މައުމޫން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: ސަރުކާރަށް އެ މަނިކުފާނު އަންނަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން-- މިހާރު ފޮޓޯ
26 ޖުލައި 2017 - 14:57
ހަގީގީ މިނިވަންކަމަކީ އަމިއްލަ އެދުމާއި ދަހިވެތި ކަމުން ދުރުވެ، ގައުމު އިސްކުރުން ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ 52 މިނިވަން ދުވަހުގެ މުނާސަބަތުގައި މައުމޫން ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވިއިރު އެ މަނިކުފާނު މިހާރު ގެންދަވަނީ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެންމެ ފަހުން އިދިކޮޅު ފަރާރްތަކުން ބޭއްވި ޖަލްސާގައި މައުމޫން ވަނީ، ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައި ދެއްވުމަށް މަސައްކަތްޕުޅު ކުރެއްވުނީތީ ދިވެހި ރައްޔިތުންގެ ކިބައިން މާފަށް ވެސް އެދިވަޑައިގެންފަ އެވެ.
ސަރުކާރުން ހިންގަމުންދާ ކަންތައްތަކަށް ފާޑު ވިދާޅުވެ، އިދިކޮޅު ހަރަކާތުގައި މިހާރު އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެއް ބޭފުޅަކީ ވެސް މައުމޫން އެވެ.
އެ މަނިކުފާނު ވިދާޅުވެފައި ވަނީ ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށްޓަކައި ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން "އަޅުގަނޑު ވަރަށް ގިނަ މަސައްކަތްތަކެއް ކުރިން" ކަމަށެވެ. "...އެކަމުގެ ޒިންމާ، އެކަމުގެ ބަދުނާމު އަޅުގަނޑުގެ ބޮލުގައި އެޅޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ ވަރަށް ބޮޑަށް ހިތާމަކުރަން. ވަރަށް ބޮޑަށް ދެރަވަން. ރައްޔިތުންގެ އަރިހުން ވަރަށް ބޮޑަށް މާފަށް ވެސް އެދެން،" ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައި ދެއްވުމަށް ކުރެއްވި މަސައްކަތްޕުޅާ މެދު ހިތާމަފުޅު ކުރައްވައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވަމުން މައުމޫން ވިދާޅުވި އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދަރިއެއް
26 July 2017
މައުމޫނަށް އަޅުގަނޑުކުރިތާއީދު އަނބުރާގެނެސްފީމެވެ.މައުމޫނަކީ ގައުމު އިސްކުރާބޭފުޅެއްކަމަށް އަޅުގަޑަށް ގަބޫލްނުކުރެވޭތީއެވެ
މިނިވަން ޖޯށު
26 July 2017
މައުމޫނުވިދާޅުވިޔަސް ތެދެއްވާނީ ތެދަކަށް ! ސުވާލަކީ މިއަދު އެމަނިކްފާނު އެހިންގަވަނީ އެމަގުނަބާއޭ؟ ވައްﷲއައުލަމް..
ކަލޭފާނު
26 July 2017
ދެން އަމިއްލަ އެދުމާގެން ނޫޅެ ގައުމު އިސްކޮށްގެން މަޑުން ހުންނަންވީނު. ނަމޫނާ ދައްކަން ޖެހޭނީ ވެރިކަން ކޮށްފަތިބި އިސްރައްވެހީން.
ޒެޑްސް 1
26 July 2017
ގައުމު އިސްކުރުމަކުން މިނިވަން ކަމެއްނުލިބޭ. ހަމަޖެހޭ ވާހަކަ ދައްކަވާ ޒައީމޫ
ޜާއްޖެ ޢިސްލާމް
26 July 2017
މާފަށްވެސް މިހާރު އެދޭނެ 30 އަހަރު ވީއިރު ޤައުމުގަ އެހެންމީހަކު އުޅޭކަންވެސް އެގެނީ ކޮންމެ ވޯޓް ފޮއްޓަކުން 100 ޕަސެންޓް ލިބިފަވާކަމަށް އިލެކްޝަނުން އިޢްލާން ކުރުމުން
ބުލްބުލް
26 July 2017
ޒައީމުގެ ދައުރުގާ ދިވެހިންއުޅުނީ މިނިވަންކަމުގައެވެ. ސައްދާމުގެ ވެރިކަމުގާ އިރާގުމީހުން އުޅުނީ މިނިވަންކަމުގައެވެ. ގައްޒައްފީ ޒަމާނުގައި ލީބިޔާ މީހުންވެސް އުޅުނީ މިނިވަންކަމުގައެވެ. އެމައެއާއެކު މުގާބޭގެ ދަށުގައި ޒިންބާބުވޭމީހުން މިހާރުއުޅެނީ މިނިވަންކަންމަތީގައެވެ. މިނިވަންކަމަކީ މިއީއެވެ.
މިނިވަން ޖައްވުން
26 July 2017
ބުލްބުލް ތިބުނީ ރަގަޅަށް. އިރާގާ ލީބިޔާ ކިޔާ ގައުމެއް ނެތޭ ބުންޏަސް ގޯހެއް ނުވާނެ.
ކައިޓް
26 July 2017
މަނިކުފާނުގެ ނަސޭހަތް މި ޖީލުގެ ޒުވާނުންނަށް ވަރަށް މުހިންމު. މިނިވަން ދުވަހުގެ ތަހުނިޔާ މި ޖީލުގެ ބާނީ ރައީސް މައުމޫން އަށް . ޝުކުރިއްޔާ
ކަޕިލް
26 July 2017
ކަޕިލްޝަރުމާގެ ޝޯއެއްބެލުމަށްވުރެވެސް މިމަނިކްފާނުންގެ އެޕިސޯޑްތައް މާޖޯކު އަދި ހެއްވާ!!!
ކޮވެލި
26 July 2017
"ހަގީގީ މިނިވަންކަމަކީ އަމިއްލަ އެދުމާއި ދަހިވެތި ކަމުން ދުރުވެ، ގައުމު އިސްކުރުން ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިއަދު ވިދާޅުވެއްޖެ އެވެ." އޯކޭ. ހީނ ނިމިއްޖެ. ދެން ނެތްތަ އެހެން ޖޯކެއް؟
މުރާސިލް
26 July 2017
މައުމޫނެވެ. މަނިކުފާނުގެ ފަރާތުން މިފެނިގެން ދަނީ ޤައުމު އިކުރުމުގެ ބަދަލުގައި އަމިއްލަ އެދުމާއި ޒާތީ ތައައްސުބް ކުރިއަށް ނެރެފައިވާ މަންޒަރެވެ. މިނިވަން ދުވަހުވެސް ތާކުންތާކު ނުޖެހޭ ވާހަކަފުޅުތައް ދައްކަައިގެން ތިޔަ ކުރައްވަނީ ހަޤީޤަތް އޮޅުވާލެއްވުމުގެ މަސައްކަތެވެ.