ގާސިމް މިއަދު ހޮސްޕިޓަލަށް ގެންދަނީ: އޭނާގެ ހިތުގެ ދެ ޓެސްޓެއް ހަދަންޖެހޭ ކަމަށް ޑޮކްޓަރު ބުނޭ --މިހާރު ފޮޓޯ/ހުސައިން ވަހީދު
24 އޯގަސްޓް 2017 - 17:05
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަވަހަށް ރާއްޖެއިން ބޭރަށް ގެންދަން އައިޖީއެމްއެޗުން މިއަދު އަންގައިފި އެވެ.
ގާސިމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމަކަށް ކޯޓުގައި މިއަދު ހުންނަވަނިކޮށް އަނބުރައިގެނެގެން ވެއްޓުމާ ގުޅިގެން އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައިވާ ގާސިމްގެ ސިއްހީ ހާލަތާ ގުޅިގެން އޭނާ ބެއްލެވި އަޖީއެމްއެޗްގެ ސީނިއާ ކޮޮންސަލްޓެންޓް އިން ކާޑިއޮލޮޖީ ޑޮކްޓަރު އަލީ ޝަފީގު ދެއްވާފައިވާ ލިޔުމުގައިވާ ގޮތުން ހިތުގެ ދެ ޓެސްޓެއް ހެދުމަށް ވީހާ ވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގާސިމް ގެންދަން ޖެހެ އެވެ.
އެ ޓެސްޓަކީ ރާއްޖެއިން ހެދެން ނެތް ޓެސްޓެއް ކަމަށާއި އިތުރަށް ލަސްކޮށްފި ނަމަ ގާސިމްގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް އައިޖީއެމްއެޗްގެ އަލީ ޝަފީގު ދެއްވާފައިވާ އެ ލިޔުމުގައިވެ އެވެ.
Hon Gasim advised to get urgent treatment abroad. "Further delay may results in life threatening arrhythmia". Courts must release PP now! pic.twitter.com/UoeyvF2tLu
— Hussain Shameem (@HuShameem) August 24, 2017
ގާސިމަށް ޑޮކްޓަރު ދެއްވި ލިޔުން
މީގެކުރިން ވެސް ގާސިމްގެ ހިތުގެ މައްސަލަތަކެއް ކުރިމަތިވެގެން ހޮސްޕިޓަލްގައި ދެ ފަހަރެއްގެ މަތިން އެޑްމިޓް ކުރި އެވެ. އޭރު ވެސް ގާސިމް ރާއްޖެއިން ބޭރަށް ގެންދަން މަސައްކަތް ކުރި އެވެ. އެކަމަކު ކޯޓުގައި މައްސަލަ އޮތުމުން ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީ ގާސިމް ބޭޭރަށް ގެންދެވޭ ގޮތެއް ނުވެ އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ދައުވާގެ މިއަދު ބާއްވަން އޮތީ ފަހު އަޑުއެހުމެވެ. އެކަމަކު ގާސިމް ހޮސްޕިޓަލަށް ގެންދަން ޖެހުމާ ގުޅިގެން އަޑުއެހުން ވަނީ މެދުކަނޑާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމާ
25 August 2017
ކޮބާ ހޮސްޕިޓަލް ތައްގަނޑު؟؟؟
ލަދުންހަލާކު
25 August 2017
ލުގުމާނެއް ހުންގާނެއް ކިޔާނެކަމެއްނެތް. ބަލިވީމާ ބޭސްފަރުވާ ކޮއްދޭ ގާސިމަށް ބޭސްފަރުވާކޮއްދޭނެ މީހެއް ނުވިއެއްނު.
ރުޅި
24 August 2017
ލުގުމާންގެ އާއިލާގެ މީހަކަށް މިފަދަގޮތަކަށް ދިމާވެއްޖެނަމަ ތިޔަހެން ބުނާނަންތަ?
ލުގުމާން
24 August 2017
ތިޔައީ މޮޅުގޮތެއް. މައްސަލަ ކޯޓުގައި ހިނގަމުން ދާކޮންމެ ވަގުތަކު ކޮންމެ މީހަކުވެސް ވީތިޔަހެން އަނބުރައި ގަނެގެން ވެއްޓެން. ހުވާކޮށްފައި މިބުނަނީ އަދައިގެ ރައްޔިތަކުނަމަ ކިތައްމެ ވަރަކަށް އަނބުރައިގެން ބިންމަށްޗަށް ވެއްޓުންސް އައިޖީއެމްއެޗުން ތިޔަގޮތަށް ލިއުމެއްނުދޭނެ. މީސްމީހުންގެ ސިކުނޑީގަޔާއި ސްޕައިނަލް ކޯޑުގައި ބޮޑެތި މައްސަލަ ޖެހިގެން ދިޔާމަވެސް ނުދޭ ސިޓީ. ބުނަނީ ރާއްޖެއިން ފަރުވާކުރެވޭނެކަމަށް. ނެތެއް ނޫންތޯ އެއްވެސް ތާކު އިނސާފް
ހަބީބު
24 August 2017
މިކަމުން ގާސިމުގެ ފުރާނަޔައް ނުރައްކާވެ ދުނިޔެ ދޫކޮއްިނަމަ މީހަކު މެރިކަމުގެ ދައުވާ ޔާމިނު މައްޗައް ކުރެވޭނެ
އެންމެގާތުން
24 August 2017
ހަގީގަތުގަވެސް ވަރައް ދެރަވެއްޖެ. ސަރުކާރުން ކިތަންމެބޮޑަށް ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިޔަސް ގާސިމް ބޭރައްދާން ހުއްދަ ދޭން ވާނެ. ގާސިމަކީ ކުއްވެރިއެއް ކަމަކަށް ގަބޫލެއް ނުކުރެވޭ. ފުރަން ހުއްދަދީ!
ރޮކް
24 August 2017
ގާސިމްއަށް އަވަސް ޝިފާއެއް ދެއްވާށި! އާމީން
ބަކުރު އެންޑް ޒުބޭރް
24 August 2017
ފަހުތަޅާލުންގަނޑުގާ ގާސިމަށް "ގޮތެއްވެއްޖިއަޔާ" ވަރަށް ސަކަރާތްވާނެ.
ދޫކޮށްލާ
24 August 2017
ހެޔޮނުވާނެ! އަޅުގަނޑު މި އެދެނީ ފުލުހުންގެ ފުލް ސެކިއުރިޓީއާއެކު ޤާސިމް ފަރުވާހޯއްދެވުމަށް ބޭރަށް ފުރުވާލަދެއްވުމަށެވެ. (އެއްކައުވަންތަ ކުޅަދުންވަންތަ ﷲގެ ޙަޟްރަތުން އަޅަމެން އަނިޔާވެރިންގެ ކިބައިން ސަލާމަތްކޮށްދެއްވުމަށް އެދި ދުޢާކުރަމެވެ. އާމީން)
1234
24 August 2017
ބޭސްފަރުވާގެ ހައްގު އެއްވެސް މީހަކަށް ނުހިފޭއްޓޭނެ. ކީއްތަވާނީ ގާސިމްއަށް އިމަޖެންސީ ޕާސްޕޯޓެއް ހައްދާދީފަ ފޮނުވިއްޔާ؟