުލުހުންގެ ފައުޖު މަދުކޮށް އެމީހުންގެ މައްޗަށް ކުރާ ހޭދަ ކުޑަކުރާންޖެހޭ. . . . ނުވަތަ ޤާނޫނަށް ބަދަލު ގެނެސްގެން ވިޔަސް ރައްޔިތުންގެ ރައްކާތެރިކަމަށް ބޭރު ޤައުމެއްގެ ފުލުހުންގެ އެހީތެރިކަން ހޯދާ ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދޭންޖެހޭ.

The name is already taken The name is available. Register?

ރަދީފް އެންޑް ރަފައިދާ

05 July 2017

އުނހު. "ތަހުގީގަށް ކުރިއެރުން ލިބެއޭ" ކިޔާފާ މިވީ ކިހިނެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454