ޚަބަރު / ވަޅިހެރުން

ޒަޚަމް ކޮށްލި ޒުވާނާ ފަރުވާ ދެނިކޮށް މަރުވެއްޖެ

ނަދީމް.

29 ޖުލައި 2017 - 17:52

29 comments

މި ދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ ކެފޭއެއްގެ ތެރޭގައި ހުއްޓައި ތޫނު އެއްޗަކުން ބޮލަށް ހަމަލާދީ ޒަޚަމް ކޮށްލި ޒުވާނާ އަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެނިކޮށް މިއަދު މަރުވެއްޖެ އެވެ.

ހެންވޭރު ޓާމިނަލް ކެފޭގައި ހުއްޓައި އެ ދުވަހުގެ ހަވީރު 6:30 ހާއިރު، ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލީ، ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމް އަބްދުއްރަހީމް 24، އެވެ. އޭނާގެ ބޮލަށް ވަޅިން ހަމަލަދިނުމާ ގުޅިގެން ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުން އައީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓް ކޮށްގެންނެވެ. އައިސީޔޫގައި އޮތް އިރު ވެސް ނޭވާލަނީ މެޝިނުގެ އެހީގައި ކަމަށް ނަދީމްގެ ގާތް މީހަކު ބުނެފައިވެ އެވެ.

އެރޭގެ މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ. މާލޭގައި މި ދުވަސްވަރު މާރާމާރީތައް އިތުުރުވެފައިވާއިރު، މިދިޔަ އަންގާރަ ދުވަހު ވެސް ދެ މާރާމާރީއެއް ހިނގާފައި ވެ އެވެ. އަދި މިދިޔަ ހަފުތާގައި ވެސް ދެ މާރާމާރީ ހިންގި އެވެ. އެލްސިއޯން ބޭކަރީ ކައިރީގައި މިދިޔަ ހަފުތާގައި ހިންގި މާރާމާރީއަކާ ގުޅިގެން ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ.

29 ކޮމެންޓް, 201 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 87%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިނއަންނަނީ

30 July 2017

މި ރާއްޖޭގަ ޕޮލިސް ކަމިޝަނަރ ކަން ކުރެއްވި ހުރިހާ ބޭފުޅުންނަށް ތިޔަ ވެގެނ އުޅޭ ގޮތް ފިސާރި ރަނގަޅަށް އިނގޭނެ! އެ ބޭފުޅުން ހަނު ތިބެނީ ކީއްވެ؟؟؟

The name is already taken The name is available. Register?

ާާާާާާދެރަ

30 July 2017

إنّا للهِ وإنّا إليهِ راجِعون

The name is already taken The name is available. Register?

ހަގީގަތް

30 July 2017

ތި ހާދިސާ ހިނގި ފަހުން އަހަރުން ކައިރި ތިވާހަކަ ދައްކާފައި ވޭ!!! އެ މީހަކު ބުނެފައިވާ ގޮތުން އޭނަ ވެސް އެތާ ހުރިން ކަމަށް. މައްސަލަ ބެލުމަކީ ހުރިހައިމެންގެ ޒިންމާއެއް...

The name is already taken The name is available. Register?

ޗަބޫ

30 July 2017

މަހީކުރީ އަންހެން ކުޖެއްކަމައް

The name is already taken The name is available. Register?

ބީދަ

30 July 2017

ލައްކަ ވާހަކަ އެބަހުރި އެކަމަކު ކިޔާކަށް ނެތިން.. ވަރަށް ސަލާމް

The name is already taken The name is available. Register?

އަޝްރަފް

30 July 2017

އުމަރަށް އެކަނި މިކުދިންގެ ފައިގަ ޓެގު އަޅުވަން ކެރުނީވެސް. މޫނަށް ކަނދުރާޔަށް ބެލުމެއްނެތި ޓެގު އަޅުވަމުން ދަނިކޮށް އެޅުވުނީ އަޅުވަން ނުވާ ކުއްޖެއްގެ ފައިގަ. އެހިސާބުން އުމަރަށްވެސް ޖެހުނީ އިސްތިއުފާ ދޭން. ދެންކިހިނެތް މިކަންކަން ރަނގަޅުކުރާނީ!

The name is already taken The name is available. Register?

ތުއްޕުޅު

30 July 2017

އުމަރަކަށްވެސް ހަމަހުރެފަ މީހެއްގެ ގައިގާ ޓެގް އެޅުވުމުގެ ހައްގެއް ނޯންނާނެ. މާދަމާވެސް "އުމަރަކަށް" ފެނިގެން އަޝްރަފްގެ ފައިގައި ޓެގް އެޅުވީމާ ކީކޭ ބުނާނީ؟

The name is already taken The name is available. Register?

އިސްމާއިލް

30 July 2017

ސަޅިއެއްނު!

The name is already taken The name is available. Register?

ޙުސޭނު

30 July 2017

ތިފަދަ މައްސަލަތަކުގައި މީހަކު ހައްޔަރު ކުރާކަށް މުޅި ދުނިޔޭގައި ވެސް އެންމެ އެޑްވާންސް ސިސްޓަމްތަކާއި ތަމްރީނު ގެންގުޅޭ ފުލުހުންނަކަށް ކުޅަދާނައެއް..އެއީ ތި ފަދަ މީހުން ޔާމީނާއި ދެކޮޅަށް އަޑުއުފުލާނޫޅޭތީ ތިމީހުން ކެޓަގަރައިޒް ކުރެވެނީ މުޖްތަމައަށް ފައިދާ ހުރި މީހުންގެ ގޮތުގައި.

The name is already taken The name is available. Register?

ކްރިޓިކަލް

30 July 2017

މި ގައުމުގެ ފުލުހުންނައް ނުވަންޔާ ސިފައިން ނެރެގެންވެސް މި މާލެ ގޭންގް ފްރީ ތަނަަކަށް ހަދަންވީނު.... ރައްޔިތުންނަކައް ރައްކާތެރިކަމެއް ނެތް... ފުލުހުންވެސް ތިބީ ޓު ޕްރޮޓެކްޓް އެން ސާރވް ޕޮލިޓިކަލް ލީޑާރސް....

The name is already taken The name is available. Register?

ހަޑިގިއްލާ

30 July 2017

ސިފައިންނަކީ މާރަނގު ބައެކޭތަ ތިޔަ ވިދާޅުވަނީ.....

The name is already taken The name is available. Register?

ދޫ

30 July 2017

ޕޮލިޓިކަލް ކޭސްތަކަކީ މައްޗަށްޖެހިލާންލިބޭ ފުރުޞަތެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454