24 އޯގަސްޓް 2017 - 11:53
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި "ބިހުގެ ކުޅިވަރު" މެމްބަރުން ކުޅުއްވިއިރު، ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު ބިސް ކޮތަޅެއް ގެންގުޅުއްވާ ވީޑިއޯ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އާއްމު ކުރައްވައިފި އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި މަޖިލީހުގައި އައްސަދަށް ހާއްސަކުރައްވާފައިވާ ގޮނޑީގައި އޭނާ އިންނެވީ ބިސްކޮތަޅު މޭޒު ދޮށުގައި ބާއްވައިގެންނެވެ. އެ ބިސްކޮތަޅު މަހްލޫފް ވީޑިއޯ ކުރައްވަން ފެއްޓެވުމުން އައްސަދު ތެދުވެވަޑައިގަންނަވާއިރު، ވާތުގައި އޮތް ބިސްކޮތަޅު ރީއްޗަށް ފެނެ އެވެ.
މިއަދުގެ ޖަލްސާ ވެސް ފޭސްބުކްގައި ލައިވްކުރައްވަމުން ގޮސް މަހްލޫފް، އައްސަދުގެ ގާތަށް ވަޑައިގެންނެވިއިރު އޭނާ އިންނެވީ ގޮނޑީގައި ވަރަށް މަޑުން ހަމަޖެހިވަޑައިގެންނެވެ. ރަށުން ބޭރުގައި އުޅުއްވުމަށް ފަހު، ޖަލްސާ އަށް މިއަދު ވަޑައިގަތުމުން އައްސަދު ހުންނަވާނީ ވަރަށް ހަމަޖެހިފައި ކަަމަށް ވެސް މަހްލޫފް ވެސް ވިދާޅުވެ އެވެ.
އޭގެފަހުން އޭނާ އެދިވަޑައިގަތީ އައްސަދު ގެންގުޅުއްވި ބިސްކޮތަޅު ދެއްކެވުމަށެވެ. ބިސްކޮތަޅު ނުދެއްކެވުމުން، އައްސަދުގެ ވާތުގައި އޮތް ބިސްކޮތަޅާ ދިމާލަށް ފޯނު ދިއްކުރައްވައި "ފެނޭ ފެނޭ"އޭ ވިދާޅުވެ އެވެ. ބިސް ކޮތަޅާ އެކު އައްސަދު ގޮނޑިން ތެދުވެވަޑައިގަންނަވަނީ މަހްލޫފްގެ އުނދަގޫ ބޮޑުވެގެންނެވެ.
އައްސަދު ފޯނު ނުނަންގަވާތީ މިކަމުގައި އޭނާގެ ބަހެއް ނުލިބުނެވެ.
ރައްޔިތުންގެ މަޖިލިސް ތެރޭގައި ބިސް ޖަހާފައި. -- ފޮޓޯ: ރޮޒައިނާ އާދަމް/ޓްވިޓާ
މަހްލޫފް ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ބިސްކޮތަޅުތައް ވެއްދީ ޕީޕީއެމަށް ނިސްބަތްވާ މެމްބަރުން ކަަމަށެވެ. އަދި މަޖިލީހުގެ އެކި ތަންތަނަށް ބިސް ޖަހައި ހެދީ ވެސް އެ މެމްބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލިސް މިއަދު ފެށުމުގެ ކުރިން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިންނަވާ ގޮނޑި އަށް ވެސް ވަނީ ބިސް ޖަހައިފަ އެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ވިދާޅުވި ގޮތުގައި، އެއީ މަހްލޫފް ކުރެއްވި ކަމެކެވެ.
ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު.
އެކަމަކު މަހުލޫފު އެކަން ދޮގު ކުރެއްވަ އެވެ. އޭނާ ވިދާޅުވީ ބިސް ޖެހީ މަޖިލީހުގެ ނައިބު ރައީސް ހުޅު ހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު ކަމަށެވެ.
މަޖިލިސްގެ ޖަލްްސާ ނިމުނު ފަހުން ޗެމްބަރުގެ ބޭރުގައި ކޮރިޑޯގެ ބިންމަތީގައި ވެސް ބިހުގެ ތޮށިތައް ހުއްޓެވެ. މަޖިލީހުގެ ތަޅުންގަނޑަށް އުކާފައިވާ ބިސްތަކުގެ ލޮނދިގަނޑު މަތިން އިހަވަންދޫ ދާއިރާގެ މެމްބަރު މުހަންމަދު އަބްދުﷲ ވެއްޓުނު މަންޒަރު ވެސް ފޭސްބުކް ވީޑިއޯއަކުން ފެނެ އެވެ. އަދި ބައެއް ބޭފުޅުންގެ ހެދުމަށް ވެސް ބިސް ތެޅިފައި ހުއްޓެވެ.
ރައްޔިތުންގެ މަޖިލިސް ތެރޭގައި ބިސް ޖަހާފައި. -- ފޮޓޯ: ރޮޒައިނާ އާދަމް/ޓްވިޓާ
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ދުންމާރި އާއި ބިސް ކަހަލަ އެއްޗެހި މެމްބަރުން ވެއްދުން އޮންނަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިސް އައްސަދު
26 August 2017
ރައްޔިތުން އަތުން ބޮޑު މުސާރަ ނަގައިގެން 39 ޖަލްސާ އެޖެންޑާ ކޮށްފަ، އެންމެ 11 ޖަލްސާ ބާއްވަނީ މިވެރިން ބިހުގެ ކުޅިވަރު ކުޅެންހެއްޔެވެ. ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަން ވައުދުވެ މިފަދަ ގޮތަކަށް ހަރާންކޯރު ވާން ހެޔޮ ނުވާނެ.
765432
26 August 2017
ތިޔަތަނުގަ ތިބީ ގާނޫނު ހަދާބައެއްނޫން ތީފިލްމު ކުޅޭތަނެއް
މާލެފުޅު
25 August 2017
ވަކި ޕާޓީއެއް ބަލާނެ ކަމެއްނެތް އަހުލާގީ ގޮތުން ދައްފެންވަރުގެ އަމަލުތައް ކުރާ އެންމެން ބޭރު ކުރަންވީ.. ވަކި ވަރަކަށް ކިޔަވާފަ ތިބި މީހުނަށްނޫނީ ކުރި މަތިނުލެވޭ ގޮތަށް ހަދަން ވީ..
ޢާރސް ލޮހް
25 August 2017
ކޮބާތަ ބިސްކޮތަޅޭ
ވާނުވާ
25 August 2017
މީގައުމަށްޓަކައި ހުވާ ކޮއްގެން އަސް ރައްޔިތުންނަށް ދައްކާ ނަމޫނާ. މިފެންނަނީ.ި ޑިމޮކްރަސީގެ ސުންޕާކަން .
ބިސް އަލީ
25 August 2017
ކުށްވެރި ވާނީ ބިސްކޮތަޅު..
ހަން
24 August 2017
ޕީޕީއެމްގައި ތިބި ތައުލިމީ ގަދަރުވެރި ބައެއް މިހާރަކުނެތް! ހުސް ޖހލ ން ތިބީ ..... އަޅެ މިހާރު ދައްކަބަލަ މަޖީލީހުން އެއްވެސް ތައުލީމެއް ހުރި މީހެއް އެޕާޓީގަ ހުރިތޯ! އެމްޑީޕީ ގައިވެސް ހުރި އެންމެ ޑީގްރޭޑް މީހާ ރީކޯ ވެސް ގުޅިއްޖެ! ދެން ކިހިނެތްވާނީ
ސިރާޖު
24 August 2017
ތިޔަ އައްސަދު އެގޭމީހަކު އޭނަތިފަދަކަމެއްކުރީމަ ހައިރާނެއް ނުވާނެ ފުލެޓްތރޭގަ އުޅުނުސޮރެއް މިއަދު އިއްޒައްތެރި މެންބަރޯ ބޯހަލާކު.
އަސަދު
24 August 2017
ތި އައްސަދުގެ އަޑި ނޭންގޭ މީހަކު މަގައުމަކު ނުހުންނާނެ... އަހަރެމެން މިތިބެނީ ނޭންގޭ ކަމަށް ހެދިގެން... ބުނެލަން އޮތީ ހަރުބަހެއް... ދުވަހެއް އެބައާދެ
މަޖިލިސް
24 August 2017
ބިސްކޮތަޅު އެތާބޭއްވީ މަހުލޫފް. ވީޑިޔޯއިން އެކަން ވަރަށްސާފު.
ޙަސޫ
26 August 2017
މޮޔައިންނާ އެކުވާނީ މޮޔައިންދޯ. މަހުލޫފް އެތާ ބޭއްވީމަތަ ކޮތަޅު ހިފައިގެން އެ އިންނެވީ އެބޭފުޅާ