އަރީފް: އޭނާގެ ޕާސްޕޯޓް އެއް މަސް ދުވަހަށް ވަނީ ހިފަހައްޓާފައި.
02 އޯގަސްޓް 2017 - 20:19
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ މެމްބަރު ހުސައިން އަރީފް ފިއްލަވައިގެ ސްރީ ލަންކާ އަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ބުނެ އޭނާގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިއަދު ހިފަހައްޓައިފި އެވެ.
އެ ކޯޓުން ނެރުނު އަމުރުގައި ބުނީ އަރީފްގެ ޕާސްޕޯޓް ހިފެހެއްޓީ މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅައި ސިފައިންނާ މެދު މަޖިލީހުގެ މެމްބަރުންތަކެއް މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ކަމަށެވެ.
އަރީފްގެ ޕާސްޕޯޓް ހިފެހެއްޓީ، ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ނެރުއްވި އަމުރުގައިވާ ގޮތުން އެއް މަސް ދުވަހަށެވެ. އޭނާގެ ޕާސްޕޯޓް ހިފަހެއްޓި އިރު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ހަރަކާތުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ތަރުޖަމާން އަހުމަދު މަހްލޫފްގެ ޕާސްޕޯޓް ވެސް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިއަދު ވަނީ ހިފަހައްޓައިފި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، އިދިކޮޅު ބައެއް މެމްބަރުން ފުލުސް އޮފީހަށް ހާޒިރުކޮށް، އަދި ބައެއް ބޭފުޅުންގެ ޝަރީއަތް ދަނީ ހިންގަމުންނެވެ. ބައެއް މެމްބަރުން ތިއްބެވީ ޖަލުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލިރަވާ މޮހަދޭ
03 August 2017
އަހަންނަށްފެނޭ ހުރިހާއިދިކޮޅުމެންބަރުން ބޮޑުޗޭނެއްގަ ޖަހާ ގެންގޮސް ސިފައިންގެ ފާރަށް ކޮޅުލާފަބާއްވަން ދެން ދަމަކުން ކާއެތިކޮޅެއް އަނގަފޯރާ ހިސާބަށް އެޅީމަ ނިމުނީ. މިގައުމަށް ދިމާވެގެން މިއުޅޭ މުސީބާތަކީ މިވެރިންވިއްޔާ. ރަށުތެރޭ ހިންގާ މާރާމާރީއެއް ފަސާދައެއް ކޮންމެހެން ބަލާނެކަމެއްނެތް. ދެން އިތުރު ކަމެއްކުރަންޏާ މަޖީދީމަގުން ކުނޫޒޭ ކިޔާތަކަށް ދާން ހުރަސް ކުރާ ކަންމަތި އަބަދުވެސް މަގުހެދުމުގައި ބާއްވަންވީ.
އުމަރު
03 August 2017
ޕާސްޕޯޓް ހިފެހެއްޓުމަކީ ކަނޑައެޅިގެން އެމީހެއްގެ އަސާސީ ހައްޤުތަކަށް އަރައިގަތުން، ދެން ވީހާވެސް އަވަހަށް ޤާނޫނު ފާސްކުރަންވީ ކޯޓްތަކުން ބަންދުގެ އަމުރު ނެރެން އޮންނަ އޮތުން ހިފެހެއްޓުން، އަދި ޕާސްޕޯޓެއް ހިފެހެއްޓޭ ޤާނޫނީ ބާރުވެސް ބަދަލުކުރުން، މިހާރު އެބައެނގޭ ކޯޓުގެ ފަނޑިޔާރަކަށް ބަންދު ޗިޓް އިޝޫކުރުމުގެ އަމުރު އެއްގޮތަކަށްވެސް ދީގެން ނުވާނެކަން
ރަދީފް
03 August 2017
އެންމެ މަޖާކޮށް ސްޕީޗް ދެއްވާ މަޖްލިސް މެމްބަރު. ހިތްވަރުކުރައްވާތި އަރީފް.
ޕްރިންސެސް
03 August 2017
ޔާމީނޫ....ރައީސުންނާއި މަޖްލީހުގެ މެމްބަރުން ހޮވަނީ ރައްޔިތުން ވޯޓު ދީގެން....އެކަން ތިބޭފުޅާ ހަނދާންހުރިހެން ވ ހީނުވޭ....ވޯޓުލާ ދުވަހަކަށް އަހަރުމެން އިންތިޒާރު އެބަކުރަން....ތިބޭފުޅާއާއި ދ.ފެކްޝަނުން ނިކުންނަ އެކަކަށްވެސް ދޭނެ ވޯޓެއް ނެތް....ތިވަރުގެ އަނިޔާވެރި ސަރުކާރެއް ދިވެހިރައްޔިތުން އަދި ތަޖުރިބާ ނުކުރާނެކަން ޔަޤީން...
ނޮޅިވަރަމް ދަރިން
03 August 2017
އަހަރެމެން ފަޚްރުވެރިވަން އެމްޕީ ހުސައިން އަރީފަށް! ސާބަސް! ހިއްވަރުކުރައްވާތި، މާލޭގައި ކައިރީގަ ނެތަސް މުޅި ރަށް މިއޮތީ އެމްޕީ އަރީފާއެކީ. ޔާމީން ނަމަނަމަ 2018 ގައި ވޯޓް ހޯދަން މިރަށް ނާންނާތި، ވައުދުު ނުފުއްދޭ ރައީސް!!!
ޅޮސް އުދޯލި
03 August 2017
އެމްޕީ އަރީފްގެ މައްޗަށް މާރާމާރީގެ ތުހުމަތު ކުރެވެންޏާ، ސިފައިންގެ އޮފިސަރަށްވެސް ކުރެވެން ޖެހޭނެ. ލޮލަށް ފެނުނު މަންޒަރުތަކަށް ބަލާފަ މިބުނީ. ދެން ގޮއްނިންމާނީ ރެހެންދިކަމަނާ!!!
ރޮކެޓް ސައިންސް
02 August 2017
މިސަރުކާރު ބަނޑުހައި ވީމަ ސިޔާސީ މީހުން ޖަލަށްލާ ޕާސްޕޯޓް އިން ރިހަކައްކާ ކައިހަދައެވެ.
ގެއްލިއްޖެދޯ
02 August 2017
އެމްޕީ ކަން ގެއްލިއްޖެ. އެމްޕީ ކަން ނުގެއްލޭ. އެމްޕީ ކަން ގެއްލިއްޖެ. އެމްޕީ ކަން ނުގެއްލޭ. އެމްޕީ ކަން ގެއްލިއްޖެ ހާއްހަހަހާހާހާޙާ ހާއްހަހަހަހާހާހާޙާ..
އަލީ
02 August 2017
މާރާމާރީއޭ؟ ދެން ތަންފުކެއް ބޮޑުވަރު އިގޭ މިއީ. ވޯޓުހޯދަން އަންނަދުވަހުން ވަރަށް ރީއްޗައް މިކަންކަމުގެ ބަދަލު ދޭނަން.