ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު: ލޯ އޭޝިޔާގެ ވަފުދެއް ރާއްޖެ ފޮނުވަން ވަނީ ނިންމައިފަ.-- މިހާރު ފޮޓޯ
18 ސެޕްޓެމްބަރ 2017 - 15:57
ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ދިވެހި ވަކީލުންގެ ކަންބޮޑުވުންތައް ހޯދައި ހާލަތު ދިރާސާކުރުމަށް، ލޯ އޭޝިއާގެ ވަކީލުންގެ ވަފުދެއް ރާއްޖެ އަންނަން ނިންމައިފި އެވެ.
ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކީލުން ސަސްޕެންޑު ކުރުމުން ލޯ އޭޝިއާ އިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އަދި ހާލަތު ދިރާސާކުރުމަށް ރާއްޖެ އަށް ވަކީލުން ފޮނުވަން އެ ޖަމާއަތުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
LAWASIA has passed a Resolution on Maldives. Concerned about lawyers. Lawasia also decides to send a fact finding mission to Maldives.
— Husnu Al Suood (@hsuood) September 18, 2017
ސުއޫދު ކުރެއްވި ޓްވީޓް
ލޯ އޭޝިއާގެ ރައީސްގެ ޚާއްސަ ދައުވަތަކަށް، އެ ޖަމިއްޔާގެ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ޖަޕާނުގައި ހުންނަވައި "މިހާރު" އާ ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ ލޯ އޭޝިއާގެ ވަފުދެއް ރާއްޖެ އަންނަން ނިންމީ، ރާއްޖޭގެ ވަކީލުންނަށް ދިމާވާ މައްސަލަތައް، އެ ޖަމިއްޔާގެ ކައުންސިލްގެ ސަމާލުކަމަށް ގެނައުމުން ކަމަށެވެ.
"ކައުންސިލް ބައްދަލުވުމުގައި ފުރުސަތު ލިބުމުން، ރާއްޖޭގެ ވަކީލުންނަށް ދިމާވަމުންދާ މައްސަލަތައް، އެ ފަރާތުގެ ސަމާލުކަމަށް ގެނައިން. [ވަކީލުން] ސަސްޕެންޑު ކޮށްފައިވާއިރު އެކަން އެއްވެސް ފަރާތަކަށް އިސްތިއުނާފެއް ކުރެވޭކަށް ނެތް. އެހެންވެ ލޯ އޭޝިއާ އިން ނިންމީ މައްސަލަތައް ދިރާސާކުރުމަށް ރާއްޖެ އަށް ވަފުދެއް ފޮނުވުމަށް،" ސުއޫދު ވިދާޅުވި އެވެ.
ލޯ އޭޝިއާ އަކީ، އޭޝިއާ ސަރަހައްދުގެ ބާ ޖަމިއްޔާތަކުގެ އެންމެ އިސް ފަރާތެެވެ. ރާއްޖޭގައި ބާ އެސޯސިއޭޝަނެއް ނެތުމުން، ރާއްޖެ އަކީ ލޯ އޭޝިއާގެ މެމްބަރު ގައުމެއް ނޫނެވެ.
ޝަރުއީ ދާއިރާއާ މެދު ކަންބޮޑުވުން ފާޅުކޮށް، ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅި މައްސަލާގައި 54 ވަކީލަކު ވަނީ މި މަހުގެ 10 ވަނަ ދުވަހު ސަސްޕެންޑްކޮށްފަ އެވެ. އަދި މައްސަލަ ބެލުމަށްފަހު އޭގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން މިއަދު ވަނީ އުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެހެނަސް
18 September 2017
ތިޔަ ލޯ އޭޝިއާއެއް ތިޔަ ގެންނަނީ ހުސްނު ސޫދެވެ. އެކަން އިއުލާނުކުރީވެސް އޭނާއެވެ. ވުމާއެކު ތިޔަ ލޯ އޭޝިޔާއެއްގެ "ދެ ލޯ" ކަނުވާނެކަން މިހާރުވެސް ޔަގީނެވެ. އެމްޑީޕީގެ ތިލަފަތް އެއްއަތަށް އަރިވެފަ އޮއްނަފަދައިން ތިވެސް އޮއްނާނީ އަރިވެފައެވެ.
ހަހާ
18 September 2017
އެދެން ކޮން ބައެއް މިތަނަށް އަންނަން މަމެން ބިރު ގަންނާނެ ކަމައް!!!! އެމީހުންނަށް ފިޝްފައިންޑިން ޔުނިޓެއްދީފަ މަހަށް ފޮނުވާލާނީ. މިތާގަ މަމެންނަށް ވުރެ ވަކު ވަރުގަދަ އެއް ނުވާނެ. މަމެންމީ މަހާ ކާށި އަދި މަގޫ ފަތްކައިގެން އުޅުނު މީހުން. އެޕޮއިންތްމަންޓެއް ދިނިއްޔާ ބައްދަލުވެސް ވާނީ.
ރޮމުން
18 September 2017
ދެން ލޯއޭޝީޔާ ކާރީ ބުނޭ ތީމަންނަމެން ސަލާމަތް ކުރާށޭ..