މާފުށީ ޖަލު: އޮގަސްޓް 30، 2017- ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް މާފުށީ ޖަލަށް ވަޑައިގެން ފޮޓޯފުޅެއް ނަންގަވަނީ: އެ ދެކަނބަލުން ޖަލަށް ވަޑައިގަތީ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާ ބައްދަލު ކުރެއްވުމަށް.
14 އޮކްޓޯބަރ 2017 - 22:43
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދެކަނބަލުން ބޭސްފަރުވާއަކަށް މެލޭޝިއާއަށް މިރޭ ފުރާވަޑައިގެންފި އެވެ.
ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި އެންމެ އިސް އެއް ލީޑަރުގެ ގޮތުގައި މިހާރު ހުންނެވި މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަނބިކަނބަލުން ނަސްރީނާ އިބްރާހިމާ އެކު ކުރު ދަތުރުފުޅެއްގައި މެލޭޝިއާއަށް ދަތުރުކުރައްވާ ކަމަށެވެ.
My wife and I are on our way to Malaysia on a short private visit.
— Maumoon Abdul Gayoom (@maumoonagayoom) October 14, 2017
މައުމޫން މިރޭ ކުރެއްވި ޓުވީޓު.
ދަތުރުފުޅާ ބެހޭ ތަފްސީލެއް މައުމޫން ނުދެއްވަ އެވެ.
އެކަމަކު މައުމޫންގެ ގާތް ބޭފުޅަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެމަނިކުފާނު މެލޭޝިއާއަށް ވަޑައިގެންނެވީ ބޭސްފަރުވާއަކަށެވެ. އެ ގައުމުގައި އެމަނިކުފާނު ހަފްތާއެއްހާ ދުވަހު މަޑުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މައުމޫންގެ ދެކަނބަލުން ބޭރަށް މި ވަޑައިގަތީ ދަރިކަލުން ފާރިސް މައުމޫން ދެ މަހަށް ވުރެ ގިނަ ދުވަހު ޖަލުގައި ބެހެއްޓުމަށް ފަހު ގެއަށް ބަދަލުކުރި ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
15 October 2017
شفاه الله عا جلا އަވަސް ޝިފާއަކަށް އެދެން.
މޮގާބޭ
15 October 2017
ޔާ ﷲ . އިބަ އިލާޙް ދިވެހި މުސްލިމުންނަށް އިބައިލާހުގެ އޯގާވެރި ކަމާއި ރަހުމަތުން މިންވަރު ކޮށްދެންވި އަޅަމެންގެ ދަރުމަވަންތަ ރައީސް ރައީސް މަޢުމޫންގެ ދެކަނބަލުންނަށް އުފާބެރި ދަތުރެއްކަމުގައި ލައްވވާދޭވެ
ކިންގު
15 October 2017
ބަންދުގަ ހުންނެވި މީހާ ފިއްލެވީތޯ. ވިދާޅުވި ބަންދުގަޔޯ މިހުންނެވި.
ދަތުުރުފުލު
15 October 2017
ނިޔާމަ ދަތުރަކަށް އެދެމު އަނެއްކާ އެފްޕީއައިޑީ ވަހަކަ ފެންމަތިވީމަ ، އެކޮޅުގައި ތިބި ބަޔަކު ހާސްވީތަ
އެކުވެރި
15 October 2017
ބާއްޖަވެރި ދަތުރަކަށް އެދެން
ލުކްވެލް
15 October 2017
މައުމޫން ބޭސްފަރުވާއަކަށް މެލޭޝިއާއަށް ފުރާވަޑައިގެންފި ނަމަ އެއީ ރަނގަޅު ފާލެކެވެ. ދެން ރައީސް މައުމޫނުގެ ޕާރސްޕޯރޓް ފްރީޒް ވާނެއޭ މަމެން ބުނަން ނެތީމު ދޯ. ރާއްޖޭގެ އިގްތިސާދު ބޮއި ކޮޓް ކުރަން އީޔޫ ޕާރލަމެންޓް އިން ގޮވުމުން އެކަމަށް މަރުހަބާ ކީ މީހެއް ރައީސް މައުމޫނު އަކީ. ކަން މިހެން ހުރުމުން ސަރުކާރުގެ އިކޮނޮމިކް ކައުންސިލް އާއި އަދި ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީން އެބަޖެހޭ ވިސްނަން ރާއްޖޭގެ އިގްތިސާދު ބޮއި ކޮޓް ކުރަން ގޮވާ ދިވެހިންނާއި އަދި ބޭރު މީހުންގެ ނަން ހިމެނޭނެ އުސޫލުން ބްލެކް ލިސްޓެއް އިޝޫ ކުރަން. ބްލެކް ލިސްޓް ވެއްޖެ ދިވެއްސެއް ނަމަ އެފަދަ މީހެއްގެ އައިޑީ ކާރޑް ބްލޮކް ވާނެއެވެ. ހަމަ އެކަނި ކުރެވޭނީ ބޭސް ފަރުވާއެވެ. އެއީ ޚާއްސަ ކާރޑެއް ގެ ދަށުންނެވެ. ދެން އެމެންގެ ބޭންކް އެކައުންޓް ފްރީޒް އަދި އެމެންނަށް ބޭންކް އިން ލޯން ނުދިނުން އަދި އެމެން ނަމުގައި ނަގާފައިވާ ހުރިހާ ފޯން ލައިން އަދި ޑޭޓާ ލައިންސް ތައް ޖެހޭނީ ކަނޑާލަން އެވެ. އަދި އެމެން ނަމުގައި ހިންގާ ވިޔަފާރި ވެސް ބްލޮކް.
ކްލޯސްޑް
15 October 2017
މައުމޫން ބޭސްފަރުވާއަކަށް މެލޭޝިއާއަށް ފުރާވަޑައިގެންފި ނަމަ ދެން މައުމޫނު އަށް ރަނގަޅު ވާނީ ރާއްޖެ ނައިސް މެލޭޝިއާ އަދި ސިންގަޕޯރ މިދެގައުމު ދޭތެރޭ ދަތުރު ކޮށްލަ ކޮށްލާ ހުރިއްޔާ އެވެ. މައުމޫނު އަދި ގާސިމް އަދި ކެނެރީގެ ނަޝީދު އަދި އޭނާގެ ގޭންގް ގެ މީހުންގެ ތެރޭން މިހާރު ޕާސްޕޯރޓް ފްރީޒް ކޮށްފައިވާ އެންމެން ދެން އެމެން އުމުރު ހުސްވަން ދެން ރާއްޖޭން ބޭރުގައި ތިބެން ޖެހޭނީ. ދެން ތަމެން ރާއްޖެ ނާންނާތި. އެކަން ނިމުނީ އެވެ. ހަނދާން ނައްތާލާ ދެން ރާއްޖޭ މަތިން. ހަނދާން ނައްތާލާ. ޗެޕްޓަރ ކްލޯސްޑް.
މެންޓަލިސްޓް
15 October 2017
ފާރިޝްވެސް ގެޔަށްބަދަލުވީ ،،، އެހެންވީމައި ދެން ފުރައިވަޑައިގަތުން އޯކޭއެއްނޫންތޯ .... ފަހަރުގައި ދެން އަނބުރާ ވަޑައިގަންނަވާއިރު ވެރިކަންވެސް ބަދަލުވެދާނެތޯއްޗެ ،،،، އޭރުން އޮންނާނީ އެއްކަލަ ހުސެންސޮލާއްހުއްދީން ވިދާލުވަފައި އޮންނަގޮތަށް މިތުރުންގެ ހިތަށް ދަތިކުރުވި ކަޅުކޮންމެރައެއް ފިތުރަތުގެ އުސޫލުން ފަތިހަށޭ އަލިވަނީ އަމުދުން ،،، އެކަމު ކުރީފަހަރެއްގައި ފަތިހަށް އަލުވިލުނުއިރު ވެރިކަމުގައި ހުންނެވީ ވަހީދު ،،،، ދެން އަލިވިއިރު ހުންނެވީ ޔާމިން ،،، ދެން މިފަހަރު އަލިވާއިރު ޖިހާދުވެސް ހުރެދާނެތާ ،،،، ވަރަށްވެދުން
އަތްފުނާ
14 October 2017
90 ގެ އަހަރުން ފެށިގެން 2000 ވަނަ އަހަރަށް.މިއީ މައުމޫނުގެ ރަން ޒަމާން.އަދި އެނގޭ 80 ގެ ފަހުކޮޅު އިބްރާހީމް ނާސިރާ ދެކޮޅަށް ރައްޔިތުން މުޒާހަރާ ކުރިއިރު މައުމޫނު ހިއްވަރުދެން އެމީހުނާ އެކީ ހުރިތަން.އެދުވަހު މީހުން ނާސިރާާ ދެކޮޅަށް ލިޔެފައި ހުރި ލިޔުންތައް ދުށިން.ކީއްވެ ނުހުއްޓުވީ ؟
ޙެހެ
15 October 2017
މައުމޫނު ނުބުނޭތާ (އަދި) އެއީ ސިޔާސީ ވާހަކައޭ. ސިޔާސީ ވާހަކަ ދައްކާއިރު ދޮގުވެސް ހަދާނޭ.