ޕީޕީއެމް އޮފީސް ކައިރީގައި ހުންނަވައި، އަބްދުއްރަހީމް އަބްދުﷲ މިދިޔަ ހުކުރު ދުވަހު ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
30 އޯގަސްޓް 2020 - 14:41
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިދިޔަ ހުކުރު ދުވަހުގެ ހަވީރު މާލޭގައި ބޭއްވި އެއްވުމާ ގުޅިގެން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
ގައިދުރުކުރުމުގެ އުސޫލުތަކާ ޚިލާފަށް ބޭއްވި އެއްވުމާ ގުޅިގެން، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދުރޭ ފުލުހަށް ހާޒިރުވާން ޖެހެނީ މާދަމާ ހެނދުނު 10:00 އަށެވެ.
"ރާއްޖެ ވިއްކާލުމާ ދެކޮޅަށް" ނަމުގައި، އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި ސައިކަލްބުރާއި އެއްވުމުގައި، ބައެއް މީހުން ތިބީ މާސްކު ނާޅަ އެވެ. ޚާއްސަކޮށް ސައިކަލް ބުރުގައި ގައިދުރުކުރަން އެއްވެސް ވަރަކަށް ސަމާލުކަން ދީފައިވާ ތަނެއް ނުފެނެ އެވެ.
މާލެ ސަރަހައްދުގައި، ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން ދާއިރު، މާސްކު ނާޅައި ބޭރަށް ނުކުމެ އުޅުން ސަރުކާރުން ވަނީ މަނާކޮށްފަ އެވެ. އަދި ފަސް މީހުންނަށް ވުރެ ގިނައިން ގްރޫޕް ހަދައިގެން އުޅުން ވެސް މަނަ އެވެ. ނަމަވެސް އިދިކޮޅު ހަރަކާތް ބޭއްވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އުސޫލުތަކާ ހިލާފަށް ކަމަަށާއި އެހެންވެ މައްސަލަ ބަލައި، އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
އެ އެއްވުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ވަހީދާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވެސް ފުލުހަށް ހާޒިރުވާން އަންގާފައި ވެ އެވެ. އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ވަހީދު ފުލުސް އޮފީހަށް ހާޒިރުވާން ޖެހެނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރަށެވެ. އެގޮތަށް އެމަނިކުފާނަށް ފުލުހުން އެންގީ، ވަހީދު ދިރިއުޅުއްވާ ގެކޮޅަށް ފުލުހުންގެ ޓީމެއް މިއަދު ގޮސްގެންނެވެ.
ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއު ހާޒިރުވާން އަންގާފައިވަނީ މިރޭ 7:00 އަށެވެ.
އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ފުލުހަށް ހާޒިރުކުރުމުގެ މައްސަލައާ ގުޅިގެން އަދުރޭ ރޭ ވިދާޅުވީ ލީޑަޝިޕަށް ބިރު ދެއްކި ނަމަވެސް ކޯލިޝަންގެ ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރަން އެ ބޭފުޅުން ނުކުންނެވީ މި ސަރުކާރުގެ އަނިޔާވެރިކަން އެނގިވަޑައިގެން ތިއްބަވައިގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނު ހުންނަ މީހާ
30 August 2020
ފުލުހަށްހާޒިރުކުރުމަކުން ނުފުދޭ ތިފަދަ ގައުމަށް ގައްދާރުވެފަ އަދި ގައްދާރުވަމުންދާ މީހުންނަށް ހަރުކަށި ފިޔަވަޅުތައްއަޅާ ތޭރިތަކުގެ ތެރެއަށް ކޮށްޕާލާ.
ކެރޯން
30 August 2020
ހިންގިފަ ހުރި ޖަރީމާތައް މަދުވެގެން ތެޅިބާލާ މީހެއް ، މިގައުމު ނޫނީ ވައްކަންކުރާމީހުން ދައުލަތުގެ ފައިސާ ވަގަށް ނެގީމަވެސް ދޫވެފަ ތިބޭމީހުން މިގައުމުނޫނީ ނެދެކެން.
ތޫ
30 August 2020
ފުނަދޫވެސް އަދުރޭއަށް ބުނީ ނޫނެކޭ. ލަދެއް ނުގަނެއެ. ގައުމްފަސާދަ ކުރަށް ނުކުންނާކަށް
ރަށްއިތުމީހާ
30 August 2020
ޔާމިން ސަލާމަތް ކުރާށޭ ކިޔާގެން ފީފީއެމް ފީއެންސީ އަދުރޭ މެން ސައީދު މެން ދެތިބި ބަޔަކުވެސް އުޅެނި މީޑިޔާގެ ސަމާލުކަން ހޯދައިގެން މަސްހޫރުވާން. ހުރިހާވެސް ބޭނުމަކީ 2023 ގެ ރިޔާސީ ކެންޓިޑޭޓްކަން ހޯދުން. މި މީހުންނަށް އެގޭ ޔާމިނު ސަލާމަތް ނުވާނެ ކަން އަދި މި މީހުން ބޭނުން ވަނީ ވެސް އެގޮތް..
ުވައިސޫރި
30 August 2020
ތިކަލޭގެ ގެންގޮސް ޓިނުގޮޅިއަކައްލާ
މޯޑޭ
30 August 2020
އަދުރޭ ފުލުހަށް ގެންދަށް ލަސްވެސް ވެއްޖެ. ވެރިންނާއި ރަށްއިތުން ޖެހޭގޮތަށް ދޮގުމައުލޫމާތު ފަތުރަނި. އަވަށްޓެރި ގައުމްތަކާ ޖެހޭގޮތަށް ދޮގު މައުލޫމާތު ތަކުރާރުކޮށް ފަތުރަނި. މީނަ ހަށްޔަރުކޮށްފަ ބަހަށްޓާ ގައުމީސަލާމަތަށް ހުރި ބިރެއް ތީ.
ރަދީފްއޮފިޝިއަލް
30 August 2020
މިނޫން ސަގާފަތެއް މިތާ އެބައޮތްތަ؟ ކޮންމެ ބަޔަކު ކުރިޔަސް ގޯސްވާނީ ގޯހަށް.
އެއްކަލަ
30 August 2020
އަވައްޓެރި ގައުމުތަކާ ޖެހޭ ގޮތަށް ދޮގު މައުލޫމާތު އަދުރޭ އެކަންޏެއްނޫން ފަތުރަނީކީ. އިންޑިއާއާ ޗައިނާއާ ދެމެދު ހަނގުރާމަ ފެށޭވަރުގެ ވާހަކަ އެންމެ ގިނައިން ދައްކަނީ މިގައުމުގެ އެއްބާރުގެ ވެރިއާ. އެހާ ފާޅުކަން ބޮޑުކޮށް އެކަންކުރާއިރު އަޅާނުލާ ތިބެނީ ތިމަންނަގެ ސަރުކާރުވީމަ ކަލޭމެންނާ ޕީޕީއާ މާބޮޑު ތަފާތެއް ހުރިހެނެއް ހިއެއްނުވޭ. އަދުރޭ ގޮޅިއަށް ލެވިދާނެ. ދެންހުރި މީހާ ބުނާ އެއްޗަކަށް އަތްޖަހަން ތިހެން ތިބެންޖެހޭނީ.
ހުސެނ
30 August 2020
ތީ ހަމަ ހިފާ ހައްޔަރު ކުރަންވެފަ ހުރި މީހެއް ... ގާނޫނު ތަކާ ގަވައިދުތަކުގެ ތެރެއިން އެކަން ކުރެވޭނެ ވަރަށް ފަސޭހައިން