ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޚަލީލް. - ފޮޓޯ: މިހާރު
21 އޯގަސްޓް 2017 - 16:37
ނިލަންދޫ ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު މިއަދު ދޫކޮށްލައިފި އެވެ.
ޚަލީލް އައިޖީއެމްއެޗްގައި އިއްޔެ އެޑްމިޓް ކުރީ ހުން ވަަރަށް ގަދަވެ، ޕްރެޝަރު މައްޗަށް ގޮސްގެންނެވެ.
ޚަލީލްގެ ގާތް މީހަކު މިއަދު ބުނި ގޮތުގައި އޭނާ ދޫކޮށްލީ ހޮސްޕިޓަލްގައި ބާއްވައިގެން ފަރުވާދެވޭ ވަރަށް ވުރެ، ހާލު ރަނގަޅު ކަމަށް ފެންނާތީ އެވެ. އަދި ސީރިއަސް އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ޚަލީލް އެޑްމިޓްކޮށްގެން އައިޖީއެމްއެޗްގައި ފަރުވާ ދިންއިރު، ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެ މެއަށް ކުއްލި ތަދެއް އަރައިގެން މިދިޔަ ހުކުރު ދުވަހުގެރޭ ފަތިހު އައިޖީއެމްއެޗުގައި އެޑްމިޓް ކުރި އެވެ. އަދި ޓެސްޓުތަކެއް ހެދުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އަބްދުއްރަހީމްގެ ހާލު މިހާރު ރަނގަޅު ކަމަށް ވެ އެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ހިތުގެ ބައްޔަށް ފަރުވާ ހޯއްދަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy