އިންސާނެއްގެ ކާނާ އަކީ ކަރަންޓޭ ބުނެފި ނަމަ ގަބޫލު ކުރެވޭނެ ހެއްޔެވެ؟ ގަބޫލުކުރަން ދަތިވިޔަސް އިންޑިއާގެ މުޒައްފަރުނަގަރް އަށް ނިސްބަތްވާ ނަރޭޝް ކުމާރް، 42، ބުނަނީ އޭނާ ބަނޑުހައިވުމުން "ކަނީ ކަރަންޓް" ކަމަށެވެ.

މި އާދަޔާހިލާފު ކެއުމާ ބެހޭ ގޮތުން ނަރޭޝް ބުނީ "ކަރަންޓް ކެއުމަކީ" ގުދުރަތުން އޭނާ ދިން ހާއްސަ ހަދިޔާއެއްގެ ގޮތުގައި ގަބޫލު ކުރާ ކަމަށެވެ.

އޭނާ ކިޔައިދީފައިވާ ގޮތުގައި ކެއުމަކަށް ކަރަންޓު ވީ ކަރަންޓު ވަޔަރިންގެ މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި ކަރަންޓްގައި ޖެހުމުން އޭނާ އަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވެ، އެކަން ތަކުރާރުވުމުން އެއީ އޭނާ އަށް "ކަލާނގެ ދެއްވި ހާއްސަ ހަދިޔާއެއް" ގެ ގޮތުގައި ގަބޫލު ކުރެވުނު ހިސާބުން ކަމަށެވެ.

އިންސާނަކު ކަރަންޓްގައި ޖެހިއްޖެ ނަމަ، ކަރަންޓް ޝޮކާ އެކު، ބައެއް ހާލަތްތަކުގައި ފުރާނަ ވެސް ހިނގައި ދާނެ އެވެެ. އެކަމަކު ކަރަންޓާއި ނަރޭޝްއާ ދެމެދު އޮތީ އެއަށް ވުރެ މާ ވަރުގަދަ، ބަދަހި އަދި ރައްކާތެރި ގުޅުމެކެވެ.

"ގޭގައި ކާނެ އެއްޗެއް ނެތިއްޔާ އަހަރެން މިހަރު ހަދާ ގޮތަކީ ކަރަންޓް ނަރެއްގެ ކޮޅު އަނގަޔަށް ލަނީ. ދެން އިސާހިތަކު ބަނޑުހައިކަން ފިލައިފާނެ،" ކަވާ އޭޝިއާ ޕްރެސް އަށް ނަރޭޝް ބުންޏެވެ. "އެހެންވެ ކަރަންޓަކީ އަހަރެންގެ ކޮއްތު. އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެންގެ ހަށިގަނޑުގެ އަށްޑިހަ ޕަސަންޓް ހަކަތައަކީ ކަރަންޓް."

ނަރޭޝްގެ އާދަހިލާފު އަނެއް ކަމަކީ ބޮކި ވެސް އޭނާ "ކާލާ" ކަރަންޓުން ދިއްލައިދޭ ކަމެވެ. އެގޮތުން އޭނާގެ އަނގައިގެ ތެެރަށް ބޮތްކެއް ގުޅާފައިވާ ނަރެއްލައިފި ނަމަ ކަރަންޓް އައިސް އެ ދިއްލެ އެވެ.

ނަރޭޝްގެ މި އާދަޔާހިލާފު ހުނަރާ ބެހޭ ގޮތުން އޭނާގެ އަންހެނުން ބުނީ އެންމެ ބޮޑު ބިރަކީ ގޭގައި އެއްވެސް ސްވިޗެއް ނުހުންނާތީ ދަރިއަކު ކަރަންޓްގައި ޖެހިދާނެތީ ކަމަށެވެ. އޭނާ ބުނި ގޮތުގައި ގޭގައި ކަރަންޓް ނަރުތައް ހުންނަނީ ހާމައަށް ފެންނަ ގޮތަށެވެ.

"އެއިން އެއްޗެއްގައި އަތްލިޔަސް ނަރޭޝް އަށް އެއްވެސް ގެއްލުމެއް ނުވޭ،" އޭނާގެ އަންހެނުން ބުންޏެވެ. "އެކަމަކު އަހަރެން ވަރަށް ބިރުގަނޭ،"

ނަރޭޝްގެ ހުނަރާ ދޭތެރޭ އޭނާގެ އަންހެނުން އުފާ ނުވިޔަސް، އޭނާގެ އާދަޔާހިލާފު ހުނަރު ފެނުމުން އެހެން މީހުން ކޮސްވެ އެވެ. އެހެންވެ އެކަމާ ނަރޭޝް ވަރަށް ހިތްހަމަޖެހެ އެވެ.

މީގެ ކުރިން އެމެރިކާ އިން ވެސް މިފަދަ މީހަކު ފެނިފައިވެ އެވެ. އެއީ "އިލެކްޓްރޯ-މޭން" ގެ ނަމުން މަޝްހޫރުވި ސްލެވިސާ ޕަޖިކް އެވެ.