މަހާޖައްރާފާ އެމްޓީސީސީން މިއަދު ހަވާލުވަނީ -- ފޮޓޯ: އެމްޓީސީސީ
29 ސެޕްޓެމްބަރ 2017 - 21:23
ނެދަލެންޑްސްގެ ކުންފުންޏަކާ ހަވާލުކޮށްގެން އެމްޓީސީސީން ޗައިނާގައި ބަނދެފައިވާ ޑްރެޖަރު (މަހާ ޖައްރާފް) އާ އެމްޓީސީސީން މިއަދު ހަވާލުވެއްޖެ އެވެ.
ނެދަލެންޑްސްގައި ބޭއްވި ހަފްލާއެއްގައި އެ ޑްރެޖަރާ ހަވާލުވެ ވަޑައިގަތީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.
އެމްޓީސީން ބުނިގޮތުގައި މި ޑްރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ޑްރެޖަރެކެވެ. ޑްރެޖަރަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ވެސް މި ޑްރެޖަރާ އެކު، ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އިތުރަށް ހަލުވިވެ، ރާއްޖެ އާއި ބޭރު ގައުމުތަކުގައި ވެސް ބިން ހިއްކުމުގެ ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ޑްރެޖަރުގެ ސައިޒާއި ފެންވަރަށް ބަލާއިރު، މިހާރު ބިން ހިއްކަން ނަގާ މުއްދަތު އެތައް ގުނައެއް އަވަސްވެގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޭބީ
01 October 2017
"ކިއުބިކް މީޓަރު"
އުނބުށެން
01 October 2017
ތީގެން ކިތަންމެ ތަނެއްވެސް ހިއްކިދާނެއެވެ. އެކަމަކު މައްސަލައަކީ ގިނަވާނީ ހިލޭ ސާބަހަށް ނުވަތަ ދުވަހަކުވެސް އެދުވަހެއް ނާންނަ މާދަން ފައިސާދޭގޮތަށް ހިއްކާތަންތަނަށް ވާނެތީއެވެ. އަދިވެސް މިއުޅެނީ ހިއްސާއަކަށް 32 ރުފިޔާ ބަހަން ކިޔާފައި އެއަށްވުރެ ކުޑަކޮށް ފާސްކުރި ވަރުވެސް އަތަށް ނުލިބިގެންނެވެ.
ޕޮކަންޑިމޭން
01 October 2017
މިއީ އެކޮނޮމިސްޓުންގެ ތަފާތަކީ. އިސްތިއުފާ ދިން ރައީސް ބޭރުން ޖައްރާފު ކުއްޔަށް ގެނައީ ޖައްރާފެއް ބަނދެވޭ އަގުގައި. މިރައީސް ޖައްރާފު ގަނެ ހިލޭ ބިން ހިއްކޭ ގޮތް ހަދާދިނީ.
މުޙައްމަދު1
30 September 2017
މިއަދު ނުވޭ އުފަލެއް. އެއީ މި ރާއްޖޭގައި އަމާންކަމެއް ފެންނަން ނެތީމަ. ތި ޖައްރާފެކޭ ކިޔާ އެއްޗެއް ގެނެސްގެންވެސް ތަންތަން ބޮޑުކޮށް ގޭންގު ހެދުން އޮންނާނީ. މި ސަރުކާރާއި މަތިކުރެވުނު އަސާސީ ކަންކަންކުރުމުގައި ހަމަ 100% ފެއިލްވެއްޖެ. އަހަންނައް ސިފަކުރެވެނީ މިގޮތައް، (މީހަކަށް ދުނިޔޭގެ ހުރިހާ އުފަލެއް ދީފަ، ނޭވާލުމުން މަހްރޫމުކުރުވުން.) އެފަދަ މީހަކލަށް ފުލެޓު ކީއްކުރަން، މި ދުނިޔެ ފުރެންދެން ރަނާއި ޖަވާހުރު ދިނަސް އޭގެން ކުރެވޭނެ ބޭނުމެއް އެބައޮތްތަ؟؟؟!!!
ދީދެން
30 September 2017
މަހާ ޖައްރާފު އެމްޓީސީސީއާ ހަވާލުކޮށްފި ނަމަ އެއީ ރާއްޖޭގެ ތަރައްގީ ގެ ތެެރެއަށް ލިއްބައިދޭ ވަރަށް މުހިއްމު ވަސީލަތެކޭ. އެމްޓީސީސީ އިން މަހާ ޖައްރާފް މާލެ ގެންނަންވާއިރަށް މާލެ ސަރަހައްދުން އެމްޓީސީސީ ހިއްކަން ޖެހޭ ފަޅު ތައް އެމްޓީސީސީ އަށް ހުންނަން ޖެހޭނީ އެމެންގެ އަމިއްލަ ޚަރަދުގައި ހިއްކަން ހަވާލު ކޮށްފައެވެ. އެގޮތުން ގުޅިފަޅު މިހާރު އެމްޓީސީސީ އާއި ހިއްކަން ހަވާލު ކުރުމަށް ފަހު އެމްޓީސީސީން ހިއްކާ ކުއްޔަށް ދޭ ބިން ތައް ކުއްޔަށް ދޭނީ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ހަދައިގެން ނެވެ. ދެން އެގޮތުން އެމްޓީސީސީ އަށް ގުޅި ފަޅުން 2 ބިލިއަން އަކަފޫޓްގެ ބިން ހިއްކާ ޔަގީނުން ވެސް 1 ބިލިއަން އަކަފޫޓް ކުއްޔަށް ދެވޭނެ ނޫންތޯ ހުރިހާ މަގުތަކާއި ޕަބްލިކް ބިލްޑިންގްސް ތަކަށް ސްޕޭސް ދޫކޮށްލުމަށް ފަހު ވެސް. އެހެން ވެއްޖެނަމަ މިދެންނެވުނު 1 ބިލިއަން އަކަފޫޓް މާލެ ސަރަހައްދުގައި އަމިއްލަ ކުންފުނި ހަދައިގެން މަސައްކަތް ކުރާ ކޮންމެ ކުންފުންނަކަށް 10 ހާސް އަކަފޫޓް ކުއްޔަށްދެވޭނެއޭ.
ރާޅު
30 September 2017
މީތަ އެ ހަސަން ޒިޔަތު ގެ ކޮއްކޮ އަކީ؟ ޗައިނާގަ ބަނދެގެން ނެދަރލެންޑަށް ގެންގޮސް އަނެއްކާ މާލެ ގެނައިމަ އަސްލު ޖައްރާފު ގަ ހުރި އުރައްޕަތެއް ޓެސްޓް ކޮށްލެވޭނީ! ވަރަށް ފައްކާ!
އިއްސެ
30 September 2017
ޢޭރުގެ ސީ.ޢީ.އޯ ހަލީމު ނެންގެވި ޑެސިޝަންއާއި ރިސްކުތައް އެއީ މިއަދު ހަނދާންކޮށްލަން ޖެހޭކަމެއް..! ހަލީމް އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ..!!
ލުކްވެލް
30 September 2017
އެމްޓީސީސީ އާއި މަހާ ޖައްރާފު ހަވާލު ކުރުމުން އެމްޓީސީސީގެ ބޯރޑުން ވިސްނަން ޖެހޭނެ މަހާ ޖައްރާފު ހެޔޮ ގޮތުގައި ބޭނުން ކޮށްގެން އެމްޓީސީސީ އަށް މަހާ ޖައްރާފުގެ ސަބަބުން ހިއްކާ ބިން ތައް ކުއްޔަށް ދީގެން މަހަކު މަދުވެގެން 100 ބިލިއަން ރުފިޔާ ލިބޭނެ އުސޫލުން އެކަން ކުރަން. އެއިރުން ފޯރބްސް މެގެޒިން އިން އެންމެ މުއްސަނދި ޕަބްލިކް ކުންފުނި ކަމުގައި އެމްޓީސީސީ ވާނީ.
ހަލީމް
30 September 2017
އޭރަށް އަރާނީ ދޯ މެގަޒިން އަށް.
ދިސްވޭ
30 September 2017
މަހާ ޖައްރާފު އެމްޓީސީސީއާ ހަވާލުކޮށްފި ނަމަ ތިކަމަކީ އެއީ މަމެން ވަރަށް އުފާ ކުރާނެ ކަމެކެވެ. މަމެން އުއްމީދު ކުރަން ތިޔާ މަހާ ޖައްރާފް އެމްޕީއެލް އަށް ގެނައި ޓަގް ގޮތަށް ނުވާނޭ ކަމަށް. ނުވަތަ ކުރިން ރައީސް މައުމޫނުގެ ވެރިކަމުގައި ގެނައި ހޯވަރ ކްރާފްޓް ގޮތަށް ނުވާނޭ ކަމަށް. އެމްޓީސީސީން ގެންނަ މަހާ ޖައްރާފް އަކީ އޭގެ ބޭނުން ކުރިއަށް އޮތް 100 އަހަރަށް ކުރެވޭނެ އުޅަނދެއް ކަމަށް މަމެން މިދެކެނީ. އެމްޓީސީސީ އަށް މަހާ ޖައްރާފް ގެނެސް ގެން އެކުންފުންނަށް ދޭންވީ ގުޅި ފަޅު އެއްކޮށް ހިއްކާލަން. އެގޮތުން ގުޅި ފަޅުން ހިއްކާލާ ބިން ތައް އެމްޓީސީސީ އަށް ދޭނީ ކުރިއަށް އޮތް 100 އަހަރު ދުވަހަށް. އަކަފޫޓަކަށް މަހަކު 1 ރުފިޔާ އެމްޓީސީސީ އަށް 100 އަހަރު ދުވަސް ވަން ދެން ދައްކާ ގޮތަށް ގުޅި ފަޅުން މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ކުންފުނި ތަކަށް ދޭނީ ބިން ކުއްޔަށް. ދެން އެފައިސާގެ %10 ގުޅިފަޅަށް އެމްޓީސީސީން ދޭނީ. އެއިރުން ރާއްޖެ އިންޑަސްޓްރިއަލައިޒްޑް ކަންޓްރީ އަކަށް ބަދަލުވާނީ. ދިސްވޭ އިޒް ދަވޭ.
މަމެން
30 September 2017
މަމެން، މީ، ދިވެހި، ބަހެއް، ތަ،؟
އުނބުށެން
01 October 2017
ތިޔަހެންވެދާނެހެން ވަރަށް ހީނުވޭ. ބޮޑަށް ގާތީ ދަރަންޏަށް ނޫނީ ހިލޭ ސާބަހަށް ދަޅަދެއްކުމަށްހެން ގިނަ ކަންކަން ދާނީ. އެޔަކުން ކުންފުންޏަކަށް ހިއްސާދާރުންނަކަށް މުކޮސްވެސް ނުލިބޭނެ.
ލައްގަޅޭ
30 September 2017
ތި ޖައްރާފަކީ ހުރިހާ ގޮތަކުންވެސް ފްލޮޕެއް. ތީގެ ސަބަބުން ކުންފުނި ބަނގުރޫޓުވުން ގާތީ. މީގެ ގެއްލުން ބޮޑުކަމުން ފަހުވަގުތު މީތިގަނޑުން ސަލާމަތްވުމަށް ބަޔަކަށް ވިއްކާލެވޭތޯ ބެލުން ވަރަށް ގާތް. މީ އެއްގޮތަކަށްވެސް އުފާކުރަންޖެހޭ ކަމެއްނޫން. މީ އެތައްހާސް ބައެއްގެ ހިއްސާ އެކުލެވޭ ކުންފުނީގެ ނިމުމާ ގުޅިފައިވާ އެތިގަނޑެއް. އަދި ކޮބާ ތިކަމުގަ ހިމެނޭ ފަސާދައިގެ ފައިސާ
ހުސޭނުބެ
30 September 2017
ހާދަ ބޮޑަށް ޖޭވަނީ!! ދޮންކަލޯ ކިހިނެތް ހަދައިގެން އުޅޭ ހިސާބަކުން މިއީ ފްލޮޕެއްކަމަށް ތިބުނަނީ!! ޖޭވިޔަސް ތަންފުކެއް ބޮޑުވަރު!!
ބަފާބެ
30 September 2017
ހުސޭނުބޭކަހަލ މީހުންވެސް މިރާއްޖޭގައި ތިބޭނެ، އެއީ ހުސޭނުބޭގެ ކުށެއްނޫން، ފާއިތުވި 40 އަހަރު ތަޢުލީމް ލިބިފަ ނެތުމާއި، ގައުމީ ލޯބި ލިބިފަ ނެތުމުން ދިމާވާ މައްސަލަ އެއީ! ބަންގާޅީން މިހާރު ރާއްޖޭގަ މިތިބި ގޮތަށް، އިންޑިޔާޟިހުން ތިބިނަމަ، ހުސޭނެބޭމެންނަށް ކުޑަކޮށް ރޭކާލާނެ ކުޑަކޮށް، އެއިރުން އިންޑިޔާގެ އަށްދަށުވެ ސަލާމަތްނުވެވިގެން މިހާރު އުޅެންޖެހުނީހީ!
ހުސޭނުބެ
30 September 2017
ލައްގަޅޭ ބަފާގެ ނަމުގައި ކޮމެންޓް ކުރިއަސް އޯކޭ!! އެއްޗެއް ނޭގޭވަރު އެނގޭ ގުޅުން ނެތް ކޮމެންޓް ކުރުމުން!! ކަލޯމެން ތަންފުކެއް ބޮޑަށް ލޯހުޅުވެންޖެހޭ!! ތަންދޮރު އެގެން އެބަޖެހޭ!! އޭރުން އޮށްޓަރުހުރި ވާހަކަދެއްކޭނެ!! ދެން މީހުން ކޮމެންޓްކުރާ ކުރާހިތުން އަނގަތަޅަނީ ދޯ!! ވަރަށް ސަލާމް!!