31 ޖުލައި 2017 - 23:23
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފާހާނާއެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖިލީހުގެ މާދަމާގެ ޖަލްސާ ކެންސަލްކޮށްފި އެވެ.
މަޖިލީހުން މެންބަރުންނަށް ފޮނުވި މެސެޖެއްގައި ބުނީ އަލިފާނުގެ ހާދިސާއަށް ފަހު އާއްމު ހާލަތަކަށް ކަންކަން ގެނައުމަށާއި ކަމާ ގުޅޭ ގޮތުން އިތުރު ފިޔަވަޅުތައް އަޅަން ވަގުތު ބޭނުންވާތީ މާދަމާގެ ޖަލްސާ ނުބާއްވަން ނިންމާފައިވާ ކަމަށް ދަންނަވަން މަޖިލީހުގެ ރައީސް ވިދާޅުވި ކަމަށެވެ. އަދި ޖަލްސާއެއް ދެން އޮންނާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މިއަދު އިރު އޮއްސުނު ވަގުތު އަލިފާން ރޯވީ ފާހާނާއެއްގެ ތެރޭގައި ހުރި ޓީޝޫ އަޅާ އެއްޗެއްގަ އެވެ. މިއީ ކަރަންޓުގެ މައްސަލަޔަކުން ހިނގި ހާދިސާއެއް ނޫން ކަމަށް ސްޓެލްކޯއިން ބުނާ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
"ސުވާލު އުފެދޭ ގޮތަކަށް ރޯވެފައި ހުރީ. ރޯވުމުގެ ސަބަބުން މަޖިލީހުގެ ތެރެއަށް ދުން އަރައި، ކަޅު ދުން އޮތީ. އަދިވެސް ސާފެއް ނުކުރޭ،" މޫސަ ވިދާޅުވި އެވެ.
ނަމަވެސް މިއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް މޫސަ ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވެވޭނީ ފުލުހުންގެ ތަހުގީގަށް ފަހުގައި ކަމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ގަސްދުކޮށްފައިވާ ކަމެއް ކަމަށެވެ. އަދި މިއީ މަޖިލީހުގެ ޖަލްސާތައް ނުބާއްވަން ޖެހި މަޅިއެއްތޯ ސުވާލުކުރައްވާފައިވެ އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރުމަށް، އިދިކޮޅު މެންބަރުން ހުށަހަޅުއްވާފައިވާ މައްސަލަ އެޖެންޑާ ނުކުރާތީ އާއި މަޖިލީހުގެ ބައެއް މެންބަރުން ހައްޔަރުކޮށް، ޖަލްސާތަކަށް ހާޒިރުކޮށް ނުދޭތީ މަޖިލީހުގައި މިއަދުވެސް ވަނީ އިހުތިޖާޖުކޮށްފަ އެވެ. މަސީހް ރިޔާސަތުގައި ދެތިން މިނެޓަކު އިންނެވުމަށް ފުރުސަތު ހޯއްދެވީ ގިނަ އަދަދެއްގެ ސިފައިން މަޖިލީހުގެ ޗެމްބަރަށް ވައްދައި އިދިކޮޅު މެންބަރުން ދުރަށް ލައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޫނިރާއްޖެ
01 August 2017
މަޖިލީސް ދެން ހުޅުވާނީ ފާހާނާ ތަށިމުށި ޖަހާ ނިމިގެން. މިއީ ގައުމެއްތަ؟ ނޫނީ ކޮމެޑީ ސީރީސްއެއްތަ؟
ހަވަނަ ހިއްސު
01 August 2017
ކޮބާހޭ ސީސީޓީވީ ފުޓޭޖްތައް. ތީ ބޮޑުކުށެއް. ތިކަންކުރިބަޔަކު ސިފައިން ހޯދަން ޖެހޭނެ.
ނޫޑްލްސް ފޯސް
01 August 2017
ދަރުބާރު ގޭގައި ބާއްވާ. އަތް އުފުލައިގެން. ހަމަ ރަގަޅުވާނެ.
ހަޖަމް
01 August 2017
ރޭގަ ވަޅިހަރަިގެން މަރުވި ޒުވަަނާގެ ސަބަބުން 02 އޮގަސްޓް ވާ ބުދަ ދުވަހަކީ ސަރުކާރުބަންދު ދުވަހަކައް ހަދައި ދޭނަމަ......
ހައްޖަ
01 August 2017
ދިވެހި ފުލުހުނާއި ސިފައިން ނަކީ އަބަދުވެސް ވެރިކަމުގާ ހުންނަ މީހަކާ މަޖިލީސް ގެ ރައީސް އެކަނި ހިމާޔަތް ކުރާބައެއް. ސަބަބަކީ މި ދެބައި މީހުންނަށް މުސާރަ ދެނީ ރައީސްގެ އަމިއްލަ ޖީބުން ކަމަށްވާތީ، ތިޔަ ރޯކޮށްލި ތަނެއްވެސް ހަދަން އަހަރުމެން ދިވެހިން އަތުން އެކި ފާޑު ފާޑުގެ ނަންނަމުގަ ޓެކްސް ތައް ނަގައިގެން ހަދާނެތާ. މިޔޮތީވާ ގައުމެއް، ލަދުން ބޯހަލާކު
ކޮފީ ދައުވާ
01 August 2017
މީ އެއްކަލަ ކޮފީ އެޅީގެން ދައުވާ ކެންސަލް ވީކަހަލަ ކަމެއްދޯ..
އަހުމަދު
01 August 2017
މުޅިމަޖލިލީހުގެ ވަށައިގެން ސިފައިން ތިއްބަ ތިކަލަ ކަމެއް އެމީހުން ނަށް ނޭގި ކުރެވިދާނެހެއްޔެވެ؟
މުހައްމަދު
01 August 2017
ތިގޮތަށް ކިހާދުވަހަކުތޯ ގެންދެވޭނީ. ހެއް ހެއް ހެއް ސާބަސް ރައީސް.......
ސީރިޔަސްލީ؟
01 August 2017
މިއިން ޒަމާނަކުވެސް ނުހިނގާ ކަމެއް މިކަހަލަ ދަނޑިވަޅަކާއި ދިމަކޮށް ހިނގީމާ ހަނދާނަށް އަންނަނީ އެއްކަލަ ޢުމްރާއިން އައި ރައީސް މީހާ ލޯންޗު ސީޓު ދަށަށް ފަޓާސް ގޮއްވި ދުވަސް.
ދުވަސް
01 August 2017
މަޖުލީހުގެ މެމްބަރުންނަށް. ތިބާމެންގެ ނިމުން އަންނާނެ ދުވަހެއްވާކަން ހަނދުމަފުޅު އެބަހުރިތޯއެވެ. އެ ދުވަހުގެ ބިރުވެރިކަމާއެވެ.