ނޫސްވެރިންގެ ބައްދަލުވުމެއްގައި ޚަލީލް ވާހަކަ ދައްކަވަނީ: ހުންގަދަވެ، މިހާރު އޮތީ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައި.---މިހާރު ފައިލް ފޮޓޯ
20 އޯގަސްޓް 2017 - 21:28
ނިލަންދޫ ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް ހުންގަދަވެގެން މިއަދު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި އެވެ.
ޚަލީލްގެ ގާތް މީހަކު މިރޭ ބުނިގޮތުގައި ޚަލީލް އެޑްމިޓްކުރީ ހުން ވަަރަށް ގަދަވެ، ޕްރެޝަރު މައްޗަށް ގޮސްގެންނެވެ. ޚަލީލްގެ ސިއްހީ ހާލަތާ ގުޅޭ އިތުރު ތަފުސީލެއް އަދިއެއް ނުލިބެ އެވެ.
ޚަލީލް އެޑްމިޓް ކުރިއިރު، ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެ މެއަށް ކުއްލި ތަދެއް އަރައިގެން އިއްޔެ ރޭ ފަތިހު އައިޖީއެމްއެޗުގައި އެޑްމިޓް ކުރި އެވެ. އަދި ޓެސްޓުތަކެއް ހެދުމަށް ފަހު އޭނާ ވަނީ ރޭ ދޫކޮށްލައިފަ އެވެ.
އަބްދުއްރަހީމްގެ ހާލު މިހާރު ރަނގަޅު ކަމަށް ވެ އެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ހިތުގެ ބައްޔަށް ފަރުވާ ހޯއްދަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާފަރު ވިންޑްފާރމުން ބުނަނީ
22 August 2017
މަވެސް އިއްޔެ ބޮޑުކަމުދެވޭވަރުން މަރުކަޒުގަ އެޑްމިޓް ކުރި. މާދަން ނޫހުގަ މިވާހަކަ ޖަހާލަ ދެއްޗޭ.
ހަސަން އަލީ
21 August 2017
ހުން އައިސްދާނެ ރައީސަކަސް. މިކަމުގައި އިޚްލާސްތެރިކަމެއް ހުރިނަމަ، އަބުދުﷲ ޚަލީލްއަށް އަވަސް ޝިފާއަކަށް އެދެން.
ފޮނިކަލޯ
21 August 2017
މިވެރިން ނައް ﷲ ހެޔޮ ރަޙުމަތް މިންވަރުކުރައްވާށި ، އަދި ބައްޔަކީ މިދުނިޔޭގައި ވާއެއްޗެއްކަން ހަނދުމަކުރައްވާށި
ފެނާންޑޯ
21 August 2017
ރުމާލު 2 މިހާރު 2 ބަލި އެޑުމިޓްކޮށްފި
ނަތީޖާ
21 August 2017
މީނަމީ ދެން މާ މޮޅު މީހެކޯ ބުނެވޭ އެއްޗެއްގަ ހިފަހައްޓައގެން ހީވަނީ ދެން މާވަރުގަދަ މޮޅު މީހެއް ސުމެއްގެ މީހެއް
ހަލީލް
21 August 2017
އަސްލުވެސް
ސާފީޔާ
21 August 2017
ރީޔާސީ އީންތީޚާބު ކާރީވާވަރަކައް ބައެއްމީހުންނައް ހުންއައުމާއީ ތުރުތުރުލުމާއީ ބޭރަހީންގުންވެސް ޖެހޭ ދެއްތޯ..
ބަކުރު އެންޑް ޒުބޭރް
20 August 2017
ބޮޑުކަމެއް ލައިގަންނަން އުޅޭކަމުގެ އަލާމާތްތަކެއްބާ މިފެންނަނީ؟
ބޯގުޑިރާޖާ
20 August 2017
އިންސާނާއަށް ބާރު ދެއްވަނީވެސް އަދި އެ ބާރު ގެންދަވަނީވެސް އެ ނިކަމެތި އިންސާނާ ދުނިޔެއަށް ފޮނުއްވި ގަދަކީރިތިވަންތަ ﷲ އެވެ. އެކަން އިންސާނާ ދަންނަ ނަމަ ކިހާ ރަނގަޅުހެއްޔެވެ.
ގާސިމްބެ
20 August 2017
އަނެއްކާ މީނަވެސް ބަލިވީ؟؟؟؟؟ ހާސްނުވޭ!! ޕާސްޕޯޓުވެސް އޮތީ ތައްޔާރަށް!!! ބޯޓުވެސް ރެޑީ!!! އަވަހަށް ފުރަން ތައްޔާރުވޭ!!! މިއަދަކު މަނިކުފާނު މެނަކަށް ހުރަސް އަޅާނެ ބަޔަކު ނެތް!!! ބުލޫސް ކުދިންވެސް ހިމާޔަތް ދޭނެ
ޒަފާ
20 August 2017
ޕީޕީއެމްގެ މެމްބަރުންނަށް މިވަނީ ކިހިނެއް؟