އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނީސް އިސްތިއުފާ ދެއްވައިފި

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ކައުންސިލް މުހައްމަދު އަނީސް (ތަރި އަނީސް) އިސްތިއުފާ ދެއްވައިފި އެވެ.


ކުރީގެ މަޝްހޫރު ވޮލީ ކޯޗު އަނީސް ސަރުކާރުން އިސްތިއުފާ ދެއްވައި ސިޓީ ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވީ މިދިޔަ ހޯމަ ދުވަހު ކަމަށް އެނގިފައިވެ އެވެ.

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ ގާތްގުޅުމެއް އޮންނަ އަނީސް ސަރުކާރުން އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވި އެވެ.

މި ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އަނީސް ވަނީ މީގެ ކުރިން ސްޕޯޓްސް ކައުންސިލްގެ ނައިބު ރައީސްކަމުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.