އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މުޒާހަރާއެއް ކޮންޓްރޯލު ކުރުމަށް ފުލުހުންތަކެއް ސަފު ހަދައިގެން
09 ޖެނުއަރީ 2023 - 11:00
އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުރި މުޒާހަރާއިން ހައްޔަރުކުރި ބައެއް މީހުން ބަންދުން ދޫކޮށްލި އިރު ކޯޓުން ކުރި ޝަރުތުތަކުގެ ތެރޭގައި ރޭގަނޑު ގެއިން ނުކުތުން މަނާކޮށްފައި ވާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޖަލަށްލާފައިވާ އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅުން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންދާއިރު، އެ އެއްވުންތަކުން ދެ ހަފްތާގެ ތެރޭގައި 100 އެއްހާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު "މިހާރު" އަށް ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ މުޒާހަރާއިން ގެންދިޔަ މީހުންގެ ތެރެއިން ތިން މީހަކު ކޯޓުން ދޫކޮށްލާފައި ވަނީ ރޭގަނޑު ގެއިން ބޭރަށް ނުނިކުތުމަށް ޝަތުރުކޮށްފައި ކަމަށެވެ.
އެގޮތަށް ޝަރުތުކޮށްފައި ދޫކޮށްލީ ޗެނަލް13ގެ ނޫސްވެރިޔާ، މުހައްްމަދު ސަމާހު، ޕީޕީއެމްގެ ޔޫތު މެމްބަރު އައިޝަތު ނުހާ، އަދި އެ ޕާޓީގެ ސެނެޓަރު އަމާނީ މުހައްމަދެވެ.
ހީނާ ވިދާޅުވި ގޮތުގައި ސަމާހުއަށް ޝަރުތުކޮށްފައި ވަނީ 30 ދުވަސް ވަންދެން ރޭގަނޑު 6:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުނުކުތުމަށެވެ. އަދި ނުހާ އާއި އަމާނީ 60 ދުވަސްވަން ދެން ރޭގަނޑު 6:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުނިކުތުމަށް ޝަރުތުކޮށްފައިވެ އެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ސުލްހަވެރި އެއްވުމެއްގެ ތެރެއިން މިގޮތަށް ހައްޔަރުކޮށް މިފަދަ އަދަބެއް ދެވެނީ،" ހީނާ ވިދާޅުވި އެވެ.
އިދިކޮޅުގެ މުޒާހަރާތަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ގިނަ މީހުން ހައްޔަރުނުކޮށް ދޫކޮށްލަ އެވެ. އެކަމަކު، މީގެ ކުރިން މުޒާހަރާއަކުން ހައްޔަރު ކުރި ދެ މީހަކު 15 ދުވަހަށް ބަންދުކޮށްފައިވެ އެވެ. އެ ދެ މީހުން އަދިވެސް ތިބީ ބަންދުގަ އެވެ.
🚨ޑިސެމްބަރު 25ން 8 ޖެނުއަރީއަށް މުޒާހަރާތަކުން
— Heena Waleed 🇲🇻 (@HeenaWaleed) January 9, 2023
- 100 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފި
- 2 މީހުންނަށް 15 ދުވަސް މުއްދަތު ޖަހައިފި
- އެކަކު 30 ދުވަހަށް ގޭ ބަންދު (6ން 6ކަށް)
- 2 މީހުން 60 ދުވަހަށް ގޭބަންދު (6ން 6ކަށް)
- އުމުރުން ދުވަސްވީ އަންނެހުން ދަމާ ކޫއްތާ އަނިޔާކުރަނީ 1 pic.twitter.com/4CubXwpZQD
ހީނާ ވިދާޅުވީ، ފުލުހުން މިހާރު މުޒާހަރާތަކުން މީހުން ހައްޔަރު ކުރަނީ ފުލުހުންގެ ގާނޫނުގެ ދަށުން އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ކަމަށެވެ. މުޒާހަރާތަކުގެ ތެރެއިން އިންޒާރެއް ނެތި، އުމުރުން ދުވަސްވީ މީހުން ވެސް ހައްޔަރު ކުރާއިރު، އެ މީހުންނަށް އަނިޔާ ކުރާ ކަމުގެ ޝަކުވާ ވެސް ލިބޭ ކަމަށް ހީނާ ވިދާޅުވި އެވެ. އަދި ފިރިހެން ފުލުހުން އަންހެނުން ގައިގައި އަތްލައި ހައްޔަރު ކުރަން އުޅޭ ކަމަށް ވިދާޅުވި އެވެ.
އެ ކަންބޮޑުވުންތައް ފުލުހުންގެ އިންޓެގްރިޓީ ކޮމިޝަނާ ހިއްސާކުރަން މިއަދު އެ ކޮމިޝަނާ ބައްދަލުކުރާނެ ކަމަށް ހީނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި މައްސަލަ ކަމާ ގުޅޭ އެހެން މުއައްސަސާތަކަށް ވެސް ހުށަހަޅާނެ ކަމަށެވެ.
މީގެ ކުރިން އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އިރު އޭރުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތަކުން ހައްޔަރު ކުރި ބައެއް މީހުން ބަންދުން ދޫކޮށްލި އިރު ކޯޓުން ކުރި ޝަރުތުތަކުގެ ތެރޭގައި ވަކި މުޒާހަރާތަކުގައި ބައިވެރިވުން ވަކި މުއްދަތަކަށް މަނާކުރުމާއި ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުކުތުން މަނާކުރުން ހިމެނެ އެވެ. އޭރު އެމްޑީޕީން ވެސް މި ފަދަ ޝަރުތުތަކާ ދެކޮޅަށް ވަނީ ވާހަކަ ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ކު
09 January 2023
ގާނޫނާ ޙިލާފު ޝަރުތު ތިގޮތަކައް ނުކުރެވޭނެ،
ބަލިހަނދާން
09 January 2023
ރ.ޔ ވެރިކަން ކުރިއިރު ސިޔާސީ މީހުން ޖަލަށްލެވުމާއެކު މުޒާހަރާ ކުރަން ނުކުތުމުން ވިދާޅުވީ، ހުކުން ކުރީ ކޯޓުންނޭ. ތިމާގެ މަޢްޞޫމުކަން ސާބިތު ކުރުމަށް ކޯޓަށް ވަޑައި ގަންނަވާށޭ. ޝުޢޫރު ފާޅުކުރަންޏާ ކުރެވޭނީ ހަމައެކަނީ ކާނިވަލް ސަރަހައްދުގެ އެތެރޭގައެވެ. ކޯޓުން ޙުކުން ކުރުމުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރިއަކަސް ކޯޓުތަކަށް ހީނުވާނެ ކަހަރަވަކެއްހެން ވެސް. ކޯޓަށް ގޮސް އިސްތިޢުނާފުކޮށް، ކެތްތެރިވެ ތިބޭ ޙުކުން ބަދަލުވޭތޯ.
ހަނދާނާ
09 January 2023
ކޯޓުތަކަށް ދާންވީ ކަމާބެހޭ މީހުން ދާނެ ކޯޓުތަކަށް. މަގުތަކަށް ނިކުމެ މުޒާހަރާ ކުރާހިތްވާ މީހުން ނިކުންނާނެ މަގުތަކަށް. ކޮންމެހެން އެންމެ ކަމެއް ކުރާކަށް ނޯވޭ. މިހާރު މުޒާހަރާ ކުރަން ބަޔަކު ނިކުތީމަ އެ އިމްތިހާނުވަނީ މިހާރުގެ ސަރުކާރު. އޭރު ބޭއިންސާފުން ކަންކުރި ސަރުކާރަށްވުރެ ރަގަޅަށް ކަންކުރެވޭކަން މިސަރުކާރަށް ދައްކަން ކެރޭނެބާ. އޭރު ގޯސްކޮށް ހިނގިހާ ކަންކަން މިހާރު ރަގަޅަށް ކުރަން ކެރޭނެބާ.
ތޮފިއެޅި މީހާ
09 January 2023
ކަންބޮނޑްވެފަ ތިބޭ. ރަގަޅަށް އެހެދީ. ތީ މިހާރު ބޮނޑް ދުއްފާނަކަށް ވެެއްޖެ ރޭވެސް 2ގަޑީއިރުވި ތިކަމަކާ ހުރެ ގެއަށްނުދެވިފަ. ކުޑަކުދިން ރޮނީ ކަލޭމެން ހަޅޭފަޅޭ ޖަހާވަރުން
1828
09 January 2023
ދެން ނެތް ހަދާލާކަށް އިތުރު ދޮގެއް؟
ޖޯން
09 January 2023
މުޒާހަރާއަށް ނިކުންނަ އެއްމެންނަށް ތި އަދަބު ދޭށްވީ
ޓެކުސީ ޑްރައިވަރ
09 January 2023
ކޮންކަހަލަ ސުލުހަވެރި އެއްވުމެއް ތީ. ހިގާ މީހުންނަށާ ދުއްވާ އެއްޗެއްސަން ކޮންމެ ރެޔަކު ތިޔަ ހުރަސްއަޅަނީ. ކާންބޯން ކުރާމަސައްކަތައް ހުރަސް ތިއަޅަނީ. މުޒާހަރާ ކޮށްބަލަ ކާނިވާ ތެރޭ އަހަރަމެން އެއްޗެއް ނުބުނާނަށް..
އާވަސް
09 January 2023
އެއްވަން އަމިއްލަ އަށަ ކަޑަ އެޅި ތާންގަ އެއްވާނަމަ ރަގަޅު.
ެއަޑު
09 January 2023
ރ.ޔާމީން ވިދާޅުވީ އެއްވާންބޭނުމިއްޔާ މައްކާއައް ދާށޭ ބަސްނާހާ މާލޭމަގުމަތީ އެއްވަންޏާ ހައްޔަރުވެސްކުރާނެ
ބުންޏަކަސް
09 January 2023
ޔާމީން އެހެން ބުންޏަކަސް މިސަރުކާރު އައި ފަހުން މީހަކަށް ހައްޖަކަށް އުމްރާއަކަށް ދެވޭ ވަރެއް ނޫން. އަގުތައް ހުރީ އަތްނުފޯރާފަށުގަ. ހައްޖު ކޯޓާ ލިބެނީ ސަރުކާރުން ބޭނުން ބަޔަކަށް ރިޒާވްކޮށްފަ ބަހަން ބާކީވާ އެތިކޮޅުން އާއްމު ރައްޔިތުންގެ ހައެއްކަ މީހުންނަށް. ޔާމީން ބުނާ ގޮތްވެސް ހެދޭނީ އެކަން ކުރެވޭނެ ގޮތް ތަނަވަސްކޮށްދިނީމަ. ތިހެން ޔާމީނު ބުންޏޭ މިހެންނޭ އެހެންނޭ ކިޔަކަސް އަދި ނުވާނެ.
ސަސ
09 January 2023
ޔާމީނު ދޫކުރާށޭ ކިޔާފަ މުޒާހަރާކުރާ އާންމުން އެކުރަނީ ބޭކާރުކަމެއް. ޔާމިނު ފަރާތުން މާލީ މަންފާލިބުނު މީހުން ތިބޭނީ ގޭގަ.
ކޮމިއުނިސްޓު
09 January 2023
ޑިމޮކްރަސީގަ ކުރެވޭ ކަންކަން ކުރިޔަނުދީ ހިފަހައްޓުމަކީ ޑިމޮކްރަސީ ދީނުގަ ކުށެއް.
އަހްމަދް
09 January 2023
މީހަކު ހޭބައްޔެއް ނުވާނެތަ؟ އަމިއްލައަށޭ ޤާނޫނު ހެދީ 10 ދުވަސްކުރިން ހުއްދަ ނަގައިގެން ހަމައެކަނި ކާނިވާ ސަރަހައްދައް އެއްވެވޭ ގޮތައް.