ގާޒީ ބާރީ: ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލްތަކަށް އަމަލުކުރަން ބޭނުން ނުވާ ނަމަ ގާނޫނުތައް ހެދުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވި. -- ފޮޓޯ/ޑީޖޭއޭ
27 އޯގަސްޓް 2017 - 14:57
ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރަން ބޭނުން ނުވާ ނަމަ، އެ ހަދައި އާއްމުކުރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް އޭނާގެ ފޭސްބުކްގައި ތަފާތު ސްޓޭޓަސްތަކެއް ލިޔުއްވައިފި އެވެ.
ކްރިމިނަލް ކޯޓުން ކުއްލި ގޮތަކަށް ވަކިކޮށް، ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައިވާ ބާރީ އޭނާގެ ފޭސްބުކްގައި ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލްތަކަށް އަމަލުކުރަން ބޭނުން ނުވާ ނަމަ، ގާނޫނުތައް ހަދައި ގެޒެޓްކޮށް، ޝާއިކުރުމުގެ އެއްވެސް ބޭނުމެއް ކަމެއް ނެތް ކަަމަށެވެ. މީސްތަކުންނަށް އަނިޔާވެރިވާނެ ގޮތާއި މުދަލާއި ފައިސާ ފޭރޭނެ ގޮތް ބަޔަކު ކިޔައިދިނުމުން، އެ މީހުން އެދޭ ހުރިހާ ކަމެއް އެދޭ ގޮތަކަށް ކޮށްދޭ މީހާ އަށް ވުރެ އަނިޔާވެރި މީހެއް ހުންނާނެތޯ ވެސް ބާރީ ވަނީ ސުވާލު ކުރައްވައިފަ އެވެ.
ބާރީ މި ފާޑު ވިދާޅުވީ މިހާރު ކޯޓުތަކުގައި ހިނގަމުންދާ ސިޔާސީ މީހުންގެ ޝަރީއަތްތަކާ ގުޅިގެން ކަަމަށް ބެލެވެ އެވެ.
އޭގެ މިސާލު އޭނާ ޖައްސާފައި ވަނީ ސިންގާ އާއި ބަކަރީގެ ވާހަކަ އިންނެވެ.
"ސިންގާ ބޭނުން ވަނީ ބަކަރި ކާލަން ކަމަށް ވާނަމަ، ބަކަރި ކާލަން ނުޖެހޭ އެއްވެސް ސަބަބެއް، ބަކަރީގެ ފަރާތުން ސިންގާ އަކަށް ނުދެއްކޭނެ،" ބާރީ ވިދާޅުވެފައިވެ އެވެ.
މީގެ ކުރިން ވެސް ބާރީ ވަނީ ފޭސްބުކްގައި އާދަޔާ ޚިލާފު މެސެޖެއް ލިޔުއްވާފައިވެ އެވެ. އެ ފަހަރު އޭނާ ވިދާޅުވީ "ހަމަކަށަވަރުން އެބައި މީހުންނަކީ އަނިޔާވެރި ޖާހިލު ބައެއް" ކަމަށެވެ. އެއީ "ކޮން ބައެއް ކަމާއި އެ މީހުންގެ އަނިޔާވެރިކަމާއި ޖާހިލު ކަމުގެ ތަފްސީލު އަންނަނީ" ކަމަށް ވެސް ބާރީ ވިދާޅުވެފައިވެ އެވެ.
މި ސަރުކާރުގައި ސިޔާސީ ގިނަ ބޭފުޅުންތަކެއްގެ މައްސަލަ ބެއްލެވި ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އުފުލާފައިވާ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމާ އެކުގަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިތުރުން ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒު މުހްސިނަށް ވެސް ދިގު މުއްދަތުގެ ހުކުމެއް އިއްވީ ވެސް ބާރީ އެވެ. މި ހުކުމްތަކާ ގުޅިގެން ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން ބާރީ އަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނަސީރު
29 August 2017
ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ އަލީގައި ކަންކަންކުރަމުންގެންދާށޭ. އަބްދޯ ސައީދު ބުނާގޮތަށް ކަންތައް ކުރަން އެއްބަސްވެގެން އެގޮތަށް ކަންތައްކުރީމާ ވާގޮތް ހުރިހާ ފަނޑީޔަރުންނަށްވެސް ފެނޭ ނޫންތޯ. މަރްޔަމް ވަހީދަށް ހެދިގޮތް އިބްރަތަކަށް ނުވޭތޯއެވެ؟ ހައްގުބަސް ބުނާނީ ބުނަންޖެހޭ ވަގުތުގައެވެ. ވަގުތު ފާއިތުވީމާ ކުރެވޭނެ ކަމެއްނޯންނާނެއެވެ. ކާނަލް ނާޒިމް، ޝޭޚު އިމްރާނު، ގާސިމް، ރައީސް ނަޝީދު އެމްޕީ މަހުލޫފުފަދަ ބޭފުޅުން ޖަލަށްލެވިފައިވާގޮތާއި ޝަރީއްތަތައް ހިންގުނު ގޮތް ދިވެހިންގެ ހިތުން ފިލާނެތޯ؟
ޢިފަ
28 August 2017
ނޫނޭ މަވަރެއްނެއް އިންސާފައްލޯބިކުރާނަމަ ދާނީ އެގޮތައް
އެތެރެވަރި
28 August 2017
ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ނިކަމެއްޗަކަސް މުއްސަނޖަކަސް ކުށްވެރިވާނަމަ ހައްގު އަދަބު ލިބެންޖެހޭނެ. މިހާތަނަށް މިރާއްޖޭގައި އޮތީ ތަފާތު ކުރުމުގެ ސަގާފަތެއް އުފައްދާފައި. އެސަގާފަތުގައި ޖަލަށް ލެވެނީ ނިކަމެތިން. މުެއްސަނދިންގެ މައްސަލަތައް ކޯޓުތަކުގެ ވަލުދޮރޯށިން ބޭރުވެގެން ދަން ގޮތެއްވެސް އިރެއްވެސ ނޭނގެ އެކަމަކު މިހަަރު ..............................................
މަވަރެއްނެތް
28 August 2017
ދާދި އިހަކަށް ދުވަހަކާ ޖެހެންދެން ގާޒީ ބާރީ ގެ ނުލަފާ ނުބައި ކަމުގެ ވާހަކަ ދެއްކި ދޫތަކުން ހަމަ އެ ބާރީގެ ދިފާއުގައި އަޑު އުފުލުމުން ދުރުގައި ބަލަން ތިބޭ މީހުންނަށް ފެންނާނީ ގާޒީ ބާރީ އަށް ވުރެން އެފަދަ ބައެއްގެ ހަމައާއި އުސޫލު ނެތްކަން. އެފަދަ ބައެއްގެ ނަޒަރުގައި ކިތަންމެ ވިޔާނުދާ މީހަކުވެސް ތިމާއާ ގުޅުމުން ނުވަތަ ތިމާ ބުނާކަމެއް ނުވަތަ އެދޭ ކަމެއް ކުރުމުން އޯކޭ ވާނެކަން. އެފަދަ ބަޔަކު ބާރުވެރިވުމުން ތިމާގެ ގާތް ރަހްމަތްތެރިން މެދުވެރިކޮށް ވިޔާނުދާ ކަންކަން ކުރުވާނެކަން. އަދި އެފަދަ ކަންކަން ކުރާ މީހުން ދިފާއު ކުރާނެކަން. އެބައެއްގެ ހަމައެއް އުސޫލެތް ނެތްކަން.
ގަޅިން
28 August 2017
ފްރެންޑޫ ކާފަރަކު އިސްލާމްވީމާ ދެންވެސް ކަލޭ އެމީހަކަށް ގޮވާނީ ކާފަރޭ ކިޔާފަތަ!
އިސްމާލް
28 August 2017
މީނާ ރަގަޅު ވާނެ އަރި އަރި އަށް ބަހައްޓާފަ ފޮޓޯނަގަން... މިހާރު ބޭނުން ވަޒީފާއިން ދުރުކުރީމަ، ކޮންވާހަކަތަކެށް ދައްކަން..... ހުރިހާ އެންމެންއަށް ނުހަމާއިގަ ނިޔާ ކަޑައެޅިއިރު ހަމަ ހެޔޮ.....
ޏ.އަލްގެދަރ އާންތު ޝަރީފު
28 August 2017
އަޅުގަނޑު މެންނަށް ބާރީވީ ޖޯކަކަށް
ބެއްޔާ
28 August 2017
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިތުރުން ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒު މުހްސިނަށް ވެސް ދިގު މުއްދަތުގެ ހުކުމެއް އިއްވީ ބާރީ އެވެ. ފުދިއްޖެ ފުދިއްޖެ. މާބޮޑަށްވެސް ފުދިއްޖެ. މިބޭފުޅާ ޖަލުގެ ގޮޅިއަކަށް ދާނެ ދުވަހެއް ދެކިލަންބޭނުން. ތީއެއްނުން ފޮޓޯނެގި ކެމެރާމަންގެ މައްސަލަ ބަލަން އެންގި ބޭފުޅާ!
ޙުސެްން
28 August 2017
ބާރީ ހުދު ކާފޫރަށް...
احمد
28 August 2017
ކޮންމެ މީހަކުވެސް މަތިން ވެއްްޓުނީމާ މިއެނގެނީ ތީރީގަވެސް ބަޔަކު އެބަ އުޅެކަން.
މަހުލޫފު
27 August 2017
މީނާގެ ބޭނުމަކީ މީނާ ކޮށްފައިހުރި ނުބައިކަންތައް އެހެން މީހުންގެ ބޮލުގައި އެޅުވުން. ސަބަބަކީ ތިމާ ބޭނުންވާ މަގަމަށް ނުދެވުން.